ހުލާސާކޮށް އިއްޔެ: ޔާމީނާ ދެކޮޅަށް ނާޒިމް ހެކިބަސް ދިނުން

ހުލާސާކޮށް އިއްޔެ: ޔާމީނާ ދެކޮޅަށް ނާޒިމް ހެކިބަސް ދިނުން

ސްޓެލްކޯގެ ޗެއާމަނަކަށް 1992ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވިއިރު އެ ކުންފުނީގެ ދަށުން ހިނގަމުން ދިޔަ ކުންފުންޏެއްގެ ވަޒީފާގައި އަހްމަދު ނާޒިމް ހުންނެވި އެވެ. އޭގެ ފަހުން އުފެދުުނު އެކުވެރި ގުޅުމާއެކު 1999 ވަނަ އަހަރު އެކުގައި ސިޔާސީ މަސައްކަތް ފެއްޓެވި އެވެ. 2015 ވަނަ އަހަރު ނާޒިމް ހައްޔަރުކުރަންދެކަށް އެ ގުޅުން ދެމި އޮތެވެ.

އިއްޔެ އެންމެ ގާތް އެކުވެރިޔާ ނާޒިމް ހުންނެވީ ޔާމީނާ ދެކޮޅަށް ޝަރީއަތަށް ހެކިބަސް ދެއްވުމަށް ވަޑައިގެންނެވެ. ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ޔާމީނަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގަ އެވެ.

ޝަރީއަތުގައި އާންމުކޮށް އަމަލު ކުރާ އުސޫލުގެ މަތިން، މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ރައްދުވާ ފަރާތާ އެއްވެސް ގާތް ކަމެއް ނުވަތަ ދައުވާ ރައްދުވާ ފަރާތާ ދެކޮޅަށް އެއްވެސް އަދާވާތްތެރި ކަމެއް އޮތްތޯ ސުވާލު ކުރައްވައިފަ އެވެ.

"އެފަދަ އެއްވެސް ކަމެއް ނޯންނާނެ،" މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެ ސުވާލު ކުރެއްވުމުން ޖަވާބުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ.

މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ބޮޑު މައްސަލައިގެ ތެރެއިން އެއް މުއާމަލާތުގެ މައްސަލައަކަށް ވިޔަސް ދައުލަތާއި ދިފާއުގެ ގިނަ ސުވާލުތައް އައީ ވެސް ޔާމީނާއި ނާޒިމްގެ ދެމެދު އޮތް ގުޅުމަށެވެ.

ޝަރީއަތުގެ މަޖިލިސް ފެށިގެން ދައުލަތުން ދިޔައީ ނާޒިމްއަށް ޔާމީން އެނގެން ފެށި ދުވަސްވަރުން ފެށިގެން، ޔާމީން ހިންގެވި ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނާޒިމް އުޅުއްވި ދުވަސްވަރާއި، ރައްޔިތުންގެ މަޖިލީހުގައި ވެސް ދެ ބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރަމުންނެވެ. އޭގެ ބޭނުމަކީ ޔާމީން ކުރެއްވި ކަންކަން ނާޒިމަށް އެނގުނީ އޮތް ގާތް ގުޅުމުގެ ސަބަބުން ކަން ބުނެދިނުމެވެ.

"ސްޓެލްކޯގައި އުޅުނު އިރު ވެސް ޔާމީންއަކީ ގާތް ބޭފުޅެއް، ދެން އެއްކޮށް ރައްޔިތުންގެ މަޖިލީހުގައި ވެސް، އެއްކޮށް ސިޔާސީ ޕާޓީ އުފައްދައިގެން ވެސް ވަރަށް އެއްކޮށް މަސައްކަތް ކުރިން، ރައްޓެހި ރަހުމަތްތެރިކަން ވެސް އޮތް، ސިޔާސީ ގުޅުންތައް ވެސް އޮތް،" ނާޒިމް ކިޔައިދެއްވި އެވެ.

ދިފާއުގެ ސުވާލުތައް ވެސް އައީ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށެވެ. އެއީ އޭރު ނާޒިމް އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވާތީ އެވެ. ދިފާއުން މަސައްކަތް ކުރީ ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ނާޒިމްގެ ޒާތީ ސަބަބުތަކެއް އޮންނާނެ ކަން ބުނެދިނުމަށެވެ. އެ ސުވާލުތަކުގެ ޖަވާބު ނާޒިމް ދެއްވީ ވެސް މަޖާޒީ ގޮތަކަށެވެ.

"މިހާރު ގާތް ރައްޓެހިންނެއް ނޫން، އަޅުގަނޑު ޖަލަށްލީއްސުރެން ޔާމީނާ އެއްވެސް މުއާމަލާތެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑަކީ މުއުމިނެއްވީމަ، މުއުމިނަކު ގަޔަކު ދެ ފަހަރަށް ކަށި ނުޖެހޭތީއޭ،" އެކުވެރިކަން ނިމުނު ސަބަބާ ގުޅޭ ގޮތުން ދިފާއީ ވަކީލުން ސުވާލު ކުރުމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އުމުރު ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން އޭޕްރީލް 2015 ގައި ހުކުމް ކުރީ އޭނާގެ މަސްލަހަތު އޮންނަ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ޔާމީންގެ ވެރިކަން ނިމުމާއެކު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

ނާޒިމްގެ ހެކިބަސް: ހިޔާނާތް ހިންގީ ޔާމީންގެ ދަރަނިތައް ދައްކަން

ނާޒިމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ފެށިގެން އައުމާއެކު އެ ކަން ޔާމީންގެ ސަމާލު ކަމަށް ވަގުތުން ގެންދެވި އެވެ.

އެމްޕީއެލްއަށް އެމްއެމްޕީއާރުސީގެ ޗެކްތަކެއް ދިނުމަށް ފަހު ފަސް މިލިއަން ޑޮލަރު ނެގި މައްސަލަ ޔާމީނާ ހަމައަށް ގެންދެވީ ސީދާ އޭނާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭޕްރީލް 28، 2014 ގައި ޔާމީނާ ބައްދަލުކުރައްވައި އެ ވާހަކަ ދެންނެވި ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އޭގެ ތަފުސީލު ޑޮކިއުމަންޓްތައް ވެސް ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ސަމާލު ކަމަށް ގެންދަވަން ޖެހުނު އިތުރު ސަބަބެއް ވެސް އޮތް ކަމަ ނާޒިމް ވިދާޅުވި އެވެ. އެއީ ފަސް މިލިއަން ޑޮލަރު ދައުރުކޮށް ޖަމާކޮށްދިން އެކައުންޓްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކެމްޕޭނަށް ފައިސާ ދިން ވިޔަފާވެރިވެރިންގެ އެކައުންޓްތައް ހިމެނޭތީ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކެމްޕޭންގެ ދުވަސްވަރު ފައިސާ ހޯދައިގެން ގެެނެސް ދެއްވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ޓރިޒަމް މިިނިސްޓަރަކަށް އަދީބު ހުންނެވިއިރު، އެ މިނިސްޓްރީގެ ދަށުގައިވާ އެމްއެމްޕީއާރުސީއަށް ރަށްރަށް ކުއްޔަށް ދޫށްކޮގެން ލިބޭ ފައިސާ ޖަމާވާ ގޮތަ ބަންޑާރަ ނައިބު ލަފާ ދިނީ ވެސް ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އެ ދުވަހު ޔާމީން ކައިރީ، އަޅުގަނޑަ މިހާރު ސާފު، މިއީ ރިޔާސީ އިންތިހާބުގެ ދަރަނި ދައްކަން ކުރާ ކަމެއް ކަން، އެ ދުވަހު ފިޔަވަޅު އެޅި ނަމަ 70 މިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތް ހުއްޓުވިގެން ދިޔައިސް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެ ފަދަ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުގައި އޭނާއާއެކު ޔާމީން މަސައްކަތް ކުރެއްވިއިރު ދުވަސްވަރުގައި ޔާމީން އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ކަންކަން ކަމަށެވެ.

ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރިސޯޓު ތަރައްގީކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރަށްތައް ކުއްޔަށް ދިނުމުގެ ތެރެއިން ހިންގި ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށް ނުލިބޭ ކަމަށް އޮޑިޓު އޮފީހުން ބުނީ އިއްޔެ އެވެ.
  • ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަރުލަހާ ކުރިއަށް ދަނިކޮށް އޭގެ ތެރެއިން ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރާފައިވާ ކަން އެނގުނީ އިއްޔެ އެވެ.
  • އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މައްސަލަ އެ ކޯޓުން ހައި ކޯޓަށް ފޮނުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ގައުމެއްގެ ހާލަތު ބަދަލުވާނީ އަދި ގޯސްވާނީ ވެސް ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށް ވިދާޅުވެ، އިސްލާހުކުރަން މަސައްކަތްކުރަނީ ކިތައް މީހުންތޯ ކަމާ މެދު ސުވާލު އުފައްދަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ:

ގައުމެއްގެ ހާލަތު ރަނގަޅުވާނީ ވެސް ނުވަތަ ނުބައި ވާނީ ވެސް އަމިއްލައަށް ހާލަތު ބަދަލުކުރުމުންނެވެ. ރާއްޖޭގައި ރަނގަޅުކުރަން ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ވަރަށް ގިނަ އެވެ. ނަމަވެސް ހަގީގަތުގައި ވެސް އިސްލާހުކުރަން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ،

ދުވަހުގެ ފޮޓޯ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދީމާ އާއި ރަފާ ކުޅުނު ޑަބަލްސް މެޗުގެ ތެރެއިން. ގައުމީ އަންހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖިބޫޓީ އަތުން މޮޅުވީ 3-0 އިން --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދީމާ އާއި ރަފާ ކުޅުނު ޑަބަލްސް މެޗުގެ ތެރެއިން. ގައުމީ އަންހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖިބޫޓީ އަތުން މޮޅުވީ 3-0 އިން --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދީމާ އާއި ރަފާ ކުޅުނު ޑަބަލްސް މެޗުގެ ތެރެއިން. ގައުމީ އަންހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖިބޫޓީ އަތުން މޮޅުވީ 3-0 އިން --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox