ރިސޯޓު ރަށްތައް ކުއްޔަށް ދީގެން 154 މިލިއަން ރުފިޔާ

ހއ. އަލިދުއްފަރުފިނޮޅު: މި ރަށަށް ބިޑު ހުށަހެޅި ފަރާތުން އެކުއިޒިޝަން ކޮސްޓު ނުދެއްކުމުން ބިޑު ވަނީ ބާތިލުކޮށްފައި. -- ފޮޓޯ: ގޫގްލް އާތް

ހއ. އަލިދުއްފަރުފިނޮޅު: މި ރަށަށް ބިޑު ހުށަހެޅި ފަރާތުން އެކުއިޒިޝަން ކޮސްޓު ނުދެއްކުމުން ބިޑު ވަނީ ބާތިލުކޮށްފައި. -- ފޮޓޯ: ގޫގްލް އާތް

މިދިޔަ އަހަރު ފެށި ޑުބާއީ އެކްސްޕޯގެ ތެރެއިން ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޭން ބީލަން ހުޅުވާލި 18 ރަށުގެ ތެރެއިން ވިކުނު ހަތަރު ރަށުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 154.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ޑުބާއި އެކްސްޕޯގައި ބީލަން ހުޅުވާލި ރަށްތަކުގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަމެއް ލިބުނެވެ. ބީލަންތައް އިވެލުއޭޓުކުރުމަށް ފަހު އެވޯޑުކުރަން ނިންމީ ހަތް ރަށެކެވެ.

ނަމަވެސް އެތަނުން ތިން ރަށަކަށް ބިޑު ހުށަހެޅި ފަރާތުގެ "ޕްރޫފް އޮފް ފަންޑްސް"އަކީ އެންމެ ރަށަކަށްވާ ވަރުގެ އަދަދެއް ކަމުން ތިން ރަށުގެ ތެރެއިން ބޭނުން ރަށެއް އިހުތިޔާރުކުރަން ފުރުސަތު ދިނީ އެވެ. މިހެންވެ އޮފާ ލެޓާ ދިނީ ފަސް ރަށަކަށެވެ.

Advertisement

އޮފާ ލެޓާ ދިން ރަށްތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން ދިން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރުމުން ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުގެ ބިޑް ސެކިޔުރިޓީ "ފޯފިޓް" ކުރުމުގެ ކަންކަން ފަށާފައިވާ ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި ރަށްތައް ކުއްޔަށް ދީގެން ލިބުނު އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ޓޫރިޒަމް ޓްރޭނިން ފަންޑަށް 9.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ރިސޯޓު ތަރައްގީކުރަން ހަވާލުކުރި ރަށްތައް

  • ފ. އެނބުލުފުށި
  • ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  • ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 3،601،155.00 ޑޮލަރު
  • ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
ފ. އެނބުލުފުށީ: މިއީ ބިލެތްދޫ ކައިރިން ބޮޑު ފަޅެއްގައި އޮންނަ ކުޑަކުޑަ ރަށެއް. -- ފޮޓޯ: ގޫގްލް އާތް
ފ. އެނބުލުފުށީ: މިއީ ބިލެތްދޫ ކައިރިން ބޮޑު ފަޅެއްގައި އޮންނަ ކުޑަކުޑަ ރަށެއް. -- ފޮޓޯ: ގޫގްލް އާތް

ފ. އެނބުލުފުށީ: މިއީ ބިލެތްދޫ ކައިރިން ބޮޑު ފަޅެއްގައި އޮންނަ ކުޑަކުޑަ ރަށެއް. -- ފޮޓޯ: ގޫގްލް އާތް

  • ފ. ޖިންނަތުގައު
  • އަކިރި ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2,021,121.00 ޑޮލަރު
  • ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121.00 ޑޮލަރު
ފ. ޖިންނަތުގައު: މި ރަށް އޮންނަނީ މިހާރު ފ. އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓު ފިލިތެޔޮ ކައިރީގަ. -- ފޮޓޯ: ގޫގްލް އާތް
ފ. ޖިންނަތުގައު: މި ރަށް އޮންނަނީ މިހާރު ފ. އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓު ފިލިތެޔޮ ކައިރީގަ. -- ފޮޓޯ: ގޫގްލް އާތް

ފ. ޖިންނަތުގައު: މި ރަށް އޮންނަނީ މިހާރު ފ. އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓު ފިލިތެޔޮ ކައިރީގަ. -- ފޮޓޯ: ގޫގްލް އާތް

  • ގދ. ކަނޑަހަލަގަލާ
  • ޕަޔޮނިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 ޑޮލަރު
  • ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
ގދ. ކަނޑަހަލަގަލާ: ކުއްޔަށް ދިން ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށަކީ މިއީ. -- ފޮޓޯ: ގޫގްލް އާތް
ގދ. ކަނޑަހަލަގަލާ: ކުއްޔަށް ދިން ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށަކީ މިއީ. -- ފޮޓޯ: ގޫގްލް އާތް

ގދ. ކަނޑަހަލަގަލާ: ކުއްޔަށް ދިން ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށަކީ މިއީ. -- ފޮޓޯ: ގޫގްލް އާތް

  • މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާ އެކު)
  • މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 1,599,999.00 ޑޮލަރު
  • ޓޫރިޒަމް ޓްރެއިނިން ފަންޑަށް 120،000.00 ޑޮލަރު
މ. ސީދިހުރާ އާއި ސީދިހުރާ ވެލިގަނޑު: މި ރަށް އޮންނަނީ ހަކުރާހުރާ ކައިރީގައި. -- ފޮޓޯ: ގޫގްލް އާތް
މ. ސީދިހުރާ އާއި ސީދިހުރާ ވެލިގަނޑު: މި ރަށް އޮންނަނީ ހަކުރާހުރާ ކައިރީގައި. -- ފޮޓޯ: ގޫގްލް އާތް

މ. ސީދިހުރާ އާއި ސީދިހުރާ ވެލިގަނޑު: މި ރަށް އޮންނަނީ ހަކުރާހުރާ ކައިރީގައި. -- ފޮޓޯ: ގޫގްލް އާތް

މިފަހަރު ކުއްޔަށް ދޫކުރި ރަށްތަކުގެ ތެރޭގައި ގިނައީ ނިސްބަތުން ރިސޯޓުތައް މަދު އަތޮޅުތަކެވެ. އެ އަތޮޅުތަކުން ގިނަ ރަށްތަކެއް ކުއްޔަށް ދޫކޮށްފައި ހުރި ނަމަވެސް، ގިނައީ އަހަރުތަކެއް ވަންދެން މަސައްކަތް ހުއްޓިފައި ނޫނީ އެއްވެސް ވަރަކަށް މަސައްކަތް ކުރިޔަށް ނުދާ ރަށްތަކެވެ.

ރަށްތައް ކުއްޔަށް ނެގި ފަރާތްތަކުގެ ތެރޭގައި ވެސް ގިނައީ މި ދާއިރާއަށް އާ ވިޔަފާރިތަކެވެ. އެކަމަކު ގިނަ ފަހަރު މިހެން ލީސް ނަގާ ފަރާތުން ރަށްތައް އަމިއްލައަށް ތަރައްގީކުރުމުގެ ބަދަލުގައި އެހެން ބަޔަކަށް ލީސް އެއްކޮށް ވިއްކާލަނީ އެވެ.

  • މާކެޓެކް މޯލްޑިވްސް - ވޮލްވޯ ޕެންޓާ ބްރޭންޑުގެ ސޯލް ޑިސްޓްރިބިއުޓަރު، ހަރަކާތްތެރިވަނީ މެރިން އިންޖިނިއަރިން ދާއިރާގައި
  • ޕަޔޮނިޔާ މޯލްްޑިވްސް - އާރްއެމްއެލްއެސް ލެބޯޓްރީ ހިންގާ ކުންފުނި، ހަރަކާތްތެރިވަނީ މެޑިކަލް ޑައިގްނޯސްޓިކްސް އަދި ލެބޯޓްރީ ސާވިސަސް ދާއިރާގައި
  • އަކިރި ހޯލްޑިންގްސް - ލަގްޒެމްބާގު ސެކުއިރިޓީސް އަދި އިންވެސްޓްމަންޓް ފަންޑެއްގެ ހިއްސާ އޮންނަ ކުންފުންޏެއް، ރަޖިސްޓްރީކުރި ކަމަށް ބެލެވެނީ ރިސޯޓު ލީސް ހޯދަން
  • ނައިޑް ޓްރޭޑިން - ޕޭޖް ހާޑްވެއާ ހިންގާ ކުންފުނި، ހަރަކާތްތެރިވަނީ ކޮންސްޓްރަކްޝަނާއި ހާޑްވެއާ ސާމާނު ވިއްކުމުގެ ވިޔަފާރީގައި

ކޮމެންޓް

ފަހުގެ ޚަބަރު

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

ގެސްޓްހައުސްތައް އަނެއް ހަރުފަތައް ދާން ހުމްރީގެ ހުށަހެޅުންތަކެއް

ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް ކުރިއެރުވުމަށްޓަކައި އޮކިއުޕެންސީ އިތުރުކޮށް، ޚިދުމަތްތަކުގެ ފެންވަރު ދަރަޖަކުރަން ޖެހޭ ކަމަށް ހުމްރީ ވިދާޅުވި. މިގޮތުން، ހަމައެކަނި އެނދު އިތުރުކުރުމުގެ ބަދަލުގައި އިންޓަގްރޭޓަޑް ޑެސްޓިނޭޝަން މޮޑެލްއަކަށް ބަދަލުވެ، ދަތުރުފަތުރާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރަން އޭނާ ގޮވާލެއްވި.

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox