ހުލާސާކޮށް އިއްޔެ: ސަރުކާރުގެ ހަރަދުތައް ދުވާލަކު ގާތްގަނޑަކަށް 100 މިލިއަނުގައި

ހުލާސާކޮށް އިއްޔެ: ސަރުކާރުގެ ހަރަދުތައް ދުވާލަކު ގާތްގަނޑަކަށް 100 މިލިއަނުގައި

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ދުވާލަކު ސަތޭކަ މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހޭދަވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދައުލަތުގެ މާލިއްޔަތަށް އަލިއަޅުވާލާ ފިނޭންސުން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓު ބުނާ ގޮތުގައި މި އަހަރުގެ 29 ވަނަ ހަފުތާ ނިމުނުއިރު 20.7 ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. މި އަދަދު، އެހާތަނަށް ވޭތުވީ ކޮންމެ ދުވަހަކަށް ހިސާބުކުރުމުން 99.4 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެންމެ ބޮޑު ހަރަދެއް ހިނގީ ސަރުކާރުގެ މުވައްޒަފުންގެ އާމްދަނީ ހިންގުމުގެ ހަރަދުތަކަށެވެ. އެގޮތުން އެ ހަފުތާގެ ނިޔަލަށް ކުރެވުނު ހޭދައިގެ 75 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ.

ރިކަރަންޓް ހަރަދުގެ ބޮޑު ބަޔެއް ހިއްސާކުރަނީ ސަރުކާރުގެ އިދާރީ އަދި ހިނގުމުގެ ހަރަދެވެ. އެކަމަށް ނުވަ ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. ދެން އެންމެ ބޮޑު ހަރަދަކީ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ހަރަދެވެ. އެކަމަށް ހަރަދުވީ 6.3 ބިލިއަން ރުފިޔާ އެވެ.

މި ދެ ހަރަދާއި އެހެނިހެން ރިކަރަންޓް ހަރަދުތައް ހިމަނައިގެން ޖުލައި މަސް ނިމެން ކައިރިވީއިރު 15.5 ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވީ 12.9 ބިލިއަން ރުފިޔާއަށް ވުރެ 2.5 ބިލިއަން ރުފިޔާ ނުވަތަ 20 ޕަސެންޓު ބޮޑު އަދަދެކެވެ.

ތަރައްގީގެ މަޝްރޫއުތަކާއި ހަރުމުދާ ގަންނަން ހިނގާ ކެޕިޓަލް ހަރަދުތަކަށް ބަލައިއިރު އެންމެ ގިނަ ފައިސާ ހަރަދުވީ އިންފްރާސްޓްރަކްޗާ އަޅަން ހިނގާ ހަރަދުތަކަށެވެ. އެކަމަށް 2.6 ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ ހަރަދުވީ 5.2 ބިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރަން އިތުރު ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިވަރުގެ ބޮޑު ހޭދައެއް ކުރި ނަމަވެސް އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު 15.7 ބިލިއަން ރުފިޔާ ކޮންމެ ދުވަހަކަށް ބަހާލުމުން ޖެހެނީ ދުވާލަކަށް 75.2 މިލިއަން ރުފިޔާ އެވެ. މިހެންކަމުން ސަރުކާރުން ދަނީ ލިބޭ ފައިސާއަށް ވުރެ އިތުރަށް ދުވާލަކު 24 މިލިއަން ރުފިޔާ ހަރަދުކުރަމުންނެވެ.

މިހާރު ދުނިޔެއަށް ދިމާވެފައިވާ އިގުތިސޯދީ ނުތަނަވަސްކަމާ ގުޅިގެން ސަރުކާރުން ވަނީ މި ޑެފިސިޓް ކުޑަކުރަން މަސައްކަތްތަކެއް ފަށާފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އުތުރުގައި އިގުތިސޯދީ ހަބެއް ގާއިމުކުރުމުގެ ބޭނުމުގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކުރީ އިއްޔެ އެވެ.
  • ސަރުކާރުން އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އުސޫލާ ގުޅިގެން އާންމުން ކަންބޮޑުވުމާއި ޝަކުވާ ހުރި ނަމަވެސް، މިހާރު އޮތް އުސޫލަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އިއްޔެ އެވެ.
  • ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރް މައްސަލައިގައި ހިމެނޭ ދެ މީހަކު ހުއްދައާއެކު އުމްރާއަށް ފުރާފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓް، ޕްރައިމަރީ އެއް ނުބާއްވައި ވަކި ބޭފުޅަކަށް ދެވޭ ގޮތަށް އަސާސީ ގަވައިދު ބަދަލުކުރަން އެއްވެސް ފަރާތަކުން ހުށަަހަޅާފައި ނުވާ ކަމަށް ހާމަކުރަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު ވިދާޅުވީ:

އަަޅުގަނޑަށް ހީވާ ގޮތުން ހުރިހާ ބޭފުޅުން ވެސް އަސާސީ ގަވައިދާ ބެހޭ ގޮތުން ކޮންސާނަކަށް ވަނީ ރިޔާސީ ޓިކެޓް. އެކަހަލަ އެއްވެސް ކަމެއް ނެތް އެނގޭތޯ. އެއްވެސް ބޭފުޅަކު އިސްލާހެއް ހުށަހަޅާފައެއް ނެތް އެގޮތަކަށް،

ދުވަހުގެ ފޮޓޯ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖޭގެ ގައުމީ ޓީމުގެ ދީމާ އަދި ރަފާ ކުޅެނީ. ޓީޓީ އަންހެން ޓީމު ސެމީ އަށް ދިއުމާ އެކު މިއީ ޓީމު އިވެންޓެއްގައި ރާއްޖޭން އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖޭގެ ގައުމީ ޓީމުގެ ދީމާ އަދި ރަފާ ކުޅެނީ. ޓީޓީ އަންހެން ޓީމު ސެމީ އަށް ދިއުމާ އެކު މިއީ ޓީމު އިވެންޓެއްގައި ރާއްޖޭން އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖޭގެ ގައުމީ ޓީމުގެ ދީމާ އަދި ރަފާ ކުޅެނީ. ޓީޓީ އަންހެން ޓީމު ސެމީ އަށް ދިއުމާ އެކު މިއީ ޓީމު އިވެންޓެއްގައި ރާއްޖޭން އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox