ހުލާސާކޮށް އިއްޔެ: މުޅި ގައުމު ސިއްސުވާލި ބޮޑު މަރެއް

ހުލާސާކޮށް އިއްޔެ: މުޅި ގައުމު ސިއްސުވާލި ބޮޑު މަރެއް

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު "ޝިއާ" މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް މިހާތަނަށް ކުށަށް އިއުތިރާފުވެފައިނުވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.

ޝިއާގެ މަރާ ގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެމުން މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ހަސަން ޝިފާއު ވިދާޅުވީ ޝިއާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހަމައެކަނި ޝާހިލަށް ކަމަށެވެ. ނަމަވެސް އޭނާ މިހާތަނަށް އެއްވެސް ކުށަކަށް އިއުތިރާފުވެފައިނުވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"މިވަގުތަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވެނީ، ތުހުމަތު ކުރެވޭ ފަރާތެއް ގޮތަށް ހުރީ ސާހިލް އެކަނި. "މިވަގުތާ ހިސާބަށް އިއުރާފެއް ނުވޭ،" އޭނާ އިއްޔެ ވިދާޅުވި އެވެ.

މައުލޫމާތު އެނގޭ ނަމަވެސް ވަޒީފާގެ ގޮތުން ނަން ހާމަކުރުމަށް ނޭދޭ ފަރާތަކުން ބުނީ ޝިއާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ޝާހިލް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

ފުލުހުން ބުނީ ޝާހިލް ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެހެންނަމަވެސް ކްރައިމް ސީނުން ހައްޔަރު ކުރި ޝާހިލްގެ ފަރާތުން މަރު ހިނގައިދިޔަ ގޮތް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

ސާހިލްއަކީ މިހާތަނަށް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ސާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ހުރީ ބުރިކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި އަތްފައި އޮތީ ބުރިކޮށްފަ އެވެ.

އެހެން ނަމަވެސް، ހިނގަމުންދާ ތަހުގީގަކަށް ވާތީ ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް ފުލުހުން ހާމަނުކުރާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފަ އެވެ.

ސާހިލް މަސައްކަތްކުރީ ޝިއާގެ ހަށިގަނޑު ނައްތާލަން؟

އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް އިއްޔެ މައުލޫމާތު ދިން ގޮތުގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ބޮލާއި ދެ އަތާއި ދެ ފައި ވެސް އޮތީ ހަށިގަނޑުން ވަކިކޮށްލައިފަ އެވެ.

"ދެ ވަޅިއެއް އޮތް، ބެލެވެނީ އެ ދެ ވަޅި ބޭނުންކޮށްގެން ކުރި ކަމެއް ކަމަށް،" އޭނާ ބުންޏެވެ.

މި ދެ ވަޅި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ. އަދިވެސް އިތުރު ބައެއް ތަކެތި ހެކީގެ ގޮތުގައި ފުލުހުން ވަނީ އެ ތަނުން ނަގައިފަ އެވެ.

ޝީރިންވިލާގެ ނުވަވަނަ ފަންގިފިލާއިން ނެރެގެން 10 އެވިޑެންސް ބޭގް ފުލުހުން ގެންދިޔަތަން "އަދަދު" ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

"ހަށިގަނޑު އޮތީ ސިޓިން ރޫމުގައި، ބުރިކޮށްލި ގުނަވަންތައް ހުރީ ހަށިގަނޑާއި ވަކިން ދުރުގައި، އެ އެޕާޓްމަންޓް ތެރޭގައި" މައުލޫމާތު ދިން މަސްދަރުން ކިޔައިދިނެވެ.

ހާދިސާ ހިނގައިދިޔަ ތަނަށް "އަދަދު" ގެ ނޫސްވެރިން އިއްޔެ ގޮސް ވަދެ ބެލިއިރު، ސިޓިން ރޫމުގައި ލަގެޖް ފޮށްޓެއް ބަހައްޓާފައި ހުއްޓެވެ. އެ ފޮށީގައި ހެދުންތަކެއް އަޅާފައިހުރިއިރު، އެ ފޮށިތެރޭގައި ހުރި ކަމަށް ބެލެވޭ ބައެއް އަންނައުނުތަކާއި އެހެނިހެން ސާމާނު ސިޓިންގރޫމު ތެރެއަށް އުކާލާފައި ކަހަލަ ގޮތަކަށް ހުއްޓެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
  • އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެ ކޯޓުން ބޭރުކޮށްލީ އިއްޔެ އެވެ.
  • . ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލް، 23، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ބުނީ:

ފަލަސްތީނުގެ ހަތިޔާރެއް ނެތް އަންހެނުންނާއި ކުޑަކުދިންނާއި ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ހިންގާ އަމަލުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅެނީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާއި ހިލާފަށް،

ދުވަހުގެ ފޮޓޯ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ރަފާ ނާޒިމް ކުޅެނީ. އޭނާ ވަނީ އުޒްބެކިސްތާނު އަދި ޖުބޫޓީގެ ކުޅުންތެރިން ބަލިކޮށް ކުއާޓާ ފައިނަލަށް ހޮވިފައި. އޭނާ ނުކުންނާނީ ކެމަރޫންގެ ސާރާ ގަބްރިއެލޭއާ ދެކޮޅަށް --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ރަފާ ނާޒިމް ކުޅެނީ. އޭނާ ވަނީ އުޒްބެކިސްތާނު އަދި ޖުބޫޓީގެ ކުޅުންތެރިން ބަލިކޮށް ކުއާޓާ ފައިނަލަށް ހޮވިފައި. އޭނާ ނުކުންނާނީ ކެމަރޫންގެ ސާރާ ގަބްރިއެލޭއާ ދެކޮޅަށް --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ރަފާ ނާޒިމް ކުޅެނީ. އޭނާ ވަނީ އުޒްބެކިސްތާނު އަދި ޖުބޫޓީގެ ކުޅުންތެރިން ބަލިކޮށް ކުއާޓާ ފައިނަލަށް ހޮވިފައި. އޭނާ ނުކުންނާނީ ކެމަރޫންގެ ސާރާ ގަބްރިއެލޭއާ ދެކޮޅަށް --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox