ގެދޮރު ގަންނަން އަދި އިމާރާތްކުރަން ހިލޭ ފައިސާ ދޭ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Oct 18, 2026, 11:05 PM
ހިލޭ ފައިސާ ދޭ ޕްރޮގްރާމުގެ އެއްބަސްވުމުގައި ބީއެމްއެލް އިން ސޮއި ކުރަނީ: އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޫކުރޭ -- ފޮޓޯ: އެކްސް

ހިލޭ ފައިސާ ދޭ ޕްރޮގްރާމުގެ އެއްބަސްވުމުގައި ބީއެމްއެލް އިން ސޮއި ކުރަނީ: އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޫކުރޭ -- ފޮޓޯ: އެކްސް

ގެދޮރު ގަންނަ އަދި އިމާރާތް ކުރަން ބޭނުންވާ މީހުންނަށް ބޮޑެތި އަދަދުތަކުން ހިލޭ ފައިސާ ދޫކުރުމަށްޓަކައި "ހެލްޕު ޓު ބިލްޑް، ހެލްޕް ޓު ބައި" ކިޔާ ޕްރޮގްރާމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ. 

އިކުއިޓީ ހިލޭ ކުރުމުގެ ޕްރޮގްރާމުގައި ހައުސިން މިނިސްޓްރީއާއެކު ސޮއި ކުރީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ހައުސިން ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ އެވެ. 

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ. 

އެ ޕްރޮގްރާމުގެ ދަށުން 1.5 މިލިއަން ރުފިޔާޣެ އެޕާޓްމަންޓެއް ގަންނަ ނަމަ 250،000 ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭން ހަމަޖެފައިވެ އެވެ. މިކަމުގެ ފުރިހަމަ ތަފުސީލުތަކެއް އަދި ނުލިބެ އެވެ. 

ގެދޮރު އިމާރާތް ކުރާ މީހުންނަށް އަދި ގަންނަ މީހުންނަށް ހިލޭ ފައިސާތަކެއް ދެއްވަން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޮނިހިރު ދުވަހެވެ. 

"މިއީ ލޯނެއް ނޫން، މި ހިލޭ. ސަރުކާރުން ދެނީ އިކުއިޓީ ކޮމްޕޯނަންޓަށް ދޭ މިއީ ހަމަ، އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް، ދެން 200،000ރ. ވަރު ކޮންމެ މީހަކަށް، ދެން ފައިވް ޕަސެންޓު، ދެން ގޭގެ ތިންހަތަރު މީހުން އެއްކޮށްލައިގެން ވެސް މިސާލަކަށް އެއް މިލިއަނެއްހައި ރުފިޔާ ވެސް ލިބިދާނެ ކަންނޭނގެ، ފަސް މީހުން ތިބެއްޖެއްޔާ ދެއްތޯ؟" ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox