ފުލުހުންގެ އުމްރާނީ ތަރައްގީއަށް 48 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށައިފި

ފުލުހުންގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އިންފްރާންސްޓްރަކްޗާ ޕްރޮޖެކްޓުގެ ބިންގާ އެޅުން -- ފޮޓޯ: ހޯމް މިނިސްޓްރީ

ފުލުހުންގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އިންފްރާންސްޓްރަކްޗާ ޕްރޮޖެކްޓުގެ ބިންގާ އެޅުން -- ފޮޓޯ: ހޯމް މިނިސްޓްރީ

ފުލުހުންގެ އުމްރާނީ ތަރައްގީއަށް 48 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށައިފި އެވެ.

ފުލުހުންގެ 89 އަހަރުގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މި މަޝްރޫއުގެ ބިންގާ އަޅާފައި ވަނީ މިއަދު ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. 48,176,529 ޑޮލަރުގެ މި މަޝްރޫއަކީ 730 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 23 ރަށެއްގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަން އެޅުމާއި، އަށް އަތޮޅެއްގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަން އެޅުމުގެ އިތުރަށް 21 ޕޮލިސް ޕޯސްޓު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ގަލޮޅު ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، ހދ. ކުޅުދުއްފުއްޓާއި، ލ. ގަމުގައި ހުރި ޕޮލިސް ސްޓޭޝަން ރީޖަނަލް ހެޑްކުއާޓާގެ ގޮތުގައި ތަރައްގީކޮށް، ފަސް ޖަލު ގޮޅި އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން ކ. ދޫނިދޫގައި ކަސްޓޯޑިއަލް ފެސިލިޓީއަކާއި، ވިލިމާލޭގައި 400 މީހުންގެ އަދި ދ. ވަނީ ޓްރެއިނިން ސެންޓަރުގައި 100 މީހުންގެ އެކޮމޮޑޭޝަން ބިލްޑިންއެއް އިމާރާތް ކުރާނެ ކަމަށެވެ. އޭގެ އިތުރަށް ގއ. ވިލިގިއްޔާއި، ހއ. ދިއްދޫގެ އިތުރުން މިހާރު ޕޮލިސް ސްޓޭޝަން ހުރި ރަށްތަކުގައި ވެސް އެކޮމޮޑޭޝަން ބިލްޑިން އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެންމެ އެކަށޭނެ ސްޓޭޝަންތަކާއި އެހެނިހެން ވަސީލަތްތައް ފުލުހުންނަށް ހޯދައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox