ހުލާސާކޮށް އިއްޔެ: އެއްބައިވެ، އެކަތިގަނޑަކަށް ވުމަށް ރައީސް ސޯލިހު ގޮވާލެއްވުން

ހުލާސާކޮށް އިއްޔެ: އެއްބައިވެ، އެކަތިގަނޑަކަށް ވުމަށް ރައީސް ސޯލިހު ގޮވާލެއްވުން

ބައިބައިވުމާއި ދެބަސްވުމާއި ހަމަނުޖެހުމާއި ހައިޖާނުން ގައުމެއްގެ މިނިވަންކަން ރަމްޒުނުކޮށްދެވޭނެ ކަމަށާއި އޭގެ ބަދަލުގައި އެއްބައިވެ، އެކަތިގަނޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލެއްވީ އިއްޔެ އެވެ.

ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ހިޔާލުތަފާތުވުމަކީ އިންސާނީ ތޮބީއަތް ނަމަވެސް "މިނިވަންކަމުގެ ރާސްތާ" އޮމާންކޮށް ގެންދިއުމަށް އެކަންކަން އެއްފަރާތް ކުރަންޖެހޭ ކަމަށެވެ.

"އެދޭގޮތާ، ދެކޭގޮތާ، ގަބޫލުކުރާގޮތާ އެކުއެކީ، ކަންކަމުގާ ހިޔާލު ތަފާތުވުމަކީ އިންސާނީ ތޮބީއަތް. ކޮންމެ ބައެއް ކަމުގައިވިޔަސް، އެއީ އެކަން އޮންނަގޮތް. އެހެން ނަމަވެސް، މިނިވަންކަމުގެ ރާސްތާ އޮމާންކަމާ، އަމާންކަމުގާ ގަރާރުވެ ދެމިއޮތުމަށްޓަކާ، މިދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ. ސަބަބަކީ މިނިވަންކަމުގެ އުފަލާ، އޭގެ އަސަރާއި ރަހަ، އެހެން ހުރިހާ އިހްސާސަކާ ތަފާތު،" ޓެލެވިޒަން މޯލްޑިވްސް މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް އިއްޔެ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާއިލާތައް ތެރޭގަ އާއި ރަށްތަކުގައި އާއި މުޅި ގައުމުގައި ވެސް ހަމަޖެހުން އޮންނަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އެންމެންވެސް ހަމަޖެހުމަށް އެއްބާރުލުން ދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މުޖްތަމައުގެ ބައިބައިވުމާ، ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނަކީ ގައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން. އާއިލާ ތެރެއިން ފެށިގެން ދިރިއުޅޭ މާހައުލާ، ރަށާ، އަތޮޅާ، މުޅި ގައުމުގައި ވެސް ހަމަޖެހުން އޮންނަންޖެހޭނެ. އެއްވެސް ބަޔަކު ބާކީ ނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައެއް ނުގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ހަމަ އެ މައުލޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން އޮންނަންޖެހޭނެ ކަމަށާއި އެކަން ކުރެވޭނެީ އަޑުއެހުމާއި މަޝްވަރާގެ މަތިން އެކަނި ކަމަށެވެ.

"ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ. އެއީ އަޑުއެހުމާ، މަޝްވަރާއާ އިހްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ. މިދެންނެވި މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެ އެއް ލިބިގަތުމަށް ދަތިވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ހިތާބުގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވަނީ ރާއްޖެއަށް ލާބަ ލިބޭނެ މަންފާހުރި ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ގެންގުޅުއްވާ ހާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގަނެފައިވާ ސިޔާސަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތްހަމަ، ހަރުދަނާ ސިޔާސަތެއް. ގައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި. ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އަދާކުރާ ދައުރު، މިކަންކަމަށް ހެކިވެދޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދު ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ޔޫރަޕުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ތެލަށް ބާރުބޮޑުވެ، ސަރުކާރުގެ ހަރަދުބަރަދު ކުޑަކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު މިއަހަރު ނިމޭއިރު ގެންދެވޭނެ ކަމަށާއި ނަމަވެސް "ކާމިޔާބީގެ ހެޔޮ އަސަރު، އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހުރަސްތަކެއް އެބަހުރި" ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ގައުމުތަކަކާ އެކު އަސްކަރީ ގުޅުން އުފައްދައި އެކުގައި މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އިއްޔެ އެވެ.
  • ޔޯގާއަކީ ޝިރުކެއް ކަމަށް ދަންނަބޭކަލުން ނުވަތަ ދީނީ އިލްމުވެރިންގެ އިޖުމާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ތެލުގެ އަގަށް އައި ބަދަލާއެކު ސަރުކާރުން ބޮޑުކުރި ޓެކްސީ އަގުތަކާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށް ދިވެހި ޑްރައިވާސް އެސޯސިއޭޝަނުން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ. އެއީ އަޑުއެހުމާ، މަޝްވަރާއާ އިހްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ. މިދެންނެވި މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެ އެއް ލިބިގަތުމަށް ދަތިވާނެ،

ދުވަހުގެ ފޮޓޯ

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްއިން ކުރިއަށްގެންދިޔަ ޕެރޭޑުގެ ތެރެއިން. މި ޙަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި. މި ޕެރޭޑު ބަލާލުމަށް އެތައް ހާސް ބަޔަކު ވެރިރަށް މާލޭގެ މަގުތަކަށް ނުކުތް.
ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްއިން ކުރިއަށްގެންދިޔަ ޕެރޭޑުގެ ތެރެއިން. މި ޙަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި. މި ޕެރޭޑު ބަލާލުމަށް އެތައް ހާސް ބަޔަކު ވެރިރަށް މާލޭގެ މަގުތަކަށް ނުކުތް.

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްއިން ކުރިއަށްގެންދިޔަ ޕެރޭޑުގެ ތެރެއިން. މި ޙަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި. މި ޕެރޭޑު ބަލާލުމަށް އެތައް ހާސް ބަޔަކު ވެރިރަށް މާލޭގެ މަގުތަކަށް ނުކުތް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox