ޗުއްޓީއަށް ބަދަލު ގެނައީ 17،000 މީހުންގެ ހިޔާލު ހިމެނޭ ސާވޭ އަކަށްފަހު: މިނިސްޓްރީ

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް: ދިރާސީއާ އަހަރުގެ ކިޔެވުން އޮގަސްޓް މަހުގައި ފަށާ ގޮތަށް ރަސްމީކޮށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރު-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް: ދިރާސީއާ އަހަރުގެ ކިޔެވުން އޮގަސްޓް މަހުގައި ފަށާ ގޮތަށް ރަސްމީކޮށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރު-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބޮޑު ޗުއްޓީ އަހަރުގެ މެދަށް، ޖޫން/ޖުލައި އަށް ބަދަލުކުރީ ތައުލީމީ ދާއިރާ އާއި އެ ދާއިރާގެ ވަރަށް ގިނަ ބައެއްގެ ހިޔާލު ހޯދުމަށްފަހު ހެދި ސާވޭ އަކަށް ފަހު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުމަށް ގެނައި ބަދަލު ދާއިމީކޮށް، ދިރާސީއާ އަހަރުގެ ކިޔެވުން އޮގަސްޓް މަހުގައި ފަށާ ގޮތަށް ރަސްމީކޮށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

އެ ނިންމުމާ ދެކޮޅަށް ބައެއް މީހުން ވާހަކަ ދައްކަމުންދާއިރު، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "އަދަދު"އަށް ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ ވަރަށް ބޮޑު ސާވޭއެއް ކުރުމަށްފަހު ކަމަށެވެ.

"ޗުއްޓީ ބަދަލު ކުރީ ވަރަށް ފުޅާ ދާއިރާއެއްގަ މަޝްވަރާ ކުރުމަށްފަހު. ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މި ދާއިރާއާ ގުޅުންހުރި މީހުންނާ މަޝްވަރާ ކުރުމަށްފަހު. ގާތްގަނޑަކަށް 17،000 އެއްހާ މީހުންގެ ހިޔާލު ހޯދާ، ސާވޭއެއް ކޮށްފައި މި ނިންމުން ނިންމީ،" ޗުއްޓީއަށް ބަދަލު ގެނައި ސަބަބު ހާމަކުރައްވަމުން އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސާވޭގެ ތެރެއިން ގިނަ ފަރާތްތަކުން މިގޮތަށް މި ބަދަލު ގެނައުމަށް ތާއިދު ކުރި ކަމަށެވެ. އަދި މިކަމާ ގުޅިގެން ތައްޔާރުކުރެވުނު ކަރުދާހާ ގުޅިގެން ތަޖުރިބާކާރުންނާ ވާހަކަ ދައްކާ މަޝްވަރާ ކުރެވުނު ކަމަށް އިހްސާން ވިދާޅުވި އެވެ.

މިހާރު ބަދަލުކޮށްފައިވާ ޗުއްޓީ ދުވަސްވަރަކީ ޖޫން/ޖުލައިގެ ގަދަ ވިއްސާރައާ ދިމާވާ ދުވަސްވަރު ކަމަށް ބެލެނިވެރިން ބުނި ނަމަވެސް މިނިސްޓްރީ މި ނިންމުން ނިންމީ މެޓްއޮފީހާވެސް މަޝްވަރާކޮށް ދިރާސާ ކުރުމަށްފަހު ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމުގެ ކުރިން މެޓް އޮފީހާ އެކު ފާއިތުވި 10 އަހަރުގެ މޫސުން ދިރާސާކުރި. ވަރަށް މަދު އަހަރެއްގަ ޖޫން/ ޖުލައިގަ ވިއްސާރައާ ދިމާވަނީ. އެހެންކަމުން މާޒީއަށް ބަލާ ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ އަހަރުވެސް ޖޫން/ޖުލައިގައި ލިބުނު ޗުއްޓީ ދިމާވީ ވިއްސާރަ މޫސުމާ އެވެ. އަދި މިދިޔަ މަހުގެ 30 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ފާއިތުވި ހަފްތާއެއްހާ ދުވަސް އެއްކޮށް ދިޔައީ ވިއްސާރަކޮށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވިއްސާރަ އަލިވާން ނެތް ކަމަށް މެޓުން ބުނެ އެވެ. އެކަމުގެ ކަންބޮޑުވުންތައް ޓީޗަރުންނާއި ބެލެނިވެރިން ވެސް ފާޅުކޮށްފައިވެ އެވެ.

ނަމަވެސް ޗުއްޓީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

"ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު މިހާރު މި އޮތްގޮތަށް ޗުއްޓީ ބަދަލުކުރީ. އަލުން ކުރީގެ ގޮތަށް ޗުއްޓީ ބަދަލު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް. ނުކުރާނެ ބަދަލެއް. މިހާރު މި އޮތް ގޮތަށް އޮންނާނީ ދެން ހަމަ ކޮންމެ އަހަރަކުވެސް،" އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox