ހުލާސާކޮށް އިއްޔެ: މީރާގެ އާމްދަނީ އަންދާޒާއަށްވުރެ 74 ޕަސެންޓު އިތުރުވުން

ހުލާސާކޮށް އިއްޔެ: މީރާގެ އާމްދަނީ އަންދާޒާއަށްވުރެ 74 ޕަސެންޓު އިތުރުވުން

މިދިޔަ އޭޕްރިލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 2.32 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާ އިން ހާމަކޮށްފައިވާކަން "އަދަދު" އިން ރިޕޯޓުކުރީ އިއްޔެ އެވެ.

މިއީ ވޭތުވެދިޔަ 2021 ގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.1 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، މި އަހަރުގެ މެއި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަރަށް ވުރެ 74.1 ޕަސެންޓު އިތުރު އަދަދެއް ކަމަށް މީރާ އިން ބުނެ އެވެ.

މޭ 2021 އާ އަޅައިބަލާއިރު، މޭ 2022 ގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 94.3 ޕަސެންޓު އިތުރުވެފައިވާއިރު މިއީ ވެސް އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބެވެ. އޭގެ ސަބަބުން، ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

އޭގެ އިތުރުން، މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި ވަނީ 81.45 މިލިއަން އެމެރިކާ ޑޮލަރު ވެސް ބަލައިގެންފަ އެވެ. މިދިޔަ މަހު ބަލައިގަތީ 53.47 މިލިއަން ޑޮލަރެވެ.

ދައުލަތުގެ އާމްދަނީ ބޮޑުތަނުން މިދިޔަ މަހު އިތުރުވެފައިވާއިރު ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ފަދަ ރިގްރެސިވް ޓެކްސްގެ އިތުރުން އިންކަމް ޓެކްސް ފަދަ ޕްރޮގްރެސިވް ޓެކްސްތަކަށް ވެސް ބަދަލުގެންނަން، އެކުލަވާލެވޭ އެ ސްޓްރެޓަޖީގެ އަލީގައި ދިރާސާތައް ކުރެވޭނެ ކަމަށާއި، އަދި 11 އަހަރުވީ ޓެކްސްގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަންކަން ވެސް ކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެހެންކަމުން މި ބަދަލުތައް ގެނައުމާއެކު ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 17 އަހަރުގެ އައިމިނަތު ޒާރާ ރިޔާޒް ފުލުހުންނަށް ފެނުނީ އިއްޔެ ހަވީރު އެވެ.
  • ހައި ކޯޓުގައި ނުނިމި ދިގުލައިގެން ގޮސް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ 158 މައްސަލައެއް އޮތް ކަން އެ ކޯޓުން ބުނީ އިއްޔެ އެވެ.
  • ދައުރުވަމުންދާ ވީޑިއޯތަކެއްގައި ސިޔާސީ އިސް ބޭފުޅުންތަކެއް ކަމަށް ބެލެވޭ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކުގައި ފެންނަ ކަމަށް ބުނާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް ހައްޔަރުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގައި ކުރިއަށްގެންދާ ފްލޯޓިން ސިޓީގެ މަޝްރޫއުއާ ގުޅޭގޮތުން ޑަޗް ޑޮކްލޭންޑްސްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް މި ނޫހަށް ވިދާޅުވީ:

އިންޓެގްރޭޓެޑް މޮޑެލަކަށް ބަދަލު ކުރުމުން މަޝްރޫއުގެ މަސައްކަތް މިހާރު މިވަނީ ފެށިފައި، އިތުރު އެއްވެސް ހުރަހެއް ނެތް، ފަސް އަހަރު ތެރޭގައި ފްލޯޓިން ސިޓީ ފެންނާނެ، މޮކަޕްތައް ވެސް އޮގަސްޓު މަހު ދައްކާލެވޭނެ،

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަތުން 3-2 އިން މޮޅުވެ، ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލި މެޗުގެ ތެރެއިން. ލީގުގެ ތިން މެޗުން ވެސް ގްރީން ސްޓްރީޓްސް ވަނީ ވެލެންސިއާގެ މައްޗަށް ކުރިހޯދައިފަ --- ފޮޓޯ: އިމޭޖަސް.އެމްވީ
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަތުން 3-2 އިން މޮޅުވެ، ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލި މެޗުގެ ތެރެއިން. ލީގުގެ ތިން މެޗުން ވެސް ގްރީން ސްޓްރީޓްސް ވަނީ ވެލެންސިއާގެ މައްޗަށް ކުރިހޯދައިފަ --- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަތުން 3-2 އިން މޮޅުވެ، ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލި މެޗުގެ ތެރެއިން. ލީގުގެ ތިން މެޗުން ވެސް ގްރީން ސްޓްރީޓްސް ވަނީ ވެލެންސިއާގެ މައްޗަށް ކުރިހޯދައިފަ --- ފޮޓޯ: އިމޭޖަސް.އެމްވީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox