ސިފައިންނާއި ފުލުހުންގެ ފްލެޓް: އައިލެންޑް އެކްސްޕާޓުން ބަދަލު ހޯދުން އަވަސްކުރަން ލަފާދީފި

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތައް، މި ތަންތަނުގެ މަސައްކަތާ ދެވަނައަށް ހަވާލުވި އައިލެންޑް އެކްސްޕާޓް ކުންފުނިން ފައިސާގެ ބަދަލު ހޯދަން މަޖިލީހުން ލަފާދޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތައް، މި ތަންތަނުގެ މަސައްކަތާ ދެވަނައަށް ހަވާލުވި އައިލެންޑް އެކްސްޕާޓް ކުންފުނިން ފައިސާގެ ބަދަލު ހޯދަން މަޖިލީހުން ލަފާދޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ހުޅުމާލޭގައި އަޅަން ފެށި ފްލެޓްތަކުގެ މަސައްކަތް ނުނިންމައި ދޫކޮށްލި، އައިލެންޑް އެކްސްޕާޓް ކުންފުނިން، އެކަމުގެ ބަދަލު ހޯދުން އަވަސްކުރަން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށާއި ފުލުހުންގެ ކޯޕަރޭޓިވް (ޕޮލްކޯ) އަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން މިއަދު ލަފާދީފި އެވެ.

މަސައްކަތް ފެށިތާ ނުވަ އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އެ މަޝްރޫއުގެ މަސައްކަތް ލަސްވާ ސަބަބުތައް ދެނެގަތުމަށާއި އަވަސްކުރެވޭނެ ގޮތްތަކެއް ހޯދަން ގޮވާލައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެސްއޯއީ ކޮމިޓީން ނިންމީ ބަދަލު ހޯދުން ހިމެނޭ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ސިފްކޯއަށާއި ޕޮލްކޯއަށް ލަފާ ދޭށެވެ.

އެސްއޯއީ ކޮމިޓީން މިދިޔަ އާދީއްތަ ދުވަހު އެކުލަވައިލި ރިޕޯޓުގައި ލަފާދީފައި އޮތީ އައިލެންޑް އެކްސްޕާޓަށް އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އާއި ސިފައިންގެ ކޯޕަރޭޓިވްގެ މަސްލަހަތުތަކާ ގުޅޭ ގޮތުން އެކަށޭނަ ބަދަލު ކޯޓު މަރުހަލާގައި ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކުރުމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން އައިލެންޑް އެކްސްޕާޓުން ޕޮލްކޯއަށް ހޯދަން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އެކޯޕަރޭޓިވް އިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް ޕޮލްކޯއަށް ލިބެން ޖެހޭ ފައިސާގެ އަދަދާއި މެދު އެ ކޯޕަރޭޓިވްއާއި އައިލެންޑް އެކްސްޕާޓާ ދެމެދު ހިޔާލުތަފާތުވުން އެބަ އޮތެވެ.

އެސްއޯއީ ކޮމިޓީއަށް ޕޮލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން އައިލެންޑް އެކްސްޕާޓުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު 27 މިލިޔަން ރުފިޔާއަށް އަރާ ކަމަށް އެކުންފުނިން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ޕޮލްކޯއިން އެެ އަދަދު ގަބޫލެއް ނުކުރެ އެވެ.

ކޮމިޓީގެ ބައެއް ހޯދުންތައް

  • އައިލެންޑް އެކްސްޕާޓާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރި ނަމަވެސް އެކުންފުނީގެ ސަޕްކޮންޓްރެކްޓަރަކު ފްލެތްތަކުގެ މަޝްރޫއުގައި އަދިވެސް މަސައްކަތް ކުރަމުންދޭ.
  • އައިލެންޑް އެކްސްޕާޓްގެ ސަބްކޮންޓްރެކްޓަރާ ހެދި މިހާރު ވެސް މަސައްކަތްތައް ލަސްވޭ.
  • ބޭނުންވާ ތަކެތި ލިބުން ދަތިވުމުން މަސައްކަތް ލަސްވޭ.
  • ބައެއް އެޕާޓްމަންޓްތަކުގައި ޖަހާނެ ތަށިމުށީގެ ބާވަތް ނިންމަނީ އެޕާޓްމަންޓް ލިބޭ ފަރާތުން ކަމަށް ވުމުން، އެކަން ނިންމުމުގެ މަރުހަލާ ދިގުވުމާއި އެ ބާވަތް ރާއްޖެއަށް ގެނައުން ލަސްވުމުގެ މައްސަލަ ކުރިމަތިވޭ
  • އެކި އެޕާޓްމަންޓްތަކުގައި އެކި ވައްތަރުގެ މުށި ޖަހާތީ އިސްރާފު ބޮޑު.

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކުގެ މަޝްރޫއާ ބެހޭ އިތުރު އެތައް ތަފްސީލެއް ވެސް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައި އެބަހުއްޓެވެ. އެ ތަފްސީލުތަކާއެކު ކަމާ ބެހޭ އިދާރާތަކަށް ގިނަ ލަފާތަކެއް ވެސް ދީފައި ވެ އެވެ. އެ ރިޕޯޓަށް ބަހުސްކޮށް ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox