ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކުރާތީ އެމްޖޭއޭގެ ކަންބޮޑުވުން

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން - ފޮޓޯ: ސަން

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން - ފޮޓޯ: ސަން

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ހަބަރުތައް ގެނެސްދޭ ކަމަށް މަޝްހޫރުވެފައިވާ "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ލިޔެފައިވާ ލިޔުމަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ފުލުހަށް ހާޒިރުކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަޒާން ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އެ ނޫހުގައި ޝާއިއުކޮށްފައިވާ "ބޮޑު އިހުމާލެއް: އައިޖީއެމްއެޗްއަށް ދައްކާ ހުރިހާ ބަލި މީހުންގެ ރެކޯޑުތައް ލީކުވެއްޖެ" ލިޔުމާ ގުޅޭ ތުހުމަތުތަކާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލް ފަރުމާ ކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކޮންމެ މީހަކަށް ވެސް އައިޖީއެމްއެޗް އިން ސިއްހީ ފަރުވާ ހޯދަމުންދާ ކޮންމެ މީހެއްގެ މައުލޫމާތު ބެލެން އޮންނަ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވަނީ ނަން ހާމަކުރަން ނޭދޭ ދާއިރާގެ ތަޖުރިބާކާރަކާ ހަވާލާދީ އެވެ.

އެމްޖީއޭއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ ހަމައެކަނި ނޫހުގައި ލިޔާ ލިޔުމަކާ ގުޅިގެން ނޫސްވެރިންގެ މައްޗަށް އެފަދަ ގޮތަކަށް ޖިނާއީ ތުހުމަތައް ކުރެވުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެކެވެ. އޭގެ ސަބަބުން ނޫސްވެރިންނަށް ބިރު ދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

"މި ޖަމިއްޔާއިން ކަމާ ބެހޭ އިދާރާތަކަށް ގޮވާލަނީ ނޫސްވެރިންނަށް ފަހި މާހައުލެއް ކަށަވަރުކޮށް ދިނުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށާއި ނޫސްވެރިންނަށް ބިރު ދެއްކުމާއި ހުރަސް އެޅުމުގެ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން "ދިޔަރެސް" ގެ ނޫސްވެރިޔާ ހަތިމާ ޔޫސުފްއަށް ފުރައްސާރަކޮށް އިންޒާރު ދެމުންދާ މައްސަލައެއް ވެސް އެމްޖޭއޭގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ވެސް ތަހުގީގުކޮށް އޭގައި ހިމެނޭ މީހުނަށް ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.

އެމްޖޭއޭއިން ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ވެސް ޒިންމާދާރުވުމަށާއި ނޫސްވެރިން ހިފަހައްޓަން ޖެހޭ ސުލޫކާއި އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ވެސް އެންމެހާ ނޫސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox