އެމެރިކާއިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ހާއްސަ ސަފީރެއް

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ހޫގޯ ޔޮން، ރާއްޖެއަށް ހާއްސަކޮށް ސަފީރެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރު.

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ހޫގޯ ޔޮން، ރާއްޖެއަށް ހާއްސަކޮށް ސަފީރެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރު.

އެމެރިކާއިން ރާއްޖެއަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ސަފީރެއް ކަނޑައަޅައިފި އެވެ.

މީގެ ކުރިން އެެމެރިކާއިން ސަފީރުން ކަނޑައަޅަމުން އައީ އަވަށްޓެރި ސްރީލަންކާއަށާއި ރާއްޖެއާ ދެގައުމަށް އެއް ސަފީރު ހުންނަވާ ގޮތަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ "އެެމްބެސެޑާ އެެކްސްޓްރާ އޯޑިނަރީ އެންޑް ޕްލިނިޕޮޮޓެންޝަރީ"ގެ މަގާމަށް ހޫގޯ ޔޮން ހަމަޖައްސަވަން އެގައުމުގެ ރައީސް ޖޯބައިޑުން ނިންމަވާފައިވާ ކަމަށެވެ.

އެމެރިކާގައި ވެސް ގައުމުތަކަށް ކަނޑައަޅާ ސަފީރުންނަށް ޕާލަމެންޓްގެ ރުހުން ހޯދަން އޮންނާތީ ހޫގޯ ޔޮން ސަފީރުކަމާ ހަވާލުވެވަޑައިގަންނަވާނީ ޕާލަމެންޓްގެ ރުހުން ލިބުމުންނެވެ.

ރާއްޖެއަށް ހާއްސަ ސަފީރެއް އެމެރިކާއިން ކަނޑައަޅާފައި މި ވަނީ އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހެދުމަށް ވެސް ނިންމާފައި އޮއްވަ އެވެ.

ވައިޓްހައުސް އިން ނެރުނު ބަޔާނުގައިވާ ގޮތުން ހޫގޯ ޔޮން އަކީ އެގައުމުގެ ފޮރިން ސާވިސްގައި އިސް މަގާމުތަކެއް ފުުރުއްވާފައިބާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑަ ސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު އެނަޖީ އެންޑް އެންވަޔަރްމަންޓްގެ އޮފީހުގެ އެޑްވައިޒަރަކަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް އޯގަނައިޒޭޝަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

ޔޮން އަދާކުރެއްވި އެހެން މަގާމުތަކުގެ ތެރޭގައި ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ފޯ ޓްރާންސްޕޮޓޭޝަން އެފެއާޒްކަމާއި ޑައިރެކްޓާ ފޯ އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ މަގާމު އަދި ޑިރެކްޓާ ފޯ އިންޑިއާ އެންޑް ސަބްކޮންޓިނެންޓްގެ މަގާމު ހިމެނެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އެހެން އެތައް މަގާމެއް ވެސް ޔޮން ވަނީ ކުރިން އަދާކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox