ހުލާސާކޮށް އިއްޔެ: ނަދީމުގެ މަރުގެ މައްސަލައިގައި ހުކުމް ކުރުން އަނެއްކާ ވެސް ފަސްވުން

ހުލާސާކޮށް އިއްޔެ: ނަދީމުގެ މަރުގެ މައްސަލައިގައި ހުކުމް ކުރުން އަނެއްކާ ވެސް ފަސްވުން

ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރައި މަރާލިތާ ހަތަރު އަހަރު ފަހުން މައްސަލާގައި ހުކުމް ކުރަން އިއްޔެ ތާވަލުކުރި އަޑުއެހުން ކެންސަލްވެ ހުކުމް ކުރުން ވަނީ ފަސްވެފަ އެވެ.

އެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވިއިރު، ހުކުމް ކުރުން މާޗު މަހުގެ 31 ވަނަ ދުވަހަށް ތާވަލު ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ ދުވަހު ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެ ހަތަރު މަސް ފަހުން މިއަދު މެންދުރުފަހަށް ތާވަލުކުރި އަޑުއެހުން ވެސް ކެންސަލްވެފައިވާ ކަން ކްރިމިނަލް ކޯޓުން އެންގި އެެވެ.

"މިއަދު މައްސަލަ ބައްލަވާ ގާޒީ [ހުސައިން ފާއިޒް ރަޝާދު] ސަލާމުގައި ހުންނެވުމުން އެ ސެކްޝަންގެ ހުރިހާ އަޑުއެހުމެއް ވަނީ ކެންސަލް ކުރެވިފައި، މިއަދު މެންދުރުފަހު 3:00 ޖަހާއިރު ތާވަލުކޮށްފައިވާ [ނަދީމްގެ މަރު މައްސަލައިގެ] އަޑުއެހުން ވެސް ކެންސަލް،" ކްރިިމިނަލް ކޯޓުގެ އޮފިޝަލް މި ނޫހަށް އިއްޔެ ވިދާޅުވި އެވެ.

ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން 29 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

މައްސަލާގައި ދައުލަތުން ދެއްކި ވާހަކަތައް

ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ.

އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވަދެ ނަދީމަށް ހަމަލާދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.

މެޑިކަލް ލީގަލް ރިޕޯޓްތަކަށާއި، މަރުގެ ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަހަށް ހަވާލާދީ ދައުލަތުން ބުނީ، ނަދީމް މަރުވީ އޭނާގެ ސިކުނޑީގެ ފަހަތުބައި، ބޮލުގެ ނާށިގަނޑުން ބޭރަށް ނުކުމެ، ފުން ޒަހަމްތަކަކާއެކު ސިކުނޑިއަށް ލޭ އެޅިފައި ވާތީ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ އަދި އޭނާއާއެކު ނުކުމެގެން ގޮސްފައިވަނީ އަލީ ނިފާޒް އެވެ. އޭނާ އެހެން މީހަކަށް ހަމަލާދޭން ދިޔަ ކަމަށް ޝަރީއަތުގެ ކުރީގެ އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވެ އެވެ. އެވާހަކައަކީ މީގެ ކުރިން ޝަރީއަތުގެ އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކައެއް ނޫނެވެ.

މީގެ އިތުރުން ނަދީމަށް ހަމަލާ ދިނުމަށްފަހު ތިން ސައިކަލުގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުން ފާހަގަކުރި އެވެ. ޓާމިނަލް ކެފޭއަށް ވަން މަފާޒާއި ނިފާޒް ފިލި ކަމަށް ދައުލަތުން ބުނަނީ އެ ދެމީހުން ބަލައި އައި ދެ ސައިކަލެއްގެ ފަހަތުގަ އެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލް އިނީ ސައިކަލުގައި އެކަނި ކަމަށް ބުނެ އެވެ. އެފަދައިން ޝަރީއަތުގެ މަރުހަލާގެ ހުރިހާ އަޑުއެހުމެއްގައި ބުނި ނަމަވެސް ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ ކަރަމްގެ ފަހަތުގައި 18 އަހަރު ނުވާ ކުއްޖާ އިން ކަމަށް ބުނެފަ އެވެ.

މަފާޒް ނުވަތަ ނިފާޒް ގޮވައިގެން ދިޔަ ހުސައިން ޝާމިނަށް ދައުވާ އުފުލިއިރު ދެން ހުރީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ. އެ މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދާތީ، ކުށުގައި ތުހުމަތުވާ މީހުން ދޫކުރުމަށް ދައުލަތުން އުޒުރުވެވީ، އެމީހުންގެ ފަރާތުން އަދިވެސް މުޖްތަމައުއަށް ނުރައްކާ އޮތް ކަމަށް ބުނެ އެވެ.

އެހެންވެ ހުލާސާ ބަޔާނަށްފަހު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމުގައި ގާޒީ ކަނޑައެޅުއްވީ އެމީހުން ދޫނުކުރުމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • އައްޑޫ ސިޓީގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އަމިއްލައަށް މަރުވި މައްސަލާގައި ބަޔަކު އިހުމާލުވެފައިވޭތޯ ފުލުހުން ބަލަން ފެށީ އިއްޔެ އެވެ.
  • ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެޕާޓީގެ އެެއް ބާނީ މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އަވަހާރަވީ އިއްޔެ އެވެ.
  • ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު އެ ރޭ ލައިގެން އުޅުނު ޓީޝާޓާއި ސޯޓުގައި ހޭކިފައި ހުރި ލެއިން އެ މައްސަލާގައި ދައުވާ ކޮށްފައިވާ މީހުންގެ ޑީއެންއޭ ނުފެންނަ ކަމަށް ޑީއެންއޭ ރިޕޯޓް ތައްޔާރު ކުރީ މީހާ ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދިވެހި ރުފިޔާ ނިޝާނުގެ ގޮތުގައި ތާނައިގެ "ރ" އެއްގައި ހިމެނޭ ނިޝާނެއް (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ)އިން މިއަދު ތައާރަފު ކުރުމުން މިނިސްޓަރު ޝައުނާ ވިދާޅުވީ:

މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިންމު. އެކަން ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވެސް މި ނިޝާން ބޭނުން ކުރެވޭނެ ގޮތްވުން ވެސް ވަރަށް މުހިންމު،

ދުވަހުގެ ފޮޓޯ

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި ރޭ 2-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް ވެލެންސިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުން. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެލެންސިއާގެ އަގްސަަން ހޯދީ ހަ ގޯލު ޖަހައިގެން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި ރޭ 2-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް ވެލެންސިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުން. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެލެންސިއާގެ އަގްސަަން ހޯދީ ހަ ގޯލު ޖަހައިގެން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި ރޭ 2-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް ވެލެންސިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުން. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެލެންސިއާގެ އަގްސަަން ހޯދީ ހަ ގޯލު ޖަހައިގެން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox