މެޑަލް ހޯދުމާ އެއްވަރަށް ޓީޓީ ޓީމު ކުރި ހިތްވަރާ މެދު ފަހުރުވެރިވޭ: ޝިއުރީ

Aug 12, 2022, 9:33 AM
ޓީޓީ އަންހެން ޓީމު މެޑަލާ އެކު ދިވެހި ދިދަ ހިފައިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ޓީޓީ އަންހެން ޓީމު މެޑަލާ އެކު ދިވެހި ދިދަ ހިފައިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ލޯ މެޑަލް ހޯދުމާ އެއްވަރަށް ސޮލިޑާރިޓީ ގޭމްސް އާއި ކޮމަންވެލްތު ގޭމްސްގައި ޓީޓީ ޓީމުން ދެއްކި ހިތްވަރާ މެދު ވެސް ފަހުރުވެރިވާ ކަމަށް ޓީޓީ ޓީމުގެ ކޯޗު އަދި އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

ޓީޓީ އަށް މިހާރު ވަނީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސް ނިމިފަ އެވެ. ކޮމަންވެލްތު ގޭމްސްގައި ގައުމީ ޓީޓީ ޓީމުގެ އައިޝަތު ރަފާ ނާޒިމް ވަނީ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަކޮށްފަ އެވެ. ސޮލިޑާރިޓީ ގޭމްސްގައި ރަފާ ކުއާޓާ ފައިނަލް ކުޅުނުއިރު، އިސްމާއިލް ޝައްފާން ވަނީ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ. ޓީޓީ އަންހެން ޓީމުން ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލް ހޯދިއިރު، އެ ޓީމު ސެމީގައި ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އީރާން އަތުންނެވެ. އީރާނާ ދެކޮޅަށް ވެސް ރާއްޖޭން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.

"ކާމިޔާބު މި ލިބެނީ އެއް ދުވަހު ނޫނީ ދެ ދުވަހުންނެއް ނޫން. ވަރަށް ބައިވަރު ޓްރެއިނިންތަކާއި ވަރަށް ބައިވަރު މަސައްކަތް ކޮށްގެން. ނިމުނީމަ ވަރަށް އުފާކުރަން، ހަމަ ތާރީހުގެ ތެރެއަށް މި ވަދެވުނީ. ބްރޯންޒް މެޑަލެއް ދިވެހި ޓީމަށް މި ލިބިގެންދިޔައީ،" ސެމީ ފައިނަލް މެޗަށް ފަހު ޝިއުރީ ވިދާޅުވި އެވެ. "ވަރަށް ފަހުރުވެރިވޭ ޓީޓީ ޓީމުން ކުރި ހިތްވަރާ މެދު،"

ސޮލިޑާރިޓީ ގޭމްސްގެ ޓީމު އިވެންޓްގެ ގްރޫޕް ސްޓޭޖުގައި އަންހެން ސިންގަލްސް ޗެމްޕިއަން، ތުރުކީގެ ޔިލްމާޒް އޯޒްގޭއާ ދެކޮޅަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު މެޗުން 3-2 އިން ބަލިވިއިރު، ޓީމު އިވެންޓްގެ ސެމީ ފައިނަލްގައި އީރާންގެ ނެދާ ޝާހްސަވާރީ އަތުން ރާއްޖޭގެ ރަފާ 3-2 އިން ބަލިވި މެޗަކީ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ ދެ އުސްއައްޔެވެ. ރޭންކިން އަށް ބަލާއިރު، މާ ކުރީގައި އޮތް ދެ ކުޅުންތެރިން ޕްރެޝަރަށް ވައްޓާލައި، ރަފާ އާއި ދީމާ ދެއްކި ކުޅުމަކީ ފާހަގަކުރަން ޖެހޭ ކަމެކެވެ.

"ވަރަށް ރަނގަޅަށް ކުޅެވިގެން މިދިޔައީ، މެޗަށް ވުރެ ބޮޑަށް ދައްކަން އޮތީ ކުޅުންތެރިންގެ ޕާފޯމަންސްގެ ވާހަކަ. އެ ދެއްކީ ވަރަށް އައުޓްސްޓޭޑިން ޕާފޯމަންސެއް. އެންމެނަށް ވެސް ފެންނާނެ. އެ ކުޅުނު ކުޅުން އެއީ ތައުރީފު ހައްގު ޕާފޯމަންސެއް. ހާއްސަކޮށް ރަފާގެ މެޗު ދެ ސެޓު ދެ ސެޓު އެއްވަރުވެގެން، ވަރަށް ޓައިޓްކޮށް ދިޔައީ، ޑަބަލްސް ވެސް ވަރަށް ފައިޓް ދިން،" ޝިއުރީ ވިދާޅުވި އެވެ.

ކޮންޏާގެ އެތުލީޓްސް ވިލެޖްގައި ދިވެހި ކޮންޓިންޖެންޓުން ޓީޓީ ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ކުރީގެ ޗެމްޕިއަން ޝިއުރީ ވިދާޅުވީ މިހާރު މި އޮތް ޓީޓީ އަންހެން ޓީމުގެ މެޖޯރިޓީ އަކީ ވަރަށް ޅަ އުމުރުގެ ކުދިން ކަމަށާއި އެ ކުޅުންތެރިންނަށް އެ ލިބެނީ ވަރަށް ބޮޑެތި ތަޖުރިބާތަކެއް ކަމަށެވެ.

"ކުރިން ވެސް ފާހަގަކުރިހެން ޅަ އުމުރުގައި ވަރަށް ގިނަ އޮޕޮޗިއުނިޓީސްތައް ވަރަށް ގިނަ ޓްރެއިނިންތަކަކަށް، ދީމާ ވެސް އެބަދޭ. ދެން، ހަމަ ނެޝަނަލް ޓީމު ކުޅުންތެރިން ވެސް ރަފާ ވެސް ހަމަ ޓްރެއިނިންތަކަކަށް ދާން އެ ރެޑީވަނީ. މައުންޓަންގެ ޕީކް މި ފެންނަނީ މެޑަލްގެ ސިފައިގައި، ތިރީގައި މި އޮތީ ބުރަ މަސައްކަތާއި ހުރިހާ އެއްޗެއް،" ޝިއުރީ ވިދާޅުވި އެވެ.

"ވަރަށް ގިނަ ޓްރެއިނިންނާއި ހަރަދު ހިނގާ ކަންތައްތަކެއް ވެސް އެބަދޭ. މިއީ ހަމަ ހުރެލާފައި ލިބޭ ކާމިޔާބެއް ނޫން،"

ޓީޓީ އަންހެން ޓީމު ވަނީ މިދިޔަ ތިން އަހަރަށް ބަލާނަމަ ތިން ސަރަހައްދެއްގެ ގޭމްސްގައި މެޑަލް ހޯދައިފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓީމު އިވެންޓުން އަންހެން ޓީޓީ ޓީމު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ޓީޓީ އަންހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. އަދި މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ ލޯ މެޑަލާ އެކު ކުޅިވަރު ތާރީހުގައި ޓީޓީން އާ ސޮފުހާ އެއް ލިޔުނީ އެވެ.

"ދިވެހި ރައްޔިތުންގެ ހެޔޮ ދުއާ އާއި އެ މީހުންގެ ސަޕޯޓް ޓީޓީ ޓީމަށާއި އެހެން ކުޅިވަރުތަކަށް ވެސް އޮވޭ. އަސްލުގައި މި ކާމިޔާބު މިހެން ލިބުމުގައި ފަރުދާގެ ފުރަގަހުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ހިމެނޭ،" ޝިއުރީ ވިދާޅުވި އެވެ.

ޓީޓީ މި ލެވަލަށް އަންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ގޮތުގައި ޝިއުރީ ފާހަގަކުރެއްވީ ޓީޓީ އެސޯސިއޭޝަން މެނޭޖްމަންޓާއި ޔޫތު މިނިސްޓްރީ އަދި އޮލިމްޕިކް ކޮމިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox