މަސްދަރު ހާމަކުރަން މަޖުބޫރުވާ ބިލު ތަސްދީގު ނުކުރަން އެދި ރައީސަށް ނޫސްވެރިންގެ ޕެޓިޝަނެއް

މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް އޮތް ބިލު ތަސްދީގު ނުކުރަން އެދި ހުށަހަޅާ ޕެޓިޝަނާއެކު ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅުނު ނޫސްވެރިން - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް އޮތް ބިލު ތަސްދީގު ނުކުރަން އެދި ހުށަހަޅާ ޕެޓިޝަނާއެކު ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅުނު ނޫސްވެރިން - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލުގެ މާއްދާ އިސްލާހުނުކޮށް އެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވަން ގޮވާލައި ނޫސްވެރިންގެ ފަރާތުން ރައީސް އޮފީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް އެ ޕެޓިޝަން ވަނީ ހުށަހަޅައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެ ޕެޓިޝަން ހުށަހަޅާނެ ކަމަށް ނޫސްވެރިންގެ ޖަމިއްޔާއިން ބުނެ އެވެ.

ނޫސްވެރިންގެ ފަރާތުން އެ ދެ އިދާރާއަށް ވެސް މި ޕެޓިޝަން ހަވާލުކޮށްދިނީ ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަލީ ރިފްޝާން އެވެ. އެ ޕެޓިޝަންގައި ޖުމުލަ 158 މީހަކު ވަނީ ސޮއިކޮށްފަ އެވެ.

"މި ހަވާލު ކުރެވުނީ 158 ނޫސްވެރިން ސޮއިކޮށްފަ އޮތް ޕެޓިޝަނެއް, އޮންލައިން ނޫސްތަކުންނާއި ބްރޯޑްކާސްޓީން މީޑިއާތަކުން ވެސް ނޫސްވެރިން ސޮއިކޮށްފައިވޭ މީގައި،" ރައީސް އޮފީހަށް ޕެޓިޝަން ދިނުމަށް ފަހު އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވި އެވެ.

އެމްޖޭއޭއިން ބުނީ ބިލުގެ އެ މާއްދާއާ ދެކޮޅަށް ނޫސްވެރިންގެ އުފުލާ އަޑު އިއްވައިދިނުމަށް ކުރަމުންދާ އެ މަސައްކަތް އެ ޖަމިއްޔާގެ ފަރާތުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. ބިލު ތަސްދީގު ކުރިއަސް އެ މަސައްކަތް އިތުރަށް ފުޅާ ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު އެ ބިލު ފާސްކުރީ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފައިވާ މާއްދާއަށް ނޫސްވެރިންގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާފައިވަނިކޮށް އެ އިސްލާހުތަކަށް ރިއާޔަތްނުކޮށެވެ. އަދި މަޖިލިސް ކައިރީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން އިހުތިޖާޖު ވެސް ކޮށްފައި ވަނިކޮށެވެ.

މި ބިލު ތަސްދީގު ނުކުރަން އެމްޖޭއޭގެ އިތުރަށް އެޑިޓާސް ގިލްޑާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ އެދިފަ އެވެ. އަދި އެ ގޮތަށް އޮތް މާއްދާ އިސްލާހުނުކޮށް ބިލު ތަސްދީގުކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެމްއެމްސީން ބުނެފައިވެ އެވެ.

ނޫސްވެރިންގެ ޖަމްއިއްޔާތަކުން ގަބޫލުކުރާ ގޮތުގައި ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާ މިހާރު އޮތީ ފުޅާކޮށް މާނަކޮށް، އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށެވެ. އަދި އެފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިން އެނގިގެން ގޮސްފައިވާ ކަމަށް ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި ގޮތުގައި، އެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުއްޓަސް، ބިލުގެ މުހިންމުކަން ބޮޑުވުމުން، އެ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ވިސްނުމެއް ނެތެވެ.

ބިލަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް:

ބިލަށް ގެނައުމަށް ފެންނަ އިސްލާހުތައް ބަޔާންކޮށް އެމްޖޭއޭއިން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތުން ބިލުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" ބިލުން އުނިކުރުން ހިމެނެ އެވެ. މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015) ގެ ހަތް ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލްގައި ހަނިކުރުމަށް ވެސް ގޮވާލާގައިވެ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ، އެގޮތަށް ވެސް ބިލް އިސްލާހުކުރަން އެ ޖަމްއިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.

ހަމައެއާއެކު ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް ގޮވާލުމާއެކު "ނޫސްވެރިޔާ" މާނަކުރާ ގޮތާއި މަސްދަރު މާނަ ކުރާ ގޮތް ބަދަލު ކުރުމަށް ވެސް ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ. އެގޮތުން މަސްދަރުގެ މާނަ ފުޅާކޮށް، މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫންވެސް މުއާމަލާތްތަކާއި އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން އެ ޖަމްއިއްޔާތަކުން ގޮވާލާފައިވެ އެވެ.

އެ ޖަމްއިއްޔާތަކުން ބުނީ އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން އެ ޖަމްއިއްޔާތަކުން ހުށަހަޅާފައި ވަނީ މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ" ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލްގައި ލާޒިމްކުރުމަށެވެ. އަދި ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރު އުވާލަން ވެސް ގޮވާލާފައި ވެއެވެ.

އަދި ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ މާއްދާގައި "ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން" މިއިބާރާތުގައި މިވާ ހާލަތަކީ ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުމަށް ވުރެ ބޮޑަށް، ބެލެވޭ ގޮތެއްގެ މައްޗަށް ނުވަތަ ކުރެވޭ ހީއެއްގެ މައްޗަށް ގޮތް ނިންމަން ޖެހޭ ހާލަތެއްކަމުން އެ މާއްދާ އުވާލަން ވެސް ހުށަހަޅާފައި ވެއެވެ. އަދި އެ ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ހަ ވަނަ ނަންބަރުގައި ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލާ ގޮތަށް އޮތް އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ޖަމްއިއްޔާތަކުން ބުނެ އެވެ.

އެ ޖަމްއިއްޔާތަކުން އެދުނީ އެ އިބާރާތުގެ ބަދަލުގައި، "ކުށެއް ކުރި ގޮތް ނުވަތަ ކުށްކުރި މީހަކު ހޯދުމަށްޓަކައި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވާ، ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެ ކަން ސާބިތުވުމާއެކު، ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ކަމަށް ވުން" އެގޮތަށް ބަދަލުކުރުމަށެވެ.

އޭގެ އިތުރަށް ވެސް މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް ބަޔާންކޮށްފައި އޮތުން މުހިންމު ކަމަށް ވެސް އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox