ހުލާސާކޮށް އިއްޔެ: ސީރިއަސް މައްސަލަތަކެއްގެ މައުލޫމާތު ފުލުހުން ހިއްސާކުރުން

ހުލާސާކޮށް އިއްޔެ: ސީރިއަސް މައްސަލަތަކެއްގެ މައުލޫމާތު ފުލުހުން ހިއްސާކުރުން

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ސަފީރުން ބައިވެރިވާކަން ފުލުހުންނަށް ނޭނގޭ ކަމަށާއި އެކަން އެނގުނު ނަމަ އެ ހަރަކާތް ބޭއްވި ގަލޮޅު ދަނޑުގެ ސެކިއުރިޓީ ކަންކަން ވަރުގަދަކީސް ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީޕީ އަލީ ޝުޖާއު ވިދާޅުވީ، ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ނިކުމެ ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިފައި ނުވާ ކަމަށާއި، އެތަނަށް މުޒާހަރާ ކުރަން ދިޔަ މީހުން ހަމަނުޖެހުން ހިންގަން ނިންމީ ދުރާލާ ރާވައިގެން ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މިފަދަ އިވެންޓުތައް ބާއްވާއިރު، އިވެންޓުގައި ބައިވެރިވާ މީހުންގެ މައުލޫމާތު އެއްވެސް ތަނަކުން ފުލުހުންނަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ހިއްސާނުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ފުލުހުން އަމިއްލައަސް ވެސް ބަލާނެ ކަމެއް ކަމަށެވެ.

އޭނާ އިއްޔެ ވިދާޅުވީ، ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓުންނާއި އެހެނިހެން ހައި ޕްރޮފައިލް މީހުން އެ ހަރަކާތުގައި ބައިވެރިވާކަން ފުލުހުންނަށް އެނގުނީ އެތަނަށް ދިޔަ ފަހުން ކަމަށެވެ. އަދި ކުރިއާލާ އެ މައުލޫމާތު ލިބިފައިވާނަމަ، ސަލާމަތީ ކަންކަން އިންތިޒާމްކުރާނީ ތަފާތު ގޮތަކަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއް އޮތްކަމަށް ފުލުހުން މިއަދު ވަނީ އެއްބަސްވެފައެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހިންގަން ފުރުސަތު ލިބުނީ އެތަނަށް ފޮނުވި ފުލުހުންގެ ފޯސް ކުޑަވެގެން ނޫން ކަމާއި ނަމަވެސް, އެތަނުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން, ކްރައުޑްގެ ބިހޭވިއާ ދެނެގަތުން ލަސްވިކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުނީ ފުލުހުންގެ ފެއިލިއާއަކުން އެއްބަސްވުން

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި, ދަނޑަށް ވަދެގަނެ އެ ހަމަނުޖެހުން ހިންގުނީ އެކަމުގައި ފުލުހުންގެ ފެއިލިއާއެއް އޮތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެކުރިން އެފަދަ އެއްވުންތައް ފުލުހުން މާރަނގަޅަށް ކޮންޓްރޯލް ކޮށްފައިވާ ކަމާއި ނަމަވެސް, ޔޯގާ ދުވަހު ކަން ދިމާވެފައިވަނީ އެކަން ވާން ޖެހޭ ގޮތަށް ނޫން ކަމަށެވެ.

އަލީ ޝުޖާއު އިއްޔެ ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހިންގަން ފުރުސަތު ލިބުނީ އެތަނަށް ފޮނުވި ފުލުހުންގެ ފޯސް ކުޑަވެގެން ނޫން ކަމާއި ނަމަވެސް, އެތަނުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން, ކްރައުޑްގެ ބިހޭވިއާ ދެނެގަތުން ލަސްވިކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި ގޮތުގައި, މިފަދަ ހަރަކާތެއް އޮންނަނަމަ, ފުލުހުން ވަރަށް ގިނަ މައުލޫމާތު ހޯދާ ކަމަށާއި ނަމަވެސް, ޔޯގާއާ ދެކޮޅަށް ހިންގި ހަރަކާތާ ގުޅޭ ބައެއް މުހިންމު މައުލޫމާތު އެ ލިބެން ޖެހޭ ވަގުތު ހޯދިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި, ދަނޑަށް ވަދެގަނެ ސެކިއުރިޓީތައް ބްރީޗްވީ ނަމަވެސް, އެތަނުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއްވިޔަ ނުދީ ފުލުހުންނަށް އެކަން ހުއްޓުވުނު ކަމަށެވެ.

އެހެންނަމަވެސް, ފުލުހުންގެ ގޯސްތަކެއް ސަބަބުން ސެކިއުރިޓީ ބްރީޗްވާ ހިސާބަށް ދިޔުމުން, އޭގެ ފަހުން ދެން ފުލުހުން އަމަލުކުރި ގޮތް މުހިންމު ނޫން ކަމަށެވެ. ފުލުހުންނަށް ހެދިފައިވާ ގޯސްތަކުގެ ޒިންމާ ނަގާނެކަން އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އެގޮތުން, އެތަނުގައި ހިނގި ހަމަނުޖެހުންތަކުގެ ޒިންމާ, އެ ހަމަނުޖެހުން ހިންގި ފަރާތްތަކެކޭ އެއް ފަދައިން ގޯސްތައް ހެދުނު ފުލުހުން ވެސް އެކަމުގައި ޒިންމާ އުފުލަން ޖެހޭނެކަން އަލީ ޝުޖާއު ފާހަގަކުރެއްވި އެވެ.

އެތަނުގައި ރާއްޖެއަށް ކަނޑައަޅާފައިވާ ހަ ސަފީރަކު ތިއްބެވިއިރު, އެ މައުލޫމާތު ކުރިއާލާ ފުލުހުންނަށް ލިބިފައިނުވާކަން ވެސް ޝުޖާއު ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ މައުލޫމާތުތައް ފުލުހުން ހޯދައި ސެކިއުރިޓީ އިންތިޒާމްތައް ހަމަޖައްސަމުންދާނެ ކަމަށް ވެސް އޭނާ އިއްޔެ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އައިޖީއެމްއެޗްގައި ވަޒީފާ އަދަކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލުމުގެ ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާ ދެކޮޅަށް ދައުލަތުން 110 ހެކި މިއަދު ހުށަހަޅައިފި އެވެ. އަދި މާވިންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅަން އަދި އިތުރު ފުރުސަތެއް ދޭން ޝަރީއަތުން އިއްޔެ އެވެ.
  • ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއަކީ އެ ހަރަކާތާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ އެވެ.
  • ސަރުކާރު ހިންގާ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކޯޅުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ތައްޔާރަށް ތިބި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމާ ގުޅޭގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ:

އެފަދަ [އެމްޑީޕީގެ ތެރެއިން ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ] ހާލަތަކަށް ހިނގައިދާނެ، ގޮއްސިއްޔާ އަޅުގަނޑުމެނަށް ހަމަ ތިބުނާ މަޖިލިސް ރައީސް ވަކިކުރަން ފުރުސަތު ލިބެއްޖެއްޔާ އަޅުގަނޑުމެން އެންމެ މިނެޓެއް ވެސް ނުތިބޭނަން، ވަކިކުރާނަން,

ދުވަހުގެ ފޮޓޯ

ގައުމީ ވޮލީ ލީގުގެ އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ޕޮލިސް ކްލަބް. އެސޯސިއޭޝަން ކަޕްގައި ޕޮލިހަށް ގުޑީސްގެ މައްޗަށް ކުރިހޯދުނީ 3-2 ސެޓުން. --- ފޮޓޯ: އިމޭޖަސް.އެމްވީ
ގައުމީ ވޮލީ ލީގުގެ އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ޕޮލިސް ކްލަބް. އެސޯސިއޭޝަން ކަޕްގައި ޕޮލިހަށް ގުޑީސްގެ މައްޗަށް ކުރިހޯދުނީ 3-2 ސެޓުން. --- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ވޮލީ ލީގުގެ އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ޕޮލިސް ކްލަބް. އެސޯސިއޭޝަން ކަޕްގައި ޕޮލިހަށް ގުޑީސްގެ މައްޗަށް ކުރިހޯދުނީ 3-2 ސެޓުން. --- ފޮޓޯ: އިމޭޖަސް.އެމްވީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox