އެފްއޭއެމުން ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލައިފި

Jun 30, 2022, 8:28 PM
އެފްއޭއެމުން ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލައިފި

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން ތިން އަހަރު ފަހުން އެފްއޭއެމުން މިރޭ އުވާލައިފި އެވެ.

ނިއުގެ ސަސްޕެންޝަން އުވާލިކަން އިއުލާނުކުރީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެފްއޭއެމުން މި މަހު ހަ ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމީ ނިއު އިން ދަރަނީގެ ކަންކަން ނިންމިހާ އަވަހަކަށް އެ ކްލަބްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ އެކްސްކޯ (ހިންގާ ކޮމިޓީ) އަށް ދިނުމަށެވެ.

އެފްއޭއެމް ހިންގާ ކޮމިޓީން އެންމެ ފުރަތަމަ ނިއުގެ ސަސްޕެންޝަން އުވާލުން އެޖެންޑާ ކުރީ އަންގާރަ ދުވަހުގެ ބައްދަލުވުމަށެވެ. އެކަމަކު، އެ ދުވަހު އެކަން ނުކުރީ ދިވެހި ކުޅުންތެރިންނަށް ނިއު އިން ދޭން ޖެހޭ މުސާރައިގެ ކަންކަމުގެ މައުލޫމާތުތަކެއް އެކްސްކޯ އަށް ލިބިފައިވާތީ، އެ ކަންކަން ރިވިއު ކުރުމަށް ވަގުތެއް ނެގުމަށެެވެ.

ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ނިއުގެ ސަސްޕެންޝަ އުވާލަން މިރޭގެ އެކްސްކޯ ބައްދަލުވުމުގައި ނިންމީ އެވެ. އެފްއޭއެމުން ނިއުގެ ސަސްޕެންޝަން އުވާލާފައި މި ވަނީ 1251 ދުވަސް (ތިން އަހަރާއި ފަސް މަހާއި ހަތަރު ދުވަސް) ފަހުންނެވެ. ދެ ފަހަރެއްގެ މަތިން މީގެ ކުރިން އެފްއޭއެމް ކޮންގްރެސް މެދުވެރިކޮށް ނިއު އާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން ދެމެހެއްޓި އެވެ. ވިކްޓަރީގެ ސަސްޕެންޝަން އުވާލީ ދަރަނި ދެއްކުމުން އެފްއޭއެމްގެ ކޮންގްރެސްގަ އެވެ.

އެފްއޭއެމުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއު ސަސްޕެންޑް ކުރީ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުންްނެވެ. އޭގެ ފަހުން ބިދޭސީ ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން ނިއު ސަސްޕެންޑްކުރީ ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށެވެ.

މިދިޔަ މެއި މަހު ނިއު އިން އިންތިހާބެއް ބާއްވައި، ސަސްޕެންޝަނުން ސަލާމަތްވުމުގެ މަސައްކަތުގެ ތެރެއިން، ނިއު އިން ވަނީ ބިދޭސީ ކުޅުންތެރިންނަށް ދައްކަން ފީފާ އިން އަންގާފައިވާ ފައިސާ އެފްއޭއެމާ ހަވާލުކޮށް، އެ ކުޅުންތެރިންނަށް ފައިސާ ދީފަ އެވެ. ފީފާ އިން މިދިޔަ ހަފްތާގައި ނިއު އަށް ދީފައިވާ ސަސްޕެންޝަން އުވާލައި އެ ކްލަބަށް ވެސް އެކަން އަންގައިފަ އެވެ. ނިއު އިން ވަނީ ބިދޭސީ ތިން ކުޅުންތެރިންނާއި ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އަށް ދޭން ޖެހޭ ފައިސާ ފީފާއާ ހަވާލުކޮށްފަ އެވެ. ނިއު އިން ބިދޭސީ ކުޅުންތެރިންނަށް ދެއްކީ 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ)، އެވެ.

ފީފާ އިން ނިއުގެ ސަސްޕެންޝަން އުވާލުމުން ދެން، ނިއު އަށް އެނބުރި އަންނަން އޮތް ހުރަހަކަށްވީ ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައާ މެދު ގޮތެއް ނިންމުމެވެ. ޖުމްލަ 10 ވަރަކަށް ކުޅުންތެރިންނަށް ދޭން ޖެހޭ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ނިއު އިން ހައްލު ކުރީ އެ ކުޅުންތެރިންނަށް މި އަހަރުގެ ޑިސެމްބަރުން ފެށިގެން ކޮންޓްރެކްޓެއްގެ ދަށުން މުސާރަ ދޭ ގޮތަށް އެއްބަސްވެގެންނެވެ. އެންމެ ފަހުން، މުސާރައިގެ ކޮންޓްރެކްޓެއްގައި ސޮއިކުރީ ރިލްވާން ވަހީދު (ރިލޭ) އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ނިއު އިން ދިވެހި ކުޅުންތެރިންނަށް ދޭން ހުރި މުސާރަތައް ދޭން ވަަނީ އެއްބަސްވުންތަކެއް ހަދައިފަ އެވެ. އެ ގޮތުން ބައެއް ކުޅުންތެރިން ވަނީ ނިއު އިން ދޭން ޖެހޭ ފައިސާގެ ބައެއް ކްލަބްގެ ހާލަތަށް ބެލުމަށް ފަހު އުނި ވެސް ކޮށްދީފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނެ އެވެ.

ނިއު އިން ވަނީ އަންނަ މަހު ކުޅޭ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅައިފަ އެވެ. އަދި ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ)ގެ ކޯޗުކަމުގައި ޕްރެކްޓިސް ކުރަމުން އަންނަތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ނިއު އިން ވަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފަ އެވެ. ނިއު އިން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ގެންނަން ނިންމާފައިވަނީ ގާނާ ދެ ކުޅުންތެރިންނާއި މިސްރާއި އުޒްބެކިސްތާން ކުޅުންތެރިއެކެވެ.

ސަސްޕެންޝަން އުވާލުމުން ނިއު އިން މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާނެކަން ޔަގީންވީ އެވެ. ނިއު އާއި ވިކްޓަރީ ސަސްޕެންޝަނުން އެނބުރި އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެހީތެރިކަން ލިބުނު ކަމަށް ނިއުގެ އިންތިހާބީ ޗެއާމަން އަހުމަދު ވާސިފް ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox