ވީޑިއޯތަކުގެ މައްސަލަ: ޕާސްޕޯޓް ނުހިފެހެއްޓެނީސް ބައެއް މީހުން ފުރައިފި

ފުލުހުންގެ މައި އިދާރާ: ބަދުއަހުލާގީ ވީޑިއޯ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުން ވަނީ ފުރާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުލުހުންގެ މައި އިދާރާ: ބަދުއަހުލާގީ ވީޑިއޯ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުން ވަނީ ފުރާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަރުލަހާ ކުރިއަށް ދަނިކޮށް އޭގެ ތެރެއިން ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރާފައިވާ ކަން އެނގިއްޖެ އެވެ.

ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، ފުލުހުންގެ އިސް އޮފިޝަލަކު "އަދަދު"އަށް މިއަދު ވިދާޅުވީ، އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ފާހަގަވެފައިވަނީ 40 އެއްހާ މީހުން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ އެއް ވީޑިއޯއަށް ވުރެ ގިނަ ވީޑިއޯ ވެސް ހުރި ކަމަށެވެ.

Advertisement

"ބައެއް ފަރާތްތަކުން ހަބަރު ފަތުރާފައިވޭ މި މައްސަލައިގައި 200 އަށް ވުރެ ގިނަ މީހުންގެ ވީޑިއޯ އުޅޭ ކަަމަށް، އެހެންނަމަވެސް އެއީ ސައްހަ އަދަދެއް ނޫން، ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަވެފައިވަނީ 50 އަށްވުރެ މަދު މީހުންގެ ބައިވެރިވުން،" އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ 20 އަށް ވުރެ ގިނަ މީހުންގެ ޕާސްޕޯޓު ފުލުހުން މިހާތަނަށް ވަނީ ހިފަހައްޓާފަ އެވެ.

އެހެންނަމަވެސް މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް، އޭގެ ތެރެއިން ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން ކުށެއްގެ ތުހުމަތުވާ ހިސާބުން އަދި ޕާސްޕޯޓު ހިފެހެއްޓެން ނޯވޭ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް މި އެދެވެނީ އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ،" އޭނާ ވިދާޅުވި އެވެ.

titledesc

އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ފެންމަތިވުމާއެކު ބައެއް މީހުން ފުރައިގެން ދިޔަ ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން އަނބުރާ ރާއްޖެ އައިސްފައި ވެސްވެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އެއާއެކު، ގިނަ އިދާރާތަކުން އަންނަނީ ވީޑިއޯތަކުގެ މައްސަލައިގައި ހިމެނޭ މީހުން ސަސްޕެންޑުކުރަމުންނެވެ. މިގޮތުން މިހާތަނަށް ކަސްޓަމްސް ދެ މުވައްޒަފަކާއި ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންނާއި އިމާމެއްގެ އިތުރުން ޓީޗަރަކާއި ސިފައިންގެ މީހެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އަލަމްގީރުގެ އިތުރުން އަލަމްގީރާ އެކު ދައުރުވެފައިވާ ވީޑިއޯތަކުން ފެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އަދި ފުލުހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox