ޖަލްސާތަކަށް ހަތް މިލިއަން ރުފިޔާ، ދެބައިކުޅަ އެއްބައި ރައީސް އޮފީހުން

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ކައުންސިލަރުންނަށް ބޭއްވި "ވިއަވަތި" ކޮންފަރެންސްގެ ތެރެއިން: މި އަހަރު ޖަލްސާތަކާއި ބައްދަލުވުންތަކަށް ރައީސް އޮފީހުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ކައުންސިލަރުންނަށް ބޭއްވި "ވިއަވަތި" ކޮންފަރެންސްގެ ތެރެއިން: މި އަހަރު ޖަލްސާތަކާއި ބައްދަލުވުންތަކަށް ރައީސް އޮފީހުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަން އަހަރުގެ މިހާތަނަށް ހަތް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" ނޫހުން ހުށަހެޅި "ރައިޓް ޓު އިންފޯމޭޝަން" (އާރްޓީއައި)ގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުގައި، އެންމެ ބޮޑު ހޭދައެއް ކުރީ ރައީސް އޮފީހުންނެވެ.

އެ އޮފީހުން ބޭއްވި ޖަލްސާތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއްޖެ އެވެ. މިއީ އަހަރުގެ މިހާތަނަށް ހަރަދުވީ ފައިސާގެ 58 ޕަސެންޓެވެ.

ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރި ހަރަދު

  • 2017 - 22,717,616.96ރ.
  • 2018 - 8,270,038.50ރ.
  • 2019 - 17,699,956.21ރ.
  • 2020 - 2,680,842.75ރ.
  • 2021 - 7,140,215.08ރ.
  • 2022 (މިހާތަނަށް) - 7,000,597.74ރ.

ޖަލްސާތަކާއި ބައްދަލުވުންތައް މި އަހަރު މިހާ ބޮޑު އެއްޗެއް ހޭދަވީ ނަމަވެސް، ވޭތުވި ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ހަރަދުކުރި 2017 ވަނަ އަހަރާ އަޅާކިޔާނަމަ މިގޮތަށް ކުރާ ހޭދަ ވަނީ ބޮޑުތަނުން މަދުވެފަ އެވެ. އެ އަހަރު 22.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ހެލްތު މިނިސްޓްރީން އެކަނިވެސް 15 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ފިނޭންސުން ހިއްސާކުރި މައުލޫމާތުން މިއީ ކޮންކަމަކަށް ކުރި ހަރަދެއްކަން ނޭނގޭތީ އެ ތަފްސީލުތައް ހޯދަން ހެލްތު މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ އިތުރުން އެ އަހަރު ހޯމް އެފެއާޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ހަރަދުކޮށްފަ އެވެ.

ޖެހިގެން އައި 2018 ވަނަ އަހަރު މި ހޭދަ ވަނީ 8.2 މިލިއަން ރުފިޔާއަށް މަދުވެފަ އެވެ. އެ އަހަރު އެންމެ ބޮޑު ހޭދައެއް ކުރީ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ. އެއީ 3.2 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރީ ޓޫރިޒަމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 950،809ރ. ހަރަދުކުރި އެވެ.

އެފަހުން 2019 ގައި ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރި ހޭދަ ވަނީ 17.9 މިލިއަން އިތުރުވެފަ އެވެ. މި ހަރަދުގެ ތެރެއިން 8.3 މިލިއަން ހަރަދުކުރީ ފޮރިން މިނިސްޓްރީންނެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ ހޯމް އެފެއާޒް މިނިސްޓްރީންނެވެ. އެއީ 1.1 މިލިއަން ރުފިޔާ އެވެ.

ކޮވިޑު ބަލިމަޑުކަން ލައިގަތް އަހަރު މިގޮތަށް ކުރި ހޭދަތައް ވަރަށް ކުޑަ އެވެ. މުޅި އަހަރުގެ ތެރޭގައި ހަރަދުވީ އެންމެ 2.6 މިލިއަން ރުފިޔާ އެވެ. މިއީ އެ ނޫން އަހަރުތަކުގައި އެވަރެޖުކޮށް ހަރަދުވީ 12.5 މިލިއަން ރުފިޔާއަށް ވުރެ 4.6 ގުނަ ކުޑަ އަދަދެކެވެ.

މި އަހަރުގެ ތެރޭގައި ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރި ހޭދަ މިހާ މަދުވީ، ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގިނަ މީހުން އެއްވެ އުޅޭ ބައްދަލުވުންތަކާއި އިވެންޓުތައް ބޭއްވުން އަހަރުގެ ބޮޑު ބަޔެއްގައި މަނާކޮށްފައި އޮތުމުންނެވެ.

އެގޮތުން، 2021 ގައި މި ހުރަސްތައް ނެތުމާ އެކު، ހަރަދުވީ ވަރު ވަރު 7.1 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ހޯމް މިނިސްޓްރީންނެވެ. އެއީ 1.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރި ޑިފެންސް މިނިސްޓްރީން ހަރަދުކުރީ 1.2 މިލިއަން ރުފިޔާ އެވެ.

ޖަލްސާތަކާއި ބައްދަލުވުންތަކުގެ އެންމެ ހަރަދު ބޮޑު ވުޒާރާ/އިދާރާތައް

  • ހެލްތު މިނިސްޓްރީ - 15,943,485.24ރ.
  • ފޮރިން މިނިސްޓްރީ - 8,336,960.91ރ.
  • ހޯމް މިނިސްޓްރީ - 6,008,242.48ރ.
  • ރައީސް އޮފީސް - 5,924,581.10ރ.
  • އެންވަޔަރަމަންޓް މިނިސްޓްރީ - 3,927,730.92ރ.

މައުލޫމާތު ހޯދި ފަސް އަހަރާއި މި އަހަރުގެ މިހާތަނަށް ކުރި ހޭދައަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި މުއްދަތުގެ ތެރޭގައި 15.9 މިލިއަން ރުފިޔާ ޖަލްސާ ބާއްވަން ހޭދަކޮށްފި އެވެ. އެކަމަކު އޭގެ 90 ޕަސެންޓަކީ 2017 ގައި ކުރި ހަރަދެވެ.

ދެން އެންމެ ބޮޑު ހޭދައެއް ކުރީ ފޮރިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި މުއްދަތުގެ ތެރޭގައި 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ 90 ޕަސެންޓަށް ވުރެ ހިއްސާކުރަނީ 2019 ގައި އެ މިނިސްޓްރީން ކުރި ހަރަދެވެ.

ޖަލްސާއަށް ބޮޑު ހޭދަކުރާ ލިސްޓުގެ ތިންވަނައިގައި އޮތް ހޯމް މިނިސްޓްރީން ހަ މިލިއަން ހަރަދުކޮށްފައިވާއިރު ހަތަރު ވަނައިގައި އޮތް ރައީސް އޮފީހުން 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. ފަސް ވަނައިގައި އޮތް އެންވަޔަރަމަންޓް މިނިސްޓްރީން ހަރަދުކުރީ 3.9 މިލިއަން ރުފިޔާ އެވެ.

ހުރިހާ ވުޒާރަތަކާއީ އިދާރާތަކުގެ ޖުމްލައަށް ބަލާއިރު، ފަސް އަހަރުގެ ތެރޭގައި ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަން ދައުލަތުގެ ބަޖެޓުން 65.5 މިލިއަން ރުފިޔާ ވަނި ހަރަދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox