ހުލާސާކޮށް އިއްޔެ: ޔާމީނާއި ރިލުވާނުގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލުން

ހުލާސާކޮށް އިއްޔެ: ޔާމީނާއި ރިލުވާނުގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލުން

ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރައިލި މައްސަލައިގައި މިދިޔަ ޖޫންމަހު ހައްޔަރުކުރި ތިން މީހުންނާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ އިއްޔެ އެވެ.

ޔާމީނާއި ރިލްވާނުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) އެވެ.

ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) ދެކޮޅަށް ދެ މައްސަލައިގައި ވެސް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. އޭނާއާ ދެކޮޅަށް ދައުވާ ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި 2014 ވަނަ އަހަރު އޭނާ ރިލްވާނަށް ފާރަލައި، ރަހީނުކޮށް މަރައިލުމަށް އެހީތެރިވެދީފައި ވާތީ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ވެސް އިސޫއަށް ކުރީ ޓެރަރިޒަމްގެ އަމަލަކަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. އެއީ ޔާމީނަށް ވެސް އޭނާ ފާރަލައި، މަރައިލުމުގައި އެހީތެެރިވެދީފައި ވާތީ ކަމަށް ވެސް ޕީޖީގެ ބަޔާނުގައި ބުންޏެވެ.

އަހަނދު އާ ދެކޮޅަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. ޕީޖީގެ ބަޔާނުގައިވާ ގޮތުން ރިލްވާން މަރައިލުމުގެ ކަންތައް ރޭވީ އަހަނދު އެވެ. ރިލްވާން މަރައިލީ އަހަނދުއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތަށް ކަމަށް ވެސް ދައުވާގެ ހުލާސާގައި ބުންޏެވެ. ޔާމީން ރަޝީދު މަރައިލަން ރޭވީ ވެސް އަހަނދު ކަމަށް ޕީޖީގެ ދައުވާގެ ހުލާސާގައި ބުނެފައިވެ އެވެ.

މުއާ އާ ދެކޮޅަށް ވެސް ދައުވާ ކުރީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ރިލްވާނާއި ޔާމީން މަރައިލަން ރޭވުމުގައި އޭނާ ވެސް ބައިވެރިވެފައިވާތީ ކަމަށް ޕީޖީގެ ބަޔާނުގައި ބުންޏެވެ.

މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުތަކުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ.
  • ސަރުކާރު ހިއްސާވާ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ނުވާތީ ސްޓެލްކޯއިން ފަށަން ނިންމި އާ ފްލެޓު މަޝްރޫއު ސަރުކާރުން ހުއްޓުވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, ދައުލަތުން ހުށަހެޅި ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގެ ތާރީހަކަށް 2026 ވަނަ އަހަރުގެ ތާރީހެއް އޮތް ކަން ފެންމަތިވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސްޓެލްކޯގެ ފްލެޓު މަޝްރޫއު ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ:

އެސްއޯއީތަކުން ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ހިންގުމަކީ ހަގީގަތުގައި ސަރުކާރުގެ ސިޔާސަތަކަށް ނުވާތީ، ޕޮލިސީ ލެވެލުން ނިންމާފައިވާ ނިންމުމެއް އެއީ،

ދުވަހުގެ ފޮޓޯ

ދިވެހި ޕްރިމިއާ ލީގުގެ ތަށި މާޒިޔާއިން އުފުލާލުން. ރޭގެ މެޗުގައި ކްލަބް އީގަލްސް އަތުން މާޒިޔާ މޮޅުވީ 5-0 އިން. ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން އެ ޓީމު މޮޅުވި --- ފޮޓޯ: އިމޭޖަސް.އެމްވީ
ދިވެހި ޕްރިމިއާ ލީގުގެ ތަށި މާޒިޔާއިން އުފުލާލުން. ރޭގެ މެޗުގައި ކްލަބް އީގަލްސް އަތުން މާޒިޔާ މޮޅުވީ 5-0 އިން. ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން އެ ޓީމު މޮޅުވި --- ފޮޓޯ: އިމޭޖަސް.އެމްވީ

ދިވެހި ޕްރިމިއާ ލީގުގެ ތަށި މާޒިޔާއިން އުފުލާލުން. ރޭގެ މެޗުގައި ކްލަބް އީގަލްސް އަތުން މާޒިޔާ މޮޅުވީ 5-0 އިން. ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން އެ ޓީމު މޮޅުވި --- ފޮޓޯ: އިމޭޖަސް.އެމްވީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox