ބަރަހަނާ ވީޑިއޯތައް ލީ،ކްކުރި މީހުން ވަނީ ފާހަގަކުރެވިފައި: ފުލުހުން

ފުލުހުން  މިއަދު ބޭއްވި މީޑިއާ ބަރީފިންގައި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ބައިވެރިވެވަޑައިގަންނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ފުލުހުން މިއަދު ބޭއްވި މީޑިއާ ބަރީފިންގައި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ބައިވެރިވެވަޑައިގަންނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ބަޔަކު އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ލީކްކުރި މީހުން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށާއި މިދިޔަ މާޗްމަހުގެ ފަހުކޮޅު އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ވީޑިއޯތައް ބައެއް ފަރާތްތަކުން މިހާރު ވެސް އަޕްލޯޑްކުރަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމާ ގުޅުން ހުރި މީހުން އުޅޭކަން ފުލުހުންނަށް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެބަ ފާހަގަކުރެވޭ، ބައެއް ވީޑިއޯތައް ހަމަ ބައެއް ފަރާތްތަކުން އަޕްލޯޑްކުރަމުން އެބަދޭ. މިކަމާ ގުޅުން ހުރި މީހުން އުޅޭކަން އަޅުގަނޑުމެންނަށް ވެސް އެބަ އެނގޭ. ދެން އަޅުގަނޑުމެން ، ކުރިން މި ދެންނެވިހެން އަޅުގަނޑުމެން ކަވާޓްލީ ކުރަމުން އައި ތަހުގީގުގެ ތެރެެއިން، މިކަމާ ގުޅުން ހުރި މައުލޫމާތުތައް މިވަގުތަށް ވެސް އެއްކުރެވިފައި ވަނީ،" ރިޔާޒް ވިދާޅުވި އެވެ.

އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އެ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ނުކުރާތީ އާއްމުން ދަނީ ފުލުުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން މިއަދުގެ މީޑިއާ ބްރީފިން އަށް ފަހު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ވަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެފަދަ ތަހުގީގުތަކަށް ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށެވެ.

މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ މިކަހަލަ ތަހުގީގެއް ބައްޓަން ކުރަން ޖެހެނީ ހެކި ހޯދަން ކަމަށާއި އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އެގޮތަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox