ހުލާސާކޮށް އިއްޔެ: ޖޭޕީ އާއި ޕީޕީއެމްގެ ކޯޅުމެއް

ހުލާސާކޮށް އިއްޔެ: ޖޭޕީ އާއި ޕީޕީއެމްގެ ކޯޅުމެއް

ޕީޕީއެމް ޕީއެންސީ އިން އެހެން ޕާޓީއެއްގެ ނުވަތަ އެހެން ޕާޓީއެއްގެ ލީޑަރެއްގެ ފަހަތަށް އަރާނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށް ބުނީ އިއްޔެ އެވެ.

އެ ޕާޓީން މިހެން ބުނީ ޕާޓީގެ ލީޑަރު, ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލަށްލުމަށް ހުކުމްކޮށްފިނަމަ, ޕީޕީއެމްގެ ތާއިދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮންނާނެ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކަށް ރައްދުދީ އެވެ.

އެ ޕާޓިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމަށް ވަރަށް ބޮޑަށް ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދޭ ކަމަށެވެ. އެކަމުގައި ގާސިމްގެ އަތެއްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ކޯޓު ތަކަށް ކަޅު ފައިސާ އަޅާ ނުފޫޒު ފޯރުވާފައިވާކަން އެނގޭ, ރައީސް ޔާމީން ޖަލަށް ލުމަށް ހައްގު ނޫން ގޮތުގައި މިހާރު ވެސް ގާސިމް އާއި އަދި ވާދަވެރި ފަރާތްތަކުން އެގެންދަނީ މަސައްކަތް ކުރަމުން، އެކަން ކާމިޔާބެއް ނުވާނެ," އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ 2023 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ އެވެ.

"ރައީސް ޔާމީން ޖަލަށް ލައިގެން ޖުމްހޫރީ ޕާޓީ އަދި އެހެން ޕާޓިއަކުން ވެސް އަދި ލީޑަރަކު ވެސް އެމީހުންގެ ފަހަތަށް ޕީޕީއެމް ޕީއެންސީ އިން އަރާފާނެ ކަމަށް ނުވަތަ އެމީހުންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް މި ކޯލިޝަން ފަހަތަށް ޖެހޭނެކަމަށް ހީކުރުމަކީ ދެކޭ ހުވަފެނެއް، އެކަމެއް މިކޯލިޝަނުން ނުކުރާނެ," އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނުނެރެވޭނެ, އަދި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތަކަށް އައި ނަމަވެސް، ޕީޕީއެމް އިން ކަންކުރާނެ ގޮތް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނާނެ,"

އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާސިމް ޕީޕީއެމްއަށް ލަނޑުދިން ގޮތް އެ ޕާޓިން ހަނދާނެއް ނުނެތޭނެ އެވެ.

އެ އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމުމުން ޖުމްހޫރީ ޕާޓީން ނުރަސްމީ ކޯލިޝަނެއް ޕީޕީއެމްއާއެކު ހަދައި, ދާއިރާތަކަށް ބަހާލައިގެން ވާދަކުރި އެވެ. އޭގެ ސަބަބުން އެމްޑީޕީއަށް ފައިދާވެ, ގިނަ ދާއިރާތަކެއް ޕީޕީއެމްއަށް ގެއްލުނުކަން އެ ޕާޓީން ގަބޫލު ކުރެ އެވެ.

"ޔާމީން ޖަލަށް ލުމުން އެންމެ އުފާވާނީ ޕީޕީއެމްގެ އިސް ބޭފުޅުން"

ރައީސް އަބްދުالله ޔާމީން ޖަލަށްލުމަށް ހުކުމްކޮށްފިނަމަ, އެކަމާ އެންމެ އުފާވާނީ ޕީޕީއެމްގެ އިސްބޭފުޅުން ކަމަށް ޖޭޕީން ވަނީ އިއްޔެ ބުނެފަ އެވެ.

"ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމެއް އައުމަކީ އެންމެ ބޮޑަށް ޕީޕީއެމްގެ އިސްވެރިން، އުފާކުރައްވާނެ ކަމެއް، ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ޓަކައި ނުވަތަ އޭގެ އުންމީދުގައި ތިބީ ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް ބޭފުޅުން [ޕީޕީއެމްގައި] އެބަތިއްބެވި،" ޖޭޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރުގެ އެޑްވައިޒާ އިލްހާމް އަހުމަދު ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވި ގޮތުގައި އެ ބޭފުޅުން އަންނަނީ ޔާމީން ޖަލަށް ލުމަށް ޓަކައި އެ ބޭފުޅުންނަށް "ކުރެވުނުހާ މަސައްކަތެއް" ކުރަމުންނެވެ. އަދި މި ކަމުގެ ތަފްސީލް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު އެ ވާހަކަ ދެއްކެވި ބޭފުޅުންނަކީ ރައީސް ޔާމީނަށް ޖަލުގެ ހުކުމެއް ހޯއްދެއްވުމަށް ރެއާއި ދުވާލު މަސައްކަތް ކުރާ މީހުން، އަޅުގަނޑުމެންނަކަށް ނުލިބޭ ރިޔާސީ ކެންޑިޑޭޓު ކަމެއް ރައީސް ޔާމީން ޖަލަށް ލުމަކުން، ރައީސް ޔާމީން ޖަލަށް ލުމަކުން އަޅުގަނޑުމެންގެ ޕާޓީއަކަށް ވެރިކަމެއް ނުލިބޭ،" އިލްހާމް ވިދާޅުވި އެވެ.

"އެ މީހުންގެ ތެރެއިން ސަރުކާރުގައި ތިބި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވިޔަސް ބައްދަލުކުރައްވަނީ ވެސް، ޖަލަށް ގެންދަވަނީ ކޮން އިރަކުތޯ [ބައްލަވަނީ ވެސް]،"

އަދި، ޔާމީނަށް ނިކަމެތިކޮށް، ދެރަ ގޮތެއް ވުމަށް ޖޭޕީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނޭދޭ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ޖޭޕީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން ކައުންސިލުން އިތުރު ގޮތަކަށް ނުނިންމާހާ ހިނދަކު އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނިކުންނާނެ ކަމަށާއި އެހެންނަމަވެސް އެއީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު އެއް މަސް ދުވަސް ކްރިމިނަލް ކޯޓުން ޖެހީ އިއްޔެ އެވެ.
  • ދުއްވާ އުޅަނދަކީ ތިމާ ދާން ބޭނުންވާ މަންޒިލަށް ދެވޭނެފަދަ ހަލަތެއްގައި ހުރި އުޅަނދެއްތޯ ޔަގީން ކުރުމަށް ފުލުހުން އިލްތިމާސްކުރީ އިއްޔެ އެވެ.
  • ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ބަޔަކާ ހަވާލުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސަބަބު ހާމަކުރައްވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ:

ދެ އިންތިހާބަށްފަހު ޕާޓީގެ ގުނަވަންތަކުން ހިޔާލުތަފާތުވުން ނައްތާލާ، އެންމެން އެކީގައި ކުރިއަށް ގެންދިއުމުގެ ވިސްނުން އިސްކޮށްފައި އޮތީ

ދުވަހުގެ ފޮޓޯ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 3-1 ސެޓުން، އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ސްޕޯޓްސް ކްލަބް ސިޓީން ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކުރުން. ސިޓީން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ވެމްކޯ ފައިނަލުގައި ބަލިކޮށްފައި. ލީގާއި ގައުމީ މުބާރާތުގައި ސިޓީ ފަހަތުން ދެ ވަނައިގައި ނިންމީ ސިފައިން. --- އިމޭޖަސް.އެމްވީ
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 3-1 ސެޓުން، އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ސްޕޯޓްސް ކްލަބް ސިޓީން ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކުރުން. ސިޓީން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ވެމްކޯ ފައިނަލުގައި ބަލިކޮށްފައި. ލީގާއި ގައުމީ މުބާރާތުގައި ސިޓީ ފަހަތުން ދެ ވަނައިގައި ނިންމީ ސިފައިން. --- އިމޭޖަސް.އެމްވީ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 3-1 ސެޓުން، އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ސްޕޯޓްސް ކްލަބް ސިޓީން ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކުރުން. ސިޓީން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ވެމްކޯ ފައިނަލުގައި ބަލިކޮށްފައި. ލީގާއި ގައުމީ މުބާރާތުގައި ސިޓީ ފަހަތުން ދެ ވަނައިގައި ނިންމީ ސިފައިން. --- އިމޭޖަސް.އެމްވީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox