ޕާކިސްތާނުގެ ޓެރަރިސްޓަކު އަފްގާނިސްތާނުގައި މަރުވެއްޖެ

އުމަރް ހާލިދް ހުރަސާނީ. -- ފޮޓޯ: ނިއުސް ކެޕިޓަލް

އުމަރް ހާލިދް ހުރަސާނީ. -- ފޮޓޯ: ނިއުސް ކެޕިޓަލް

ޕާކިސްތާނުގެ ބޮޑު ޓެރަރިސްޓަކާއި އޭނާގެ ތިން އެހީތެރިން އަފްގާނިސްތާނުގައި މަރުވެފައިވާ ކަމަަށް ރިޕޯޓުތައް ބުނެފި އެވެ.

އަަބްދުލް ވަލީ ނުވަތަ އުމަަރް ހާލިދް ހުރަސާނީގެ ބޮލަށް އެމެރިކާއިން ތިން މިލިއަން ޑޮލަރު ހުށަހަޅާފައިވެ އެވެ. އޭނާގެ މަރާއެކު ޕާކިސްތާނު ސަރުކާރުން ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާ އެކު ކުރާ މަޝްވަރާއަށް ހުރަސް އެޅުމުގެ ފުރުސަތު ބޮޑެވެ.

ހުރަސާނީ އާއި އޭނާގެ އެހީތެރިން މަރުވީ އަފްގާނިސްތާނުގެ އިރު ދެކުނު ޕަަކްތިއާ ޕްރޮވިންސްގައި އާދީއްތަ ދުވަހު ދަތުރު ކުރަނިކޮށް، މަގުމަތިން ބޮމެއް ގޮވައިގެންނެވެ. އެއީ ކޮން ބަޔެއް ދިން ހަމަލާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

Advertisement

ހުރަސާނީ ވަނީ ޓީޓީޕީގެ ގޮތްޕެއް ކަމަށްވާ ޖަމާއަތުލް އަހްރާރްގެ ލީޑަރުކަން ކޮށްފަ އެވެ. އެއީ ޓެރަރިސްޓް ގްރޫޕެއް ކަމަަށް އެމެރިކާ އާއި އދ. އިން ކަނޑައަޅާފަައިވެ އެވެ.

ހުރަސާނީ ގްރޫޕުން ވަނީ ޕާކިސްތާނުގެ ފުލުހުންނާއި ސިފައިން، ޝިއައީންނާއި ނަސާރާއިންނަށް ގިނަ ހަމަލާތަކެއް ދީ އެތައް ސަަތޭކަ ބަޔަކު މަރައިފަ އެވެ.

އެ ގްރޫޕުން ވަނީ ދުވަސްކޮޅެއް ވަންދެން އިސްލާމިކް ސްޓޭޓް (އައިއެސް) އާ އެކު މަސައްކަަތްކޮށްފަ އެވެ. އަލުން އެނބުރި ޓީޓީޕީއާ ގުޅުނީ މިދިޔަ އަހަރު އެވެ.

އޭނާއާ އެކު މަރުވި މީހުންގެ ތެރޭގައި ހިމެނޭ މުފްތީ ހަސަންއަކީ އައިއެސްއަށް މަސައްކަތް ކުރާ އިސް ކޮމާންޑަރެއް ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox