ހުލާސާކޮށް އިއްޔެ: "ގާނޫނު އެއްފަރާތްކޮށް" ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ކުރި ހުކުމެއް ބާތިލުކުރުން

ހުލާސާކޮށް އިއްޔެ: "ގާނޫނު އެއްފަރާތްކޮށް" ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ކުރި ހުކުމެއް ބާތިލުކުރުން

އެހެން މީހެއްގެ ނަމުގައި އޮތް އުޅަނދުތަކެއް އެއީ ވިޔަފާވެރިވެރިޔާ މުހައްމަދު ޝަވީދުގެ ތަކެތި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ނިންމީ "ކަނޑައެޅިންގެ ގާނޫނު އެއްފަރާތް ކުރުމަށްފަހުގައި" ކަމަށް އެ ކޯޓުން ކަނޑައަޅައި ކުރީގެ ހުކުމް ބާތިލުކުރީ އިއްޔެ އެވެ.

އެއީ ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ކަމަށް ބުނާ ދެ އުޅަނދާއި އޭނާގެ އާއިލާގެ ހިއްސާ އޮންނަ ދެ ރިސޯޓެއްގައި އޮތް ދެ އުޅަނދު ބާއްވާފައި ވަނީ ކުއްޔަށް ކަމަށް ބުނެ އެއަށްވާ ފައިސާ ހޯދަން ވެގެން މީހަކު ހުށަހަޅާފައިވާ މައްސަލައެއްގައި ޝަވީދުއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމް ކުރި މައްސަލަ އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިން ހުކުމް ކުރިއިރު ބެންޗުގައި ތިބީ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.

މި މައްސަލައަކީ ވިޔަފާރިވެރިޔާ މޫސާ ފަހީމް މަރުވުމުން އޭނާ އާއި އަބްދުﷲ އަލީގެ ނަމުގައިވާ މުދާތައް ވާރިސުންގެ މިލްކެއްގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައެޅިއިރު އެ މުދާތަކުގެ ލިސްޓުގައި މުހައްމަދު އަނީސް ނަމަކަށް ކިޔާ މީހެއްގެ މުދަލެއް ހިމެނިގެން އުފެދިފައިވާ މައްސަލައެކެވެ. ޝަވީދަކީ މޫސާ ފަހީމްގެ ވާރިސުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އއ. ވިލަމެންދޫ އާއި ކ. އެރިޔަދޫ ރިސޯޓްގައި އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ އުޅަނދެއް އޮވެ އެވެ. އެއީ "ފެންޓަސީ" ނަމުގައިވާ ދޯންކާއި "އޭއޭއޭ 10" ނަމަކަށް ކިޔާ ލޯންޗެކެވެ. އެކަމަކު މޫސާ ފަހީމް އާއި އަބްދުﷲ އަލީގެ ވާރިސުންނަށް އެ މީހުންގެ މުދާ މިލްކުވާ ކަމަށް ސިވިލް ކޯޓުންް ކުރި ހުކުމުގައި އެ ދެ މީހުންގެ މުދަލުގެ ލިސްޓުގައި ލޯންޗުގެ ނަން ވެސް އޮތެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި އޮތް ގޮތުން ޑިސެމްބަރު 14، 1991 އިން ފެށިގެން އެ އުޅަނދު އޮތީ އަނީސްގެ ނަމުގައި ކަން އޭޕްރީލް 28، 2003 ގައި ޓްރާންސްޕޯޓް މިިނިސްޓްރީން ދޫކޮށްފައިވާ ލިޔުމުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ލޯންޗާއި ދޯނި ރިސޯޓަށް ކުއްޔަށް ދީފައިވާ ކަން އެނގެން އޮންނާތީ ކުލީގެ ގޮތުގައި ޖުމުލަ 506،666.66 ރ. ދައްކަން ވެސް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން ވެސް ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމީ ވިޔަފާރިވެރިޔާ ޝަވީދުއާ އެއް ކޮޅަށެވެ. މި ގޮތުން ސިވިލް ކޯޓުން ކުރި ހުކުމެއްގައި މޫސަ ފަހްމީއާއި އަބްދުﷲ އަލީގެ މުދަލުގެ ތެރޭގައި ލޯންޗުގެ ނަން އޮވެފައި، އެ ނުކުތާއާ މެދު އަނީސްގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށްފައި ނުވާތީ އެއީ އަނީސްގެ މުދަލެއް ކަން ބެލެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމުގައިވެ އެވެ.

އެ މައްސަލަ އަނީސްގެ ފަރާތުން އަަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނޭ ބެންޗަކުން މައްސަލަ ބެއްލެވުމަށް ފަހު ނިންމެވީ ސުޕްރީމް ކޯޓުން ކުރިން އެ މައްސަލަ ނިންމީ ކަނޑައެޅިގެން ގާނޫނުތައް އެއް ފަރާތްކޮށް ބޮޑުވެގެންވާ ބޭއިންސާފެއް ހިމެނޭ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ އެ ތިން ފަނޑިޔާރުންގެ އިއްތިފާގުުން މިދިޔަ އާދީއްތަ ދުވަހު ނެރުނު ހުކުމުގައި ވެސް ވަނީ ސިވިލް ކޯޓުން ފާހަގަކުރި ގޮތަށް އެ އުޅަނދުގެ ރަޖިސްޓްރީގައި އަނީސްގެ ނަން އޮތުމުން އެއީ އޭނާގެ މުދަލެއް ކަން ސާބިތު ކުރަން ކާފީ ހެއްކެއް ކަމުގަ އެވެ. އަދި އެ އުޅަނދު ޝަވީދުގެ އާއިލާގެ ހިއްސާ އޮންނަ ރިސޯޓެއްގައި އޮތީ ކުއްޔަށް ކަން ކޯޓަށް ހެކިބަސް ދިން މީހުންގެ ހެކިބަހުން ވެސް އެނގޭ ކަމަށެވެ.

އެހެންކަމުން އަނީސްއަށް ސިވިލް ކޯޓުން ދިނުމަށް ހުކުމް ކޮށްފައިވާ ފައިސާ ދެއްކުމަށާއި ދެ އުޅަނދު ވެސް އޭނާއަށް ހަވާލު ކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ޝަވީދަކީ ކުރިން އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެފްއޭއެމްގެ އިސް މަގާމުތަކެއް ވެސް މީގެ ކުރިން އަދާކޮށްފަ އެވެ.

އޭގެ އިތުރުން ވެސް ޝަވީދަކީ ރާއްޖޭގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެގޮތުން ވީބީ ބްރަދާޒް ކުންފުނި، ޓީއެސްއެމްއައިސީ ރިސޯޓު ކުންފުނި އަދި ކޯސްޓްލައިން ފަދަ ބޮޑެތި ކުންފުނިތަކާއި ޝަވީދުއާ އޭނާގެ އާއިލާއާ ގުޅުން އޮވެ އެވެ. ޝަވީދުގެ އިތުރުން ކޯޓު އަމުރުގައި ދެން ހިމެނޭ ހަސަން ޝިޔާމް އަކީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރެއްވި ބޭފުޅެކެވެ.

ބައެއް މުހިންމު ހަބަރުތައް

  • މި އަހަރުގެ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އެ ވަގުތުތަކުގައި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމީ އިއްޔެ އެވެ.
  • މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ އިއްޔެ އެވެ.
  • ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެކުއްޖާގެ ކާފައާއި މުނިކާފަ އުމުރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތް މާއްދާއާ ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ:

އެމްޖެއޭއާއި މީޑިއާ ކައުުންސިލުން، މަޖިލީހުގެ ކޮމިޓީއަށް ދިން އެކްސްޕާޓް އޮޕީނިއަންތަކަށް އެއްވެސް ވަރަކަށް އަޅާލުމެއް ނެތި، ބިލަށް އެ ބަދަލުތައް ނުގެނެސް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް، ރައީސް ވެސް ބިލު ތަސްދީގު ކުރުމުގެ ކުރިއަށް މި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭން ޖެހޭ،

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 1-0 އިން ކާމިޔާބުކޮށް މާޒިޔާ އިން ވަނީ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގާފައި. އެއީ 16 މެޗުން 45 ޕޮއިންޓް ހޯދައިގެން. --- ފޮޓޯ: އިމޭޖަސް.އެމްވީ
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 1-0 އިން ކާމިޔާބުކޮށް މާޒިޔާ އިން ވަނީ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގާފައި. އެއީ 16 މެޗުން 45 ޕޮއިންޓް ހޯދައިގެން. --- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 1-0 އިން ކާމިޔާބުކޮށް މާޒިޔާ އިން ވަނީ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގާފައި. އެއީ 16 މެޗުން 45 ޕޮއިންޓް ހޯދައިގެން. --- ފޮޓޯ: އިމޭޖަސް.އެމްވީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox