ނ. ހެނބަދޫއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ކުންނާރުމާގޭ އުމުރުން 28 އަހަރުގެ އިބްރާހިމް ރާމިޒު ކަމަށެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އާއިލާއާ ހަވާލާދީ ފުލުުހުން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.












