ރިސޯޓު ޖޭވީތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކޭނެ ގަވާއިދު އެކުލަވާލައިފި

ޝަންގްރިއްލާ ވިލިގިލި ރިސޯޓު އެންޑް ސްޕާ: ސަރުކާރު ހިއްސާވާ ގޮތަށް ޖޭވީއެއް ހަދައިގެން ތަރައްގީކުރި ފުރަތަމަ ރިސޯޓަކީ މިއީ. -- ފޮޓޯ: ޝަންގްރިއްލާ ހޮޓެލްސް

ޝަންގްރިއްލާ ވިލިގިލި ރިސޯޓު އެންޑް ސްޕާ: ސަރުކާރު ހިއްސާވާ ގޮތަށް ޖޭވީއެއް ހަދައިގެން ތަރައްގީކުރި ފުރަތަމަ ރިސޯޓަކީ މިއީ. -- ފޮޓޯ: ޝަންގްރިއްލާ ހޮޓެލްސް

ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމަށް ޓަކައި، ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗާ (ޖޭވީ) ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކައިލުމާ ބެހޭ ގަވާއިދު އެކުލަވާލައި މިއަދު އާންމުކޮށްފި އެވެ.

މި ޖޭވީ ކުންފުނިތަކަކީ ޓޫރިޒަމް ގާނޫނުގެ ފަސްވަނަ މާއްދާގައި ބުނާ ގިނަ ބަޔަކު ބައިވެރިވާ ބީލަން މަރުހަލާއަށް ނުގޮސް ރަށްތައް ކުއްޔަށް ދޭން ހަދާފައިވާ ކުންފުނިތަކެވެެ. ޓޫރިޒަމް ވިޔަފާރިތަކަށާއި ޓޫރިޒަމް ދާއިރާއަށް އަންނަ އިންވެސްޓްމަންޓުތަކަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް ބުނެ އެކި ސަރުކާރުތަކުން މިގޮތަށް ކުންފުނި ހަދައިގެން ރަށްތައް ކުއްޔަށް ދީފައިވެ އެވެ.

މިފަދަ 45 ކުންފުންޏެއް އޮތް ކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާއިރު މި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އޮވެގެންވާ ފައިދާއަށް ވުރެ ކުރިމަތިވާ ހުރަސްތައް ގިނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓަރަށް ވަނީ ގިނަ އިހުތިޔާރުތަކެއް ދީފަ އެވެ. އެގޮތުން، އެ ކުންފުންޏެއްގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމަށް އެދި ބަޔަކު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އެ ހިއްސާ ވިއްކާލުމަށް ނިންމާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި، އެ ނިންމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަޝަން ބޯޑު (ޕީސީބީ) އާ ހިއްސާކުރަން ޖެހެ އެވެ.

ހިއްސާ ވިއްކާލުމުގެ ކުރިން ހިއްސާގެ އެންމެ ދަށް އަގު ކަނޑައަޅަން ޖެހެނީ އެ ކުންފުންޏެއްގެ ދަށުގައި ހުރި ހުރިހާ ހަރު މުދަލަކާއި، ރަށް ނުތަވަ ފަޅު ހިމެނޭ ގޮތުން، މުސްތަގިއްލު ވެލިއުއާއެއް މެދުވެރިކޮށް ހަދާ ވެލުއޭޝަނަކުންނެވެ.

އެ އަގުގެ ތެރޭގައި ޖޭވީއަށް ދޫކޮށްފައިވާ ފަޅު، ރަށް ނުވަތަ ބިމުގެ އެކިއުޒިޝަން ފީ އާއި ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރާއި، އިންވެސްޓްމަންޓު ވެލިއު އަދި ހިއްސާ ވިއްކާލުމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރަށް ލިބިދާނެ ކަމަށް ލަފާކުރެވޭ އާމްދަނީ އާއި އޮޕޮޗުނިޓީ ކޯސްޓަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ހިއްސާ ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ ފިނޭންސް މިނިސްޓަރު ކަމަށް ބަޔާންކޮށްފައިވެ އެވެ. ހިއްސާ ގަންނަ ފަރާތުން އެއްފަހަރާ ފައިސާ ދެއްކުން ނުވަތަ ބައިބަޔަށް ބަހާލައިގެން ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމުގެ އިހުތިޔާރު ވެސް ފިނޭންސް މިނިސްޓަރަށް ދެވޭނެ އެވެ. އަގު އަދާކުރުމަށް ހިއްސާ ގަންނަ ފަރާތަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ދެވޭނީ 18 މަސް ދުވަސް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީން ވަނީ މިފަދަ ޖޭވީ ކުންފުނިތަކުން ސަރުކާރަށް މާ ބޮޑު ފައިދާއެއް ނުވާ ކަމަށާއި އަދި، ބައެއް އެއްބަސްވުންތަކުގައި ސަރުކާރު ހިއްސާ ހިލޭ ދޫކުރަން މަޖުބޫރުކޮށްފައި އޮތް ކަމަށް ވެސް ހާމަކޮށްފަ އެވެ.

ހިއްސާ ވިއްކާލަން ކުރިން ހުރި ހުރަސްތައް

މި ސަރުކާރުން 2020 ގައި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައި އޮތް ފޯމިއުލާގެ ގޮތުން ހިއްސާ ވިއްކާލުމަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެ އެވެ.

މި ފޯމިއުލާގައި ބުނަނީ ޓޫރިސްޓޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޭވީ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ އަގުކުރާނީ ބިމުގަ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ކޮންމެ ޕަސަންޓަކަށް ފަސް އެމެރިކާ ޑޮލަރު މަގުން ކަމަށެވެ.

އެކަމަކު މިހެން އަގުކުރުމުން އާ ރަށެއް ކުއްޔަށް ނެގުމާ އެއްވަރުގެ ހަރަދެއް ހިނގާ ކަމަށާއި، މާކެޓް ވެލިއުއަށް ބަލާއިރު މާ ބޮޑު އަގެއް ދައްކަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox