ހުލާސާކޮށް އިއްޔެ: ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަމާ މެދު ސުވާލު އުފެދުން

ހުލާސާކޮށް އިއްޔެ: ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަމާ މެދު ސުވާލު އުފެދުން

ދެހާސްތޭވީސްވަަނަ އަަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ނިންމުން ބަދަލުނުވާނެ ކަމަށް ދަންނަވަން ދަތި ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވީ އިއްޔެ އެވެ.

"ތައްޔާރު" ނަމުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މައިގަނޑު މަގްސަދަކަށް އޮންނަން ވާނީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށެވެ. މިހާތަނަށް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން އައީ ވެސް އެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ވަރަށް ކައިރީގައި އޮތް އިރު، އިންތިހާބު އަންނަންވާއިރަށް ޕާޓީން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދި ނުވެ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. ޕާޓީގެ ނިންމުމަކަށް އަދި އޮތީ އިންތިހާބުގައި ވާދަކުރުން ކަމަށް ވިޔަސް އެ ނިންމުން ބަދަލުނުވާނެ ކަމަށް ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ.

"ޕާޓީގެ ކައުންސިލްގެ ނިންމުމެއް ވެސް އެބަ އޮތް، އަޅުގަނޑުމެންގެ ޕާޓީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރެން. އެކަމަކު އެ ނިންމުމަށް ބަދަލެއް ނާންނާނެކަން ދަންނަވަން އަދި ދަތި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ޖޭޕީން މިހާރު ގެންދަނީ ކޮންމެ ރަށެއްގައި އެ ޕާޓީގެ ގޮތްޕެއް ގާއިމް ކުުރުމަށް މަސައްކަތް ކުރަމުންނެވެ. އެއަށް ފަހު ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަމަށާއި، ރިޔާސީ އިންތިހާބުގެ ގިނަ ކަންކަން ނިންމާނީ އެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިމު ވެސް އަޅުގަނޑުމެން ބާކީވެގެން ނުދާނެ. ސިޔާސީ ގޮތުން ބާރުވެރިކަމެއް ލިބިގެން އަޅުގަނޑުމެންގެ އުއްމީދުތައް އޮތް ގޮތަށް ރައްޔިތުންނަށް ކަންކަން ޑެލިވާ ކުރެވޭނީ ވެސް،" ގާސިމް އިއްޔެ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައިމު ވެސް ތިބޭނީ ހަމަހޭގައި،" 2008 ވަަނަ އަހަރު، 2013 ވަނަ އަހަރު، އަދި 2018 ވަނަ އަަހަރު ވެސް ކޯލިޝަންތަކެއް އުފެއްދުމަށް ފަހު ޖޭޕީން ކުރި ތަޖުރިބާތަކަށް އަލި އަޅުވައިލައްވަމުން ގާސިމް ވިދާޅުވި އެވެ.

މިހާތަނަށް ކޮންމެ ސަރުކާރެއް އެކުލެވިފައި އޮތީ ޖޭޕީގެ ބައިވެރިވުން އޮވެގެނެވެ. ނަމަވެސް އެކަމަކީ އެހާ ވެސް ފަހުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ. އެކަމުން ހިތްވަރު ލިބިގެން އެއަށް ވުރެ ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ފާޑު ވިދާޅުވި، ރައީސްއަށް ތައުރީފް ކުރެއްވި

ޖުމްހޫރީ ޕާޓީއަށް އަލަށް ސޮއިކުރި މެންބަރުން އެ ޕާޓީއަށް ގުޅުމުގެ އުފަލުގައި ބޭއްވި އެ ޖަލްސާގައި ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަށް ފާޑުވިދާޅުވެފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބައެއް މަސައްކަތްޕުޅުތަކަށް ތައުރީފް ވެސް ކުރެއްވި އެވެ.

ސިޔާސީ ބައެއް ބޭފުޅުން ކަމަށް ބެލެވޭ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވެފައި މި ދަނޑިވަޅުގައި އެކަމާ ގުޅުވައި ނަޝީދު ދައްކަވަމުން ގެންދަވާ ބައެއް ވާހަކަފުޅުތަކަކީ އެންމެ ރަނގަޅު ވާހަކަފުޅުތަކެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަޝީދުގެ ނަން ނުގެންނެވައި ގާސިމް ވިދާޅުވީ، "ވަކި މީހަކު އަރައި އެބަ ބުނޭ މަޖިލީހުގެ މެންބަރުން ބޭނުންހާ ގޮތަކަށް ފުލުހަށް ހާޒިރުކޮށްގެން ނުވާނެ" އެވެ. އެކަމަކު ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭއިރު ވަކި މީހަކަށް ބެލުމެއް ނެތި އެ މައްސަލައެއް ބެލެން ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މަސްލަހަތު. އަޅުގަނޑު ޝައްކެއް ނުކުރަން ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި ފަރާތްތައް. އެ ފަރާތްތަކަށް ގާނޫނު އަސާސީގައިވާ ޒިންމާ އަދާކުރާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން،" ފުލުހުންގެ ޒިންމާ އަދާ ކުރުމަށް ގޮވާލައްވަމުން ގާސިމް ވިދާޅުވި އެވެ.

އެއަށް ފަހު ކޮވިޑް-19 ގެ ބަލިމަޑުކަމާއި، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސޯދަށް ވެގެން ދިޔަ ގޮތް ރާއްޖެއަށް ކުރިމަތިނުވެ އޮތީތީވެ ގާސިމް ވަނީ ރައީސް ސޯލިހަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާތަނަށް ކޮށްދެއްވި އިހުލާސްތެރި މަސައްކަތަށް ޝުކުރު ދަންނަވަން. ލަންކާގެ ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ. އެކަމަކު އެ ހާލަތަށް މި ރާއްޖެ ނުދޭ." ރައީސްއަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާއަކީ ކަންކަން ހައްލުވެގެން ދަނީ ވަކި ނިޒާމަކަށް ނުވަތަ ވަކި ގޮތަކަށް ގާނޫނު އަސާސީއާއި ގާނޫނުތައް ބައްޓަން ކޮށްގެން ނޫން ކަމަށެވެ. އެކަން ވެގެން ދަނީ އެ ކަމެއް ކުރުމުގެ ވިސްނުމާއި ގާބިލްކަން ހުރި މީހަކު ނުވަތަ ބަޔަކު އެ ކަންކަމާ ހަވާލުވުމުން ކަމަށް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ އިއްޔެ އެވެ.
  • އޮޅުވަލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި، އިލެކްޝަން ކޮމިޝަން ޒިންމާދާރުކަން ކުޑަ ކަމަށް ބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނުރުހުން ފާޅުކުރީ އިއްޔެ އެވެ.
  • ޔޯގާއާ ގުޅިގެން ސުވާލު އުފެދިފައިވަނިކޮށް އިސްލާމް ދީނުގައި އެ ކަން ބަޔާންކޮށްފައި އޮންނަ ގޮތް ފަތުވާ މަޖިލީހުުގެ ބަލާފައި ނެތް ސަބަބެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ހުށަހެޅުއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭއިރު ވަކި މީހަކަށް ބެލުމެއް ނެތި އެ މައްސަލައެއް ބެލެން ވާނެ ކަމަށް ހާމަކުރައްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ:

އަޅުގަނޑުމެން ބޭނުން ވަނީ މަސްލަހަތު. އަޅުގަނޑު ޝައްކެއް ނުކުރަން ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި ފަރާތްތައް. އެ ފަރާތްތަކަށް ގާނޫނު އަސާސީގައިވާ ޒިންމާ އަދާކުރާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން،

ދުވަހުގެ ފޮޓޯ

މާލޭ ހުކުރު މިސްކިތް މުންނާރު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން. މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ މުހިންމު އެއް ތާރީހީ ބިނާ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މާލޭ ހުކުރު މިސްކިތް މުންނާރު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން. މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ މުހިންމު އެއް ތާރީހީ ބިނާ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭ ހުކުރު މިސްކިތް މުންނާރު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން. މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ މުހިންމު އެއް ތާރީހީ ބިނާ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox