ހުލާސާކޮށް އިއްޔެ: މަޑުއްވަރީ ރޭޕް މައްސަލަ ރިވިއުކުރަން ޖެހޭ ސަބަބެއް އޮތްތޯ ޕީޖީން ބަލަމުންދާކަން ހާމަކުރުން

ހުލާސާކޮށް އިއްޔެ: މަޑުއްވަރީ ރޭޕް މައްސަލަ ރިވިއުކުރަން ޖެހޭ ސަބަބެއް އޮތްތޯ ޕީޖީން ބަލަމުންދާކަން ހާމަކުރުން

ރ. މަޑުއްވަރީގައި މިދިޔަ އަހަރު، ޓީޗަރަކާއި އިތުރު ބަޔަކުވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ރިވިއު ކުރަންޖެހޭ ސަބަބެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުނީ އިއްޔެ އެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރުމަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން މައްސަލަ ފޮނުވާލުމުން އެ މައްސަލަ ފުލުހުން އޮތީ ފައިލްކޮށްފަ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދިފަ އެވެ.

އެއީ އެ މައްސަލައަށް ބަޔަކު ނުފޫޒު ފޯރުވައި މައްސަލަ އޮއްބާލުމަށް އުޅޭ ކަހަލަ ވާހަކަތަކެއް އިވޭ ކޯލް ރިކޯޑިންތަކެއް ލީކުވެފައިވާތީ ކަމަށް އާއިލާއިން ބުނެ އެވެ.

އިއްޔެ ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ސޮއިކުރައްވާ އެ އާއިލާއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ދައުލަތުގެ މުއަސަސާތަކަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު އިއްޔެ "އަދަދު" އަށް ވިދާޅުވީ ކުއްޖާގެ އާއިލާއިން މައްސަލަ ރިވިއުކޮށްދޭން އެދިފައި ކަމަށާއި ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް އޮތް ނަމަ އެކަން ކުރާނެ ކަމަށެވެ.

"ރިވިއުކޮށް ޑިޒިޝަން ބަދަލުކުރަން ޖެހޭ ސަބަބެއް އޮތިއްޔާ ރިވިއު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު މާޗް މަހުގެ ތެރޭގައި ހިނގި އެ ހާދިސާގައި އެ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ބުނެ އެވެ. އެ ދުވަހު ކަން ހިނގާފައިވާ ގޮތް ކުއްޖާ ވަނީ ތަހުގީގީ އިދާރާތަކަށް ކިޔާދީފަ އެވެ. އާއިލާ ވަނީ ޑޮކްޓަރުންގެ ރިޕޯޓުން ވެސް ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެ ކުއްޖާ މިހާރު ކިޔަވަމުން އަންނަނީ މާލެ ސްކޫލެއްގަ އެވެ. ޖެންޑާ މިނިސްޓްރީން ދަނީ ކުއްޖާގެ މައްސަަލަ މޮނިޓާކުރަމުންނެވެ. މިނިސްޓްރީން ބުނީ އެ ކުއްޖާ މިހާރު އުޅޭ މާހައުލަކީ ރައްކާތެރި މާހައުލެއް ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21، ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި އޭރު ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކުރީ އިއްޔެ އެވެ.
  • ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ހަބަރުތައް ގެނެސްދޭ ކަމަށް މަޝްހޫރުވެފައިވާ "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ލިޔެފައިވާ ލިޔުމަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ފުލުހަށް ހާޒިރުކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.
  • ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖޭން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްއާއި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ:

ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން،

ދުވަހުގެ ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަަލަށް އެކުލަވާލި ގައުމީ ބޮޑީބޯޑިން ސީނިއާ ޓީމާ ބައްދަލުކުރެއްވުން. ޓީމާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައިފަ. --- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަަލަށް އެކުލަވާލި ގައުމީ ބޮޑީބޯޑިން ސީނިއާ ޓީމާ ބައްދަލުކުރެއްވުން. ޓީމާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައިފަ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަަލަށް އެކުލަވާލި ގައުމީ ބޮޑީބޯޑިން ސީނިއާ ޓީމާ ބައްދަލުކުރެއްވުން. ޓީމާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައިފަ. --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox