އެމްޑީއޭއިން ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުމެއް ނުވޭ: ސިޔާމް

އެމްޑީއޭގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު: ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުމެއް ނުވާ ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޑީއޭ

އެމްޑީއޭގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު: ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުމެއް ނުވާ ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޑީއޭ

މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ)އިން ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުމެއް ނުވާ ކަމަށް އެ ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސިޔާމް އިއުލާނު ކުރައްވާފައިވާއިރު، އެ ޕާޓީގެ ކޮންގްރެސްއަށްފަހު ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން، "ރައްޔިތުން އުފާވާނެ ހާލަތަކަށް" ގެންދެވޭނެ ހަމައެކަނި ބަޔަކީ އެމްޑީއޭ ކަމަށެވެ.

"އިތުރަށް އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ޕާޓިއަކުން ކޮންމެހެން ކޯލިޝަނެއް ބޭނުމެއް ނުވޭ ދިވެހިރާއްޖޭގެ ވެރިކަން މިވަގުތު އަންނާކަށެއް، އެއީ އަޅުގަނޑުމެންނަކީ ވަރަށް ސާފުތާހިރު ބައެއް،" ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނުން މިހުރީ ފުރަތަމަ ބުރުގައި ވެސް ބޮޑު އަގުލަބިއްޔަތަކުން ވެރިކަން ކާމިޔާބު ކުރެވޭނެ ކަމަށް،"

ސިޔާމް ވިދާޅުވި ގޮތުގައި އެ ޕާޓީ އާއި އެ ބޭފުޅާގެ "ފަސްބައި ވަރަށް ސާފު" ވާނެ ކަމަށާއި ރައްޔިތުންނަށްޓަކައި ސިޔާމް ކޮށްދީފައިވާ ކަންކަން ވެސް ވަރަށް ސާފު ކަމަށާއި އެ ގާބިލްކަން ވެސް އެބަހުރި ކަމަށެވެ.

"[ރައްޔިތުންނަށް އެނގޭނެ] އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ކިހާ ފައިސާއެއް ދޭ ބައެއް ކަން، ދިވެހިރާއްޖޭގައި އެންމެ ގިނަ ފައިސާ ދޭ ބައެއްގެ ގޮތުގައި ހަމަ ގައިމު ވެސް ދިވެހި ދައުލަތަށް އާސަންދަ އާއި އެހެނިހެން ކަންތައްތައް ކުރުމަށް ދިވެހި ދައުލަތަށް އެންމެ ގިނަ ފައިސާ ދޭ ބަޔަކީ އަޅުގަނޑުމެން، އެހެންވީމާ އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ބައެއް،" ސިޔާމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށާއި ވިސްނުން ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ވެރިކަން ހިންގުމަށް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އެ ޕާޓީން މިއަދު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އެމްޑީއޭގެ ލީޑަރުގެ ނަން، ރައީސްއަށް ބަދަލު ކުރުމަށް ފާސްކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ރަށްރަށަށް އެ ޕާޓީން ދަތުރުކުރަމުން އަންނައިރު، އަމާޒަކީ އަހަރު ނިމުމުގެ ކުރިން ޕާޓީއަށް 50،000 މެންބަރުން ހަމަކުރުން ކަމަށް ވެސް މިއަދު ވަނީ ބުނެފަ އެވެ.

ސަން ސިޔާމް އިސްވެ ހުންނަވައި އުފެއްދި އެމްޑީއޭ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރީ ޑިސެމްބަރު 20، 2012 ގަ އެވެ. އޭގެ ކުރިން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވި އެވެ. ޕާޓީ ހެދުމަށްފަހު ރައީސް ޔާމީން ވެރިކަން ކުރެއްވި ފަސް އަހަރު އެމްޑީއޭ އޮތީ ސަރުކާރު ކޯލިޝަން ޕާޓީއެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ސިޔާމް ހިންގާ ފަސް ރިސޯޓަކީ ސިޔާމް ވޯލްޑާއި އިރުފުއްޓާއި އިރުވެއްޔާއި ވިލު ރީފާއި އޮޅުވެއްޔެވެ. އަދި އޭގެ އިތުރުން ސްރީ ލަންކާގައި ސަން ސިޔާމް ޕަސިކޫޑާގެ ނަމުގައި ވެސް ރިސޯޓެއް ހިންގަ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ފެށި ސަން ކުންފުނީގެ ފުރަތަމަ ރިސޯޓު ވިލު ރީފް ހުޅުވީ 1998 ވަނަ އަހަރެވެ.

އޭގެ އިތުރުން ސިޔާމަކީ ރާއްޖޭގައި ދިވެހި އަދި އިނގިރޭސި ބަހުން ނެރޭ ނޫސް "ސަން އޮންލައިން" ގެ ޗެއާމަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox