ހުލާސާކޮށް އިއްޔެ: ދެ ކުއާޓާ ނިމުނުއިރު އެސްޓީއޯއަށް ސާފު ފައިދާއަށް 305 މިލިއަން ރުފިޔާ ލިބުން

ހުލާސާކޮށް އިއްޔެ: ދެ ކުއާޓާ ނިމުނުއިރު އެސްޓީއޯއަށް ސާފު ފައިދާއަށް 305 މިލިއަން ރުފިޔާ ލިބުން

އަހަރުގެ ފުރަތަމަ ދެ ކުއާޓަރު ނިމުނު އިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި 305 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނީ އިއްޔެ އެވެ.

އެސްޓީއޯގެ ދެވަނަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ނިމުނު ކުއާޓަރުގައި 4.9 ބިލިއަން ރުފިޔާގެ އާމްދަނީއަކުން 155 މިލިއަން ރުފިޔާ ސާފު ފައިދާވި އެވެ.

މިއީ އަަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 149.9 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ. އަދި ނިމުނު އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 110 މިލިއަން ރުފިޔާއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

އާމްދަނީ ފަސް ބިލިއަނާ ގާތްކުރި ނަމަވެސް އޭގެން ބޮޑު ބަޔަކީ ވިޔަފާރި ކުރުމަށް ހަރަދުވީ 4.4 ބިލިއަން ރުފިޔާ އެވެ. އެހެންވެ ނިމުނު ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 457.5 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ މާލީ އުސްއަލިތައް

އާމްދަނީ: 4.9 ބިލިއަން ރުފިޔާ

ހަރަދު: 268 މިލިއަން ރުފިޔާ

ސާފު ފައިދާ: 155 މިލިއަން ރުފިޔާ

ހިއްސާއަކަށް ޖެހޭ އާމްދަނީ: 138ރ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކެނޑުމަށްފަހު ހިންގުމުގެ ފައިދާއަށް ލިބުނީ 216.5 މިލިއަން ރުފިޔާ އެވެ. މީގެން ކުންފުނީގެ ފައިނޭންސިން ހަރަދަށް ކެނޑުމަށް ފަހު ފައިދާވީ 187.8 މިލިއަން ރުފިޔާއަށް ވިޔަފާރި ފައިދާ ޓެކުހަށް 32.5 މިލިއަން ރުފިޔާ ދެއްކި އެވެ.

ޖުމްލަކޮށް ބަލާއިރު، ނިމުނު ކުއާޓަރުގެ ކުންފުނީގެ ވިޔަފާރި ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. އާމްދަނީ އާއި ފައިދާ ވެސް ކުރީގެ ކުއާޓަރުތަކަށް ވުރެ މައްޗެވެ.

އެ ކުއާޓާގައި އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑަރީތަކުން ވަނީ ވިޔަފާރި ފުޅާކުރަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ތިން ވަނަ އާގުބޯޓު އެމްއެސްއެސް ގްރެފީން ގަތުމާއި، އެސްޓީއޯ ކްރެޑިޓް ސްކީމުގައި އަމިއްލަ ވިޔަފާރިތައް ބައިވެރިކުރުމުގެ އިތުރުން އިނގިރޭސިވިލާތުގެ ރަސްލް ހޮބްސް ބްރޭންޑުގެ އެޕްލަޔަންސްތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކުރުން ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން އެ ކުންފުނިން ވަނީ މިދިޔަ ސަރުކާރުގައި ފެށި "ހިޔާ" މަޝްރޫއުގެ ދަށުން އަޅަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ފްލެޓުގެ މަސައްކަތް 18 މަސް ތެރޭގައި ނިންމަން ބަޔަކާ ހަވާލުކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މިއަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އެމްޓީސީސީއަށް 130 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ރިޕޯޓުތަކުން ދެއްކީ އިއްޔެ އެވެ.
  • ރާއްޖެއިން ފެނުނީ މަންކީޕޮކްސްއަށް ޝައްކުވާ މީހެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ އެވެ.
  • ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެއްވެސް މީހަކަށް ނޭނގި ނަމަވެސް, އަނިޔާއެއް ދެވިފައިވާ ނަމަ މާފަށް އެދޭ ކަމަށް އެ މަނިކުފާނު ވިދާޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އިއްޔެ ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވީ:

އަޅުގަނޑާއި އާއިލާއަށް އަނިޔާވެރި ބަސްތަކާ އަމަލުތަކުން ރައްދު ދެއްވި ހުރިހާ ފަރާތްތަކަށް މާފު ދެމެވެ. އަދި އަޅުގަނޑުގެ ރައީސް ކަމުގައި އެއްވެސް ފަރާތަކަށް ނުހައްގު އަނިޔާއެއް ދެވުނު ނަމަ މާފަށް އެދެމެވެ.

ދުވަހުގެ ފޮޓޯ

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ފާތިމަތު ދީމާ އަލީ މޮރިޝަސްގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެނީ. ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ރާއްޖޭގެ ޓީމު ވަނީ ބަލިވެފައި --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ފާތިމަތު ދީމާ އަލީ މޮރިޝަސްގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެނީ. ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ރާއްޖޭގެ ޓީމު ވަނީ ބަލިވެފައި --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ފާތިމަތު ދީމާ އަލީ މޮރިޝަސްގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެނީ. ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ރާއްޖޭގެ ޓީމު ވަނީ ބަލިވެފައި --- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox