ޓޫރިޒަމްގެ މުސްތަގުބަލަށް "ރަށުވަންތަ ވިސްނުން" މުހިންމު: އަފީފު

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރުނބާ މޯލްޑިވްސް ގައި ރޭ ބޭއްވި ހަފުލާގައި މަޓީގެ ނައިބު ރައީސް ޗަމްޕާ ހުސެން އަފީފު ވާހަކަ ދައްކަވަނީ. އަފީފު ވިދާޅުވީ ޓޫރިޒަމްގެ މުސްތަގުބަލަށް ރަށުވަންތަ ވިސްނުން މުހިއްމު ކަމަށް. ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރުނބާ މޯލްޑިވްސް ގައި ރޭ ބޭއްވި ހަފުލާގައި މަޓީގެ ނައިބު ރައީސް ޗަމްޕާ ހުސެން އަފީފު ވާހަކަ ދައްކަވަނީ. އަފީފު ވިދާޅުވީ ޓޫރިޒަމްގެ މުސްތަގުބަލަށް ރަށުވަންތަ ވިސްނުން މުހިއްމު ކަމަށް. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިހާރު އޮތް ހިސާބަށް ގެނެވުނީ ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދަތިކަމުން އަރައިގަންނަ، "ރަށުވަންތަ ވިސްނުން" ދަމަހައްޓައިގެން ކަމަށާއި ޓޫރިޒަމްގެ މުސްތަގުބަލަށް ވެސް އެއީ މުހިންމު ވިސްނުމެއް ކަމަށް ޓޫރިޒަމްގެ އެެއް ބާނީ އަދި މަޓީގެ ނައިބު ރައީސް ޗަމްޕާ ހުސެން އަފީފު ރޭ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ކުރިއެރުވުމަށް ޓަކައި ދަތިއުނދަގޫ އެތައް ކަމެއް ކަޑައްތުކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރުނބާ މޯލްޑިވްސް ގައި ރޭ ބޭއްވި ހަފުލާއެއްގައި އޭނާ ވިދާޅުވި އެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ ފަހުގެ ޖީލުގެ މަސައްކަތާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެ ވިސްނުމަކަށް އަޅުގަނޑު "އައިލެންޑް މެންޓަލިޓީ" ކިޔާ ވިސްނުމާއި މެދު ފަހުރުވެރިވެ، އެ ވިސްނުން އާލާކޮށް ރައްކާތެރިކުރަން އަޅުގަނޑު ތިޔަ ބޭފުޅުންނަށް ގޮވައިލަން. އެއީ ދިވެހި ރާއްޖޭގެ [މީހުންގެ] ދިރިއުޅުމަށް ކޮންމެހެން ބޭނުން އުސޫލެއް. [އަދި] އެތައް ގަރުނަކުއްސުރެ ދެމި އޮތް އުސޫލެއް،" އަފީފު ވިދާޅުވި އެވެ.

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އަފީފަށް ލިބިވަޑައިގެންނެވި ހަނދާނީ ފިލައެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއާ ހަވާލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އަފީފަށް ލިބިވަޑައިގެންނެވި ހަނދާނީ ފިލައެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއާ ހަވާލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އަފީފަށް ލިބިވަޑައިގެންނެވި ހަނދާނީ ފިލައެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއާ ހަވާލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

އައިލެންޑް މެންޓަލިޓީ (ރަށުވަންތަ ވިސްނުން) އިތުރަށް މާނަކޮށް ދެއްވަމުން އޭނާ ވިދާޅުވީ އެއީ ހަމަބުއްދި ބޭނުންކޮށް، ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދަތިތަކުން އަރައިގަތުމުގެ ވިސްނުން ކަމަށެވެ.

"އެތައް ގަރުނަކުއްސުރެ އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުން ސަލާމަތްކުރީ އެ ވިސްނުމުން، އަދި އެއީ ޓޫރިޒަމްގެ އެންމެ ފުރަތަމަ ދުވަސްތައް އަޅުގަނޑުމެން ކަޑައްތުކުރި ވިސްނުން. އަދި އަޅުގަނޑު ގަބޫލުކުރަނީ މިއީ އަޅުގަނޑުމެންގެ މުސްތަގުބަލަށް ވެސް ކޮންމެހެން ބޭނުން ވިސްނުމެއް ކަމަށް" އޭނާ ވިދާޅުވި އެވެ.

އަފީފަކީ ރާއްޖޭގައި ފުރަތަމަ ހުޅުވި ރިސޯޓު ކަމަށް ކުރުނބާ މޯލްޑިވްސް، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މީގެ 50 އަހަރު ކުރިން ކުރުނބާ ތަރައްގީކުރަން ކުރެއްވި މަސައްކަތުގެ ހަނދާން އޭނާ ރޭ އާކުރެއްވި އެވެ.

"މީގެ ފަންސާސް އަހަރު ކުރިން، ބޯޓެއްގައި މަސައްކަތްތެރިންނާ އެކު އަަޅުގަނޑު ދަތުރުކުރަމުން ދިޔައީ ކުރުނބާއަށް، އަޅުގަނޑުމެން [އޭރު] ގެންދިޔައީ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ރޫމް ބިނާކުރާ ސަރަހައްދު ސާފުކުރާނެ ސާމާނު. މިއަދު އޭގެ 50 އަހަރު ފަހުން އަޅުގަނޑު އަނެއްކާވެސް މިހުރީ ކުރުނބާގައި. ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން،" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހިސާބަށް ގެންނަން ކުރި ދަތުރުގެ ބައިވެރިއަކަށް ވެވަަޑައިގެންނެވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އެއީ ދިވެހިންނަށް ވަރަށް ބޮޑު ކުރިއެރުމަކާއި ތިޔާގިކަމެއް ގެނެސްދިން ދަތުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކާމިޔާބީ ހަގީގަތަކަށްވީ އޭނާ ވިދާޅުވި ގޮތުގައި އެބައެއްގެ ނަން އަޑުނީވޭ އެތައް ސަތޭކަ ބަތަލުންނެއްގެ ބުރަ މަސައްކަތުންނެވެ.

"އަޅުގަނޑު މިދައްކަނީ އެއާޕޯޓް މުވައްޒަފުންގެ ވާހަކަ، ގެސްޓުންނަށް މަރުހަބާ ކިޔާ އޮޑިދޯނިފަހަރުގެ ފަޅުވެރިންގެ ވާހަކަ. އަަޅުގަނޑު މިދައްކަނީ ރިސެޕްޝަނިސްޓުންގެ ވާހަކަ، ވެއިޓަރުންގެ ވާހަކަ ރިސެޕްޝަނިސްޓުންގެ ވާހަކަ. އަޅުގަނޑު މިދައްކަނީ [ޓޫރިސްޓުންނަށް] ހިތްހަމަ ޖެހޭ ދުވަސްތަކެއް ހޭދަކުރެވޭކަން ކަށަވަރުކުރަން މަސައްކަތް ކުރި ހުރިހާ އެންމެންގެ ވާހަކަ،" އަފީފު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ރިސޯޓުތަކުގެ މީހުން މަސައްކަތްކުރާ ހުރިހާ ދާއިރާއެއް ވަކިވަކިން ފާހަގަކުރައްވައި އެހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް އަފީފު ޝުކުރު އަދާކުރެއްވި އެވެ.

"ތިޔަ ހުރިހާ އެންމެނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ 50 އަހަރުގެ ކާމިޔާބީއަކީ ތިޔަ އެންމެންގެ ވެސް ކާމިޔާބީއޭ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން މަަސައްކަތްކުރި ގޮތަށް ތައުރީފުކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އަފީފު ޝުކުރު އަދާކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މިސާލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox