ޔޯގާ ދުވަސް ފާހަގަ ނުކުރަން އިސްލާމިކް މިނިސްޓްރީން ނާންގާ: ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް: ޔޫތު މިނިސްޓްރީން ބުނަނީ ޔޯގާ ދުވަހުގެ ހަރަކާތް ނުބާއްވަން އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާ ކަމަށް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް: ޔޫތު މިނިސްޓްރީން ބުނަނީ ޔޯގާ ދުވަހުގެ ހަރަކާތް ނުބާއްވަން އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާ ކަމަށް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުންވެސް އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތު މިނިސްޓްރީން މިހެން ބުނީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ނޫސްބަޔާނުގައި ބުނީ ޔޯގާ ދުވަސް ފާހަގަކޮށްފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ދުވަސް ފާހަގަކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީން ވެސް އެކަމުގައި ބައިވެރިވަމުންދަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމަކަށްވާތީ، އެހެން ގައުމުތަކުގެ ވެސް ކުޅިވަރު މިނިސްޓްރީން ބައިވެރިވާ އުސޫލުން ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަ ނުކުރުމަށް އެއްވެސް އިދާރާއަކުން އަންގާފައި ނުވާކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ބުނީ، ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފުވާނެ އެއްވެސް ކަމެއް އެ މިނިސްޓްރީގެ ފަރާތުން ނުހިންގާނެ ކަމަށެވެ.

އަދި ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއް ކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޔޯގާ މައްސަލާގައި ޔޫތު މިނިސްޓްރީން ނޫސްބަޔާނެއް ނެރެފައިވާއިރު ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށާއި، އެއީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ބުނެ، އެ ހަރަކާތް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ވަނީ މިމަހު 16ގައި ފުލުހުންނަށް ސިޓީއެއް ފޮނުވާފަ އެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައިވާ ގޮތުން މިފަދަ ދީނީ ހިޔާލުތަފާތުވުންތައް ހިމެނޭ މައްސަލަތަކުގައި މިނިސްޓްރީން އަމަލު ކުރަން ޖެހޭ ގޮތަކީ ފަތުވާ މަޖިލީހުގެ ބަހެއް ހޯދުމެވެ. ނަމަވެސް، ޔޯގާ މައްސަލަގައި އިސްލާމިކް މިނިސްޓްރީން ފަތުވާ މަޖިލީހުގެ ބަހެއް ހޯދާފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

ޔޯގާ މައްސަލައިގައި ފަތުވާ މަޖިލީހުން ފަތުވާއެއް ނުނެރެވުނީ "އަދަދު"އަށް އެނގިފައިވާ ގޮތުގައި ގާނޫނުގައި ބުނާ ކޯރަމް ހަމަނުވާތީ އެވެ. ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބުރާހީމް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox