ސަބްސިޑީއަށް ބަޖެޓު ކުރި އަދަދަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރަށް މިހާރު ވެސް ހަރަދުވެއްޖެ

Oct 18, 2026, 9:57 PM
ސެޕްޓެމްބަރު 23، 2026: ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ކެބިނެޓުގެ ވަޒީރުން ބައިވެރިވަނީ

ސެޕްޓެމްބަރު 23، 2026: ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ކެބިނެޓުގެ ވަޒީރުން ބައިވެރިވަނީ

ސަބްސިޑީތަކަށް މި އަހަރު ހޭދަ ކުރަން ބަޖެޓު ކުރި އަދަދަށް ވުރެ އިތުރަށް 1.4 ބިލިއަން ރުފިޔާ މިހާރު ވެސް ހަރަދުވެއްޖެ ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވެއްޖެ އެވެ. 

ސަބްސިޑީތަކަށް ބަޖެޓު ކުރީ 2.9 ބިލިއަން ރުފިޔާ ނަމަވެސް މި އަހަރުގެ މިހާތަނަށް 4.3 ބިލިއަން ރުފިޔާ ސަބްސިޑީތަކަށް ހަރަދުވެފައިވާ ކަމަށް ޒަރީރު ވިދާޅުވީ ޕީއެސްއެމްގެ "އަހާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ. 

Advertisement

ސަބްސިޑީއަށް ކުރަންޖެހޭ ހޭދަ އިތުރުވީ، މެދުއިރުމަތީގެ ހަނގުރާމައާއެކު ތެލާއި ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުންނެވެ. ޒަރީރު ވިދާޅުވީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ތެލުގެ އަގުު ހިފަހައްޓަން ވަރަށް ބޮޑު ހޭދައެއް ސަބްސިޑީއަށް ކުރަންޖެހޭ ކަމަށެވެ.  

"ހާއްސަ ގޮތެއްގައި ދައުލަތުން ސަބްސިޑައިޒް ކުރަންޖެހޭ މިންވަރު، ތެލުގެ އަގު ހިފަހައްޓާ، ރައްޔިތުންނަށް ދިމާވެދާނެ އުނދަގޫތަކާއި ގޮންޖެހުންތަކަށް ހައްލުތަކެއް ހޯދައިދީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގެ ގޮތުން ސަބްސިޑީޒްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް އިތުރުވެގެން ގޮސްފައިވޭ،" އޭނާ ވިދާޅުވި އެވެ. 

އިރާނަށް، އެމެރިކާ އާއި އިޒްރޭލުން ހަމަލާ ދޭން ފެށީ ފެބްރުއަރީ 28، 2026، ގަ އެވެ. އެކަމަކު ހަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް އެއިރު ސަރުކާރުން ނޭޅި އެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި އޮތުމެވެ. 

"އިންތިހާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ، އަޅުގަނޑުމެން މިދަނީ ވީކްލީ މީޑިއާ މެދުވެރިކޮށް ފިޔަވަޅުތައް، އަޅަން ގަސްތުކުރާ ސިޔާސަތުތައް އިއުލާން ކުރަމުން،" މާޗް 30، ގައި މުއިއްޒު ވިދާޅުވި އެވެ.

ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް މުއިއްޒު އިއުލާން ކުރެއްވީ އޭޕްރީލް 3، ގައި ބޭއްވި އިންތިހާބުން ނާކާމިޔާބީ ލިބިވަޑައިގަތާ ހަ ދުވަސް ފަހުން އޭޕްރީލް 6، ގަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އެސްއޯއީތަކުން މުވައްޒަފުން ކެނޑުން ހިމެނެ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox