އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް އަންނަ މަހު ފަށަނީ

Jul 30, 2022, 2:10 PM
2018 ވަނަ އަހަރުގެ އިންޓަ ރިސޯޓް ވޮލީ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް

2018 ވަނަ އަހަރުގެ އިންޓަ ރިސޯޓް ވޮލީ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް

ވޮލީބޯޅަ ސީޒަންގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ގޮތުން، 25 ވަނަ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައި އޮތީ އަންނަ މަހުގެ 18ގަ އެވެ. މި މުބާރާތަކީ ރިސޯޓުތަކުން އަބަދުވެސް ވަރަށް ދުރާލާ ތައްޔާރުވާ މުބާރާތެކެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މި އަހަރުގެ އިންޓަ ރިސޯޓް މުބާރާތް ހާއްސަކޮށްލަން ބޭނުންވަނީ ހުރިހާ ރިސޯޓްތަކުގެ މުވައްޒަފުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކަށް ކަމަށެވެ. ސަބަބަކީ މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވެފައި އަބަދުވެސް ވޮލީބޯޅައިގެ އެންމެ މުހިންމު އެއް ބަޔަކީ ރިސޯޓްތައް ކަމަށް ވުމެވެ.

އެހެން އަހަރުތަކެކޭ އެއް ގޮތަށް މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ޒޯން ބުރެވެ. އޭގެ ފަހުން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ޗެމްޕިއަންސް ލީގު ކުރިއަށްދާނެ އެވެ.

އެންމެ ފަހުން 2019 ގައި ބޭއްވި އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ގަވާއިދަށް މި ފަހަރު ބަދަލެއް ގެނެސްފައި ނުވާއިރު، ކޮންމެ ރިސޯޓަކަށް ވެސް ގައުމީ ސްކޮޑުގައި ހިމެނޭ ދެ ކުޅުންތެރިއަކު ޓީމުގައި ހިމެނޭނެ އެވެ.

މި އަހަރުގެ މުބާރާތް އެންމެ ހާއްސަވަނީ ބަޑޮސް އައިލެންޑް ރިސޯޓަށެވެ. އެންމެ ފަހުން 2018 އަދި 2019 ގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމު މިއަހަރު ނުކުންނާނީ ތަށި މިލްކުކުރާށެވެ. މިދިޔަ ދެ އަހަރު، 2020 އާއި 2021 ގައި ކޮވިޑްގެ ސަބަބުން އިންޓަ ރިސޯޓް މުބާރާތް ބާއްވާފަ އެއް ނުވެ އެވެ.

ރިސޯޓް ވޮލީބޯޅަ މުބާރާތަކީ ވޮލީގެ މައި އެއް ތަބެވެ. ގައުމީ ޓީމުތަކުން ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އޮނިގަނޑު އެކުލަވާލުމުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި އެހެން ހުނަރުވެރި ކުޅުންތެރިންނަށް ފައިސާ ލިބޭ މައިގަނޑު ގޮތަކީ ރިސޯޓް މުބާރާތެވެ.

އަނެއްކޮޅުން، މި މުބާރާތަށް ޓީމް ވަރުގަދަކުރުމަށް ޒުވާން ހުނަރުވެރި ކުޅުންތެރިން ރިސޯޓްތަކަށް ދާއިމީ ވަޒީފާތަކަށް ގެންދިޔުމަކީ ވެސް ރިސޯޓުތަކުން މީގެ ކުރިން ބޮޑު އިސްކަމެއް ދީގެން ކުރި ކަމެކެވެ. އެހެންކަމުން، ވޮލީބޯޅައިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ވަޒީފާ ހޯދައިގެން ކުޅިވަރުގެ ތެރެއިން ކުރިއަށްދިއުމަށް ބަލާއިރު، ރިސޯޓް މުބާރާތަކީ ޓާގެޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox