ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

Oct 18, 2026, 10:36 PM
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ

މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ފަށާފައިވާ ރަސްމާލެގެ ބިންތައް ޓެންޑަރަށް ލައިގެން ބޭރު އެއްވެސް ބަޔަކަށް ދޫކޮށްލުމާ ދެކޮޅުކަމަށާއި އެ ބިން ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ މާލެއާއި ހުޅުމާލޭގައި ދިވެހިން ތޮއްޖެހިގެން އުޅޭ އުޅުމަށް ހައްލެއް ހޯދައިދިނުމަށް ގެނެވޭ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއު ތަރައްގީކުރަން އެ މަނިކުފާނުގެ ވެރިކަމުގައި ކަނޑައެޅި އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާންވާއިރަށް، އުމުރުން 18 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށް ޔާމީން ވިދާޅުވި އެވެ.

ރަސްމާލެ ބީލަމަށް ލައިގެން ބޭރުގެ ފަރާތްތަކަށް އެތަން ވިއްކާލަން ބޭނުން ނުވާކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނެތް ޓެންޑަރަކަށް ލައިގެން ވެސް އަނެއްކާ މިތަން، ޔަހޫދީން ދުރަށް ލާފައި އަނެއްކާ ޓެންޑަރަކަށް ލައިގެން ވެސް ބޭރު މީހުންނަށް ނަގައި ވިއްކާލަން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރާއްޖޭގެ ރައްޔިތުންނަށް ނުލިބޭ ވަސީލަތްތަކެއް، ދިވެހި ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހިންގާ ޕްރޮޖެކްޓަކުން އެހެން ބަޔަކަށް ލިބުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެއީ ދިވެހި ރައްޔިތުން "ދެވަނަ ދަރަޖައިގެ" ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. 

ރަސްމާލެ ވޯޓާ ފްރޮންޓު އެންޑް މެރީނާ މަޝްރޫއު ހިންގަން ސަރުކާރުން ހަވާލުކުރަން ނިންމާފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަކީ ޔަހޫދީންގެ އެކުވެރިޔަކަށްވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މިހާރު މުއިއްޒުގެ އަތުގައި އޮތީ ޒައިނިސްޓުންގެ ދަންމަރު ކަމަށެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ދައުލަތުގެ ފައިސާއިން ހިއްކި ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ.

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރު ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox