ހުލާސާކޮށް އިއްޔެ: މަންކީޕޮކްސް ރާއްޖެ އަތުވެދާނެތީ ޓޫރިޒަމް މިނިސްޓްރީ ތައްޔާރީ ހާލަތަށް

ހުލާސާކޮށް އިއްޔެ: މަންކީޕޮކްސް ރާއްޖެ އަތުވެދާނެތީ ޓޫރިޒަމް މިނިސްޓްރީ ތައްޔާރީ ހާލަތަށް

މަންކީޕޮކްސް ބަލި ރާއްޖެއިން ފެނިދާނެކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަމަކަށް ތައްޔާރަށް އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފަ އެވެ. ދުނިޔޭގެ 75 ގައުމަކުން މިހާތަނަށް މަންކީޕޮކްސްގެ 14,000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި، މި ބަލީގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ، މަންކީޕޮކްސް ބަލި ޖެހިފައިވާ މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވީ ނަމަވެސް ދުނިޔޭން ބަލި ފެންނަމުންދާ މިންވަރަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ޝަރީފް "އަދަދު"އަށް އިއްޔެ ވިދާޅުވީ މަންކީޕޮކްސް އަތުވެދާނެ ކަމަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވިޔަސް، އެޗްޕީއޭން އަންގާ ގޮތަކަށް އެ މިނިސްޓްރީން ކަންތައް ކުރަމުންދާނެ ކަމަށެވެ.

"އެޗްޕީއޭން އެކަމަށް ފިޔަވަޅު އަޅައިފިއްޔާ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފޮލޯކުރާނެ. އަޅުގަނޑުމެން މި ތިބީ ސްޓޭންޑްބައިގައި. ކޮވިޑާ އެއްގޮތަށް ތައްޔާރީ ހާލަތުގައި މި ތިބީ،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރިވެރިން އަންނަ 10 ގައުމުގެ ތެރޭގަ ހިމެނޭ ޖަރުމަނާއި ބެލްޖިއަމް ފަދަ ގައުމުތަކުން މަންކީޕޮކްސް ރިޕޯޓުކުރާ މިންވަރު މަދު ކަމަށާއި އެހެން ކަމުން ރާއްޖެއަށް މި ބަލި އައުން އެކަށީގެން ނުވާ ކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، ރާއްޖެއަށް ވެސް އެ ބަލި ޖެހިފައި ހުރި މީހަކު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އެޗްޕީއޭން ވަނީ މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭން ބުނީ މި ބައްޔާއި ގުޅިގެން ވާންޖެހޭ ތައްޔާރިތަކާއި ދޭންޖެހޭ އިޖާބަ ދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގަ އެވެ. އޭގެތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މި ފެތުރުން އާންމު ވެފައިވާއިރު އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވެ އެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލިފަތް ދަށާއި އުކުޅުވަޅުގައި ގޮށްލުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝެއިހު ފަޒްލޫން މުހައްމަދު ޝަރުތުތަކަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރީ އިއްޔެ އެވެ.
  • ޔޯގާ ހެދުން ނުވަތަ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނީ އިއްޔެ އެވެ.
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ތެޔޮ އެތެރެކުރަން ކުރާ ހަރަދު 95 ޕަސެންޓު އިތުރުވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ތަކުން ދެއްކީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރ ދުވާފަރު ކައުންސިލުން މިދިޔަ އަހަރުގެ ފިތުރު ޒަކާތާއި މިއަހަރުގެ މުދަލުގެ ޒަކާތް އޭގެ ހައްގުވެރިންނަށް ރައްދުކުރިކަން ކަށަވަރުކޮށްފައިވާ ކަމަށް ހާމަކުރަމުން އިސްލާމިކް މިނިސްޓްރީން ބުނީ:

ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިޠުރު އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މި މިނިސްޓްރީން އަންގާފައިވާ ތާރީހަށް ފޮނުވާފައިވާކަމާއި އަދި މި ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް ފާހަގަކުރެވޭ

ދުވަހުގެ ފޮޓޯ

އަންނަ ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފަށާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ބޮޑީބޯޑިން އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރުމަށް ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ، ބްރެޒިލްގެ އިޒަބެލާ ސޫސާ ރާޅުގަނޑުގައި ރާޅާ އަޅަނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އަންނަ ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފަށާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ބޮޑީބޯޑިން އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރުމަށް ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ، ބްރެޒިލްގެ އިޒަބެލާ ސޫސާ ރާޅުގަނޑުގައި ރާޅާ އަޅަނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފަށާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ބޮޑީބޯޑިން އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރުމަށް ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ، ބްރެޒިލްގެ އިޒަބެލާ ސޫސާ ރާޅުގަނޑުގައި ރާޅާ އަޅަނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox