ރާއްޖޭގައި ތިބި ލަންކާ މީހުންގެ އާދޭސް: "ގޮތަބަޔަ ފުރިޔަނުދީ ގައުމަށް ފޮނުވާލަދީ"

އަލިމަސް ކާނިވާ ސަރަހައްދުގައި ލަންކާ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަލިމަސް ކާނިވާ ސަރަހައްދުގައި ލަންކާ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ނުރުހުންވެ އަލިމަސް ކާނިވާ ސަރަހައްދަށް މިއަދު ހަވީރު އެއްވި އެވެ. ނަމަވެސް, މާ ގިނައިރުތަކެއް ނުވެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސްހަޅާ ހިޔާލުފާޅު ކުރަން ގެންގުޅުނު ބެނާތަކާއި، ލަންކާގެ ދިދަތައް ވެސް ގެންގޮސްފަ އެވެ.

ސުލަހަވެރިކަމާއެކު ކުރިއަށް ދިޔަ އެ މުޒާހަރާގެ ތެރެއިން ދެން ފެނުނީ ފުލުހުންގެ ޓީމަކުން އައިސް އެކަކު ހައްޔަރުކުރި ތަނެވެ. މައުލޫމާތު ލިބުނު ގޮތުގައި އޭނަ ހައްޔަރު ކުރީ މީޑިއާތަކަށް ދިން އިންޓަވިއުއެއްގެ ސަބަބުންނެވެ.

"ފުލުހުން އަހަރުމެންނަށް ދިނީ 30 މިނެޓް މުޒާހަރާއަށް. ވަގުތު ހަމަވީމަ ބުނެފި ދާން މިހާރު. އެހެންވީމަ ނިންމާލަން ޖެހެނީ. އަހަރުމެން މުޒާހަރާ މި ކުރަނީ ގައުމު ބޮޑު ތަދުމަޑުޗކަމަކަށް ވައްޓާލާފަ އަހަރުމެން ގައުމުގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ބަރުބާދުކޮށްލާފަ ފިލަން ރާއްޖެ އައީމަ. އަހަރުމެން ގައުމު އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި. ޕެޓްރޯލެއް ނެތް. ރުފިޔާއެއް ނެތް. އޭނަ ދިޔަކަ ނުދޭނަން. މިކަމާ ގުޅޭގޮތުން އިތުރު އެއްވެސް ވާހަކައެއް ނުދެއްކޭނެ. އަހަރުމެން ބޭނުން ވަނީ ރާއްޖެ ސަރުކާރުން ގޮތަބަޔަ އަނބުރާ ގައުމަށް ފޮނުވާލަދޭން،" އެ އިންޓަވިއު ދެމުން އޭނަ ބުނީ ބުނެފައިވެ އެވެ.

މުޒާހަރާގެ ބައިވެރިންގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ ގޮތަބަޔަ ލަންކާއަށް ފޮނުވާލަދިނުމަށް ޑިމާންޑް ކުރުމެވެ.

"އަހަރުމެން ބޭނުންވަނީ ގޮތަބަޔަ އަނބުރާ ގައުމަށް ފޮނުވާލަން. ގައުމަށް ގޮސް ރައީސް ކަމުން އިސްތިއުފާ ދީފަ ދެން ކޮންމެ ގޮތަކަށް އުޅުނަސް އަހަރުމެންނަށް ހެޔޮ. ގޮތަބަޔަ އަށް ރާއްޖެއަކު ނުހުރެވޭނެ. އަހަރުމެން ގައުމު މީހުން ގައުމުގަ މަރުވާން ދޫކޮށްލާފަ އެހެން ނުހުރެވޭނެ،" މުޒާހަރާގެ އެހެން ބައިވެރިޔަކު ވާހަކަ ދައްކަމުން ބުންޏެވެ.

ލަންކާގައި ވެސް މުޒާހަރާތައް ކުރިއަށް ދާއިރު، މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ގޮޓަބަޔާ ރާއްޖެ ވަޑައިގެންފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

"އަދަދު" އަށް ޔަގީންކޮށްފައިވާ ގޮތުގައި ގޮތަބަޔާ މިވަގުތު ހުންނެވީ އިތާފުށި ރިސޯޓުގަ އެވެ. އެމަނިކުފާނު އެތަނުގައި ހުންނަވަނީ ހަގީގީ މަންޒިލަށް ވަޑައިގެންނެވެންދެން ކަމަށް މައުލޫމާތު ލިބެ އެވެ.

ލަންކާގެ ނިއުސްކަޓާ ނޫހުން ރާއްޖޭގެ މަސްދަރުތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔަ ފުރާވަޑައިގަންނަވަނީ މިރޭ 11:25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލައިގެން ސިންގަޕޫރަށް ދާން ތާވަލުކޮށްފައިވާ ފްލައިޓު SQ437 ގަ އެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވަނީ ގޮތަބަޔައަށް ސިންގަޕޫރުން ހިމާޔަތް ދީފައިވާ ކަމަށެވެ. ނަމަވެސް މި މައުލޫމާތު އަދި ކަށަވަރެއް ނޫނެވެ. މިހާތަނަށް ސިންގަޕޫރުު ސަރުކާރުގެ އެއްވެސް މަސްދަރަކުން މިކަމާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ.

މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާ ކުރެއްވި ނަމަވެސް, މިހާތަނަށް ގޮތަބަޔާ އެ ވައުދު ފުއްދަވާފައެއް ނުވެ އެވެ. ނަމަވެސް މަގާމުގެ ބާރުތައް ވަނީ ބޮޑުވަޒީރާ ހަވާލު ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox