އަލް ގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލައިފި

އުސާމާ ބިން ލާދިން އަދި އައިމަން އަލް ޒަވާހިރީ. -- ފޮޓޯ: ރޮއިޓާޒް

އުސާމާ ބިން ލާދިން އަދި އައިމަން އަލް ޒަވާހިރީ. -- ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނަށް ދިން ޑްރޯން ހަމަލާއެއްގައި އަލް ގައިދާގެ ލީޑަރު އަައިމަން އަލް ޒަވާހިރީ މަރާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާނު ކުރައްވައިފި އެވެ.

އޭނާ މަރާލީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން އާދީއްތަ ދުވަހު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގަ އެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިިކާގައި ދިން ޓެރަރިސްޓް ހަމަލާތައް ރޭވުމުގެ ފަހަތުގައި ވަނީ އައިމަން އަލް ޒަވާހިރީ އާއި އުސާމާ ބިން ލާދިން އެވެ. އަދި އޭނާއަކީ އެމެރިކާއިން ހޯދާ އެންމެ ބޮޑު ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ބައިޑެން ވިދާޅުވީ އެމެރިކާ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިވެ ގަތުލުއާއްމު ހިންގުމުގެ މަގެއް ޒަވާހިރީ ކޮށައިދިން ކަމަށެވެ.

"މީގެ 11 އަހަރު ކުރިން އެމެރިކާއިން ބިން ލާދިން މަރާލުމުން އަލް ގަައިދާގެ ލީޑަަރުކަން ލިބުނީ ޒަވާހިރީއަށް،" ބައިޑެން ވިދާޅުވި އެވެ.

އޮފިޝަލުން ބުނީ ހަމަލާ ދިން އިރު ޒަވާހިރީ ހުރީ އޭނާއަށް ހާއްސަ "ސޭފް ހައުސް"ގެ ބެލްކަނީގައި ކަަމަށެވެ. ޑްރޯން އެ ހިސާބަށް ގޮސް، ސީދާ އޭނާގެ ހަށިގަނޑަށް ދެ މިސައިލް ފޮނުވި އެވެ.

އެ ގޭގައި ޒަވާހިރީ އާއިލާގެ އެހެން މެމްބަރުން ތިބި ނަމަވެސް އެހެން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ހަމަލާގައި މަރުވީ ވެސް ޒަވާހިރީ އެކަންޏެވެ.

ބައިޑެން ވިދާޅުވީ މިސްރަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ ޒަވާހިރީ މަރާލަން ހުއްދަ ދެއްވީ އެތައް މަހެއް ވަންދެން ރޭވުމަށް ފަހު "ސީދާ ޓާގެޓަށް" ފޮނުވާ ހަމަލާާއެއްގައި ކަމަށެވެ.

އޭނާގެ މަރާ އެކު ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއިން މަރުވި 3000 މީހުންގެ އާއިލާއަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް ބަައިޑެން ވިދާޅުވި އެވެ.

އަފްގާނިސްތާނުގަައި ވެރިކަން ކުރާ ތާލިބާނުންގެ ތަރުޖަމާނަކު ބުނީ އަފްގާާން ފަސްގަނޑުގަައި އެމެރިކާއިން ހިނގި އޮޕަަރޭޝަނަކީ ބައިނަލްއަަގްވާމީ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox