ހުލާސާކޮށް އިއްޔެ: ސަރުކާރުގެ ޖަލްސާތަކަށް 7 މިލިއަން ހޭދަކޮށްފައިވާކަން ހާމަވުން

ހުލާސާކޮށް އިއްޔެ: ސަރުކާރުގެ ޖަލްސާތަކަށް 7 މިލިއަން ހޭދަކޮށްފައިވާކަން ހާމަވުން

ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަން އަހަރުގެ މިހާތަނަށް ހަތް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" ނޫހުން ހުށަހެޅި "ރައިޓް ޓު އިންފޯމޭޝަން" (އާރްޓީއައި)ގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުގައި، އެންމެ ބޮޑު ހޭދައެއް ކުރީ ރައީސް އޮފީހުންނެވެ.

އެ އޮފީހުން ބޭއްވި ޖަލްސާތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއްޖެ އެވެ. މިއީ އަހަރުގެ މިހާތަނަށް ހަރަދުވީ ފައިސާގެ 58 ޕަސެންޓެވެ.

ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރި ހަރަދު

  • 2017 - 22,717,616.96ރ.
  • 2018 - 8,270,038.50ރ.
  • 2019 - 17,699,956.21ރ.
  • 2020 - 2,680,842.75ރ.
  • 2021 - 7,140,215.08ރ.
  • 2022 (މިހާތަނަށް) - 7,000,597.74ރ.

ޖަލްސާތަކާއި ބައްދަލުވުންތައް މި އަހަރު މިހާ ބޮޑު އެއްޗެއް ހޭދަވީ ނަމަވެސް، ވޭތުވި ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ހަރަދުކުރި 2017 ވަނަ އަހަރާ އަޅާކިޔާނަމަ މިގޮތަށް ކުރާ ހޭދަ ވަނީ ބޮޑުތަނުން މަދުވެފަ އެވެ. އެ އަހަރު 22.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ހެލްތު މިނިސްޓްރީން އެކަނިވެސް 15 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ފިނޭންސުން ހިއްސާކުރި މައުލޫމާތުން މިއީ ކޮންކަމަކަށް ކުރި ހަރަދެއްކަން ނޭނގޭތީ އެ ތަފްސީލުތައް ހޯދަން ހެލްތު މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ އިތުރުން އެ އަހަރު ހޯމް އެފެއާޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ހަރަދުކޮށްފަ އެވެ.

ޖެހިގެން އައި 2018 ވަނަ އަހަރު މި ހޭދަ ވަނީ 8.2 މިލިއަން ރުފިޔާއަށް މަދުވެފަ އެވެ. އެ އަހަރު އެންމެ ބޮޑު ހޭދައެއް ކުރީ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ. އެއީ 3.2 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރީ ޓޫރިޒަމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 950،809ރ. ހަރަދުކުރި އެވެ.

އެފަހުން 2019 ގައި ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރި ހޭދަ ވަނީ 17.9 މިލިއަން އިތުރުވެފަ އެވެ. މި ހަރަދުގެ ތެރެއިން 8.3 މިލިއަން ހަރަދުކުރީ ފޮރިން މިނިސްޓްރީންނެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ ހޯމް އެފެއާޒް މިނިސްޓްރީންނެވެ. އެއީ 1.1 މިލިއަން ރުފިޔާ އެވެ.

ކޮވިޑު ބަލިމަޑުކަން ލައިގަތް އަހަރު މިގޮތަށް ކުރި ހޭދަތައް ވަރަށް ކުޑަ އެވެ. މުޅި އަހަރުގެ ތެރޭގައި ހަރަދުވީ އެންމެ 2.6 މިލިއަން ރުފިޔާ އެވެ. މިއީ އެ ނޫން އަހަރުތަކުގައި އެވަރެޖުކޮށް ހަރަދުވީ 12.5 މިލިއަން ރުފިޔާއަށް ވުރެ 4.6 ގުނަ ކުޑަ އަދަދެކެވެ.

މި އަހަރުގެ ތެރޭގައި ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރި ހޭދަ މިހާ މަދުވީ، ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގިނަ މީހުން އެއްވެ އުޅޭ ބައްދަލުވުންތަކާއި އިވެންޓުތައް ބޭއްވުން އަހަރުގެ ބޮޑު ބަޔެއްގައި މަނާކޮށްފައި އޮތުމުންނެވެ.

އެގޮތުން، 2021 ގައި މި ހުރަސްތައް ނެތުމާ އެކު، ހަރަދުވީ ވަރު ވަރު 7.1 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ހޯމް މިނިސްޓްރީންނެވެ. އެއީ 1.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރި ޑިފެންސް މިނިސްޓްރީން ހަރަދުކުރީ 1.2 މިލިއަން ރުފިޔާ އެވެ.

ޖަލްސާތަކާއި ބައްދަލުވުންތަކުގެ އެންމެ ހަރަދު ބޮޑު ވުޒާރާ/އިދާރާތައް

  • ހެލްތު މިނިސްޓްރީ - 15,943,485.24ރ.
  • ފޮރިން މިނިސްޓްރީ - 8,336,960.91ރ.
  • ހޯމް މިނިސްޓްރީ - 6,008,242.48ރ.
  • ރައީސް އޮފީސް - 5,924,581.10ރ.
  • އެންވަޔަރަމަންޓް މިނިސްޓްރީ - 3,927,730.92ރ.

މައުލޫމާތު ހޯދި ފަސް އަހަރާއި މި އަހަރުގެ މިހާތަނަށް ކުރި ހޭދައަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި މުއްދަތުގެ ތެރޭގައި 15.9 މިލިއަން ރުފިޔާ ޖަލްސާ ބާއްވަން ހޭދަކޮށްފި އެވެ. އެކަމަކު އޭގެ 90 ޕަސެންޓަކީ 2017 ގައި ކުރި ހަރަދެވެ.

ދެން އެންމެ ބޮޑު ހޭދައެއް ކުރީ ފޮރިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި މުއްދަތުގެ ތެރޭގައި 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ 90 ޕަސެންޓަށް ވުރެ ހިއްސާކުރަނީ 2019 ގައި އެ މިނިސްޓްރީން ކުރި ހަރަދެވެ.

ޖަލްސާއަށް ބޮޑު ހޭދަކުރާ ލިސްޓުގެ ތިންވަނައިގައި އޮތް ހޯމް މިނިސްޓްރީން ހަ މިލިއަން ހަރަދުކޮށްފައިވާއިރު ހަތަރު ވަނައިގައި އޮތް ރައީސް އޮފީހުން 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. ފަސް ވަނައިގައި އޮތް އެންވަޔަރަމަންޓް މިނިސްޓްރީން ހަރަދުކުރީ 3.9 މިލިއަން ރުފިޔާ އެވެ.

ހުރިހާ ވުޒާރަތަކާއީ އިދާރާތަކުގެ ޖުމްލައަށް ބަލާއިރު، ފަސް އަހަރުގެ ތެރޭގައި ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަން ދައުލަތުގެ ބަޖެޓުން 65.5 މިލިއަން ރުފިޔާ ވަނި ހަރަދުކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވިއްކާލަން އެ ކުންފުނީގެ ހިއްސާ އޮންނަ ކާލައިލް ގްރޫޕުން ވިސްނަމުންދާ ކަމަށް ވިޔަފާރި ހަބަރުތައް ގެނެސްދޭ "ބްލޫމްބާގް" ނޫހުން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސްއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ އިއްޔެ އެވެ.
  • ރާއްޖޭގައި މަސްވެރިންނަށް ގާއިމުކޮށްދީފައިވާ ކަނދުފަތިތަކުގައި ދޯނީގެ ވާ އައްސައިގެން ތިބޭތީ ކަނދުފަތި ކަނޑައިގެންދާތީ އެކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގެ ފެންވަރު ރަނގަޅު ކަމަށާއި އަމާޒަކީ ފައިނަލް ކުޅުން ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ:

އީ އެންމެ ގިނަ މެޗު ފުރަތަމަ ޑިވިޝަނުގައި ކުޅެފައިތިބި ކުޅުންތެރިންނަށް ބަލާއިރު، މި ލެވަލްގެ މުބާރާތަކަށް ރާއްޖޭން ދާނެ އެންމެ މޮޅު އެއް ޓީމު. އެކަމަކު، މި ޓީމު އެކުގައި ޕްރެކްޓިސް ކޮށްލަން މި ޖެހުނީ ކްލަބްތަކުގެ ޕްރެކްޓިސްތައް ވެސް ދާ ދަނޑިވަޅެއްގައި ވީމަ ހުރިހާ ކަމެއް އެންމެ ބޭނުންވާ ގޮތަށް ނުވެދާނެ،

ދުވަހުގެ ފޮޓޯ

ހުޅުމާލޭގެ ބައެއް މަގުތަކުގައި ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރުން. ޕެޑެސްޓްރިއަން ކްރޮސިން ލައިޓްތައް ދިއްލުމަށް ބޭނުންކުރަނީ އިރުގެ ހަކަތަ. އެޗްޑީސީން ބުނީ މަގު ހުރަސްކުރާ މީހުންނަށް ހާއްސަ ލައިޓްތައް ހަރުކުރަނީ ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންގެ ރައްކާތެރިކަމަށް ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ހުޅުމާލޭގެ ބައެއް މަގުތަކުގައި ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރުން. ޕެޑެސްޓްރިއަން ކްރޮސިން ލައިޓްތައް ދިއްލުމަށް ބޭނުންކުރަނީ އިރުގެ ހަކަތަ. އެޗްޑީސީން ބުނީ މަގު ހުރަސްކުރާ މީހުންނަށް ހާއްސަ ލައިޓްތައް ހަރުކުރަނީ ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންގެ ރައްކާތެރިކަމަށް ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭގެ ބައެއް މަގުތަކުގައި ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރުން. ޕެޑެސްޓްރިއަން ކްރޮސިން ލައިޓްތައް ދިއްލުމަށް ބޭނުންކުރަނީ އިރުގެ ހަކަތަ. އެޗްޑީސީން ބުނީ މަގު ހުރަސްކުރާ މީހުންނަށް ހާއްސަ ލައިޓްތައް ހަރުކުރަނީ ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންގެ ރައްކާތެރިކަމަށް ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox