ހުލާސާކޮށް އިއްޔެ: ނާޒިމްގެ މައްޗަށް ޖިނާއީ ބޮޑު ތަހުގީގެއް ފެށުން

ހުލާސާކޮށް އިއްޔެ: ނާޒިމްގެ މައްޗަށް ޖިނާއީ ބޮޑު ތަހުގީގެއް ފެށުން

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ލީކުކޮށްލި، ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް ފުލުހުންގެ ބޮޑު ޖިނާއީ ތަހުގީގެއް ފަށައި، އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގައި ނާޒިމް ވަނީ ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށް ބަޔާނެއް ނަގައިފަ އެވެ. އޭނާގެ މައްޗަށް ޖިންސީ ކުށުގެ ތަފާތު ތުހުމަތުތަކެއް ފުލުހުން ކުރާ ކަމަށް މި ނޫހާ ވާހަކަ ދެއްކި އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެ މައްސަލައިގައި ނާޒިމްއަށް އިއްޔެ ގުޅުމުން ވިދާޅުވީ މިވަގުތު ކުރައްވާނެ ކޮމެންޓެއް ނެތް ކަމަށާއި އެއްވެސް އެއްޗެއް ވިދާޅުވެވޭނީ ވަކީލާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްވެރިންނަށް ފޮނުއްވި މެސެޖުތަކެއްގައި ނާޒިމް ވިދާޅުވެފައި ވަނީ ވީޑިއޯއިން ފެންނަ މީހަކީ އޭނާއެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރާ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބްލެކްމެއިލް މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ބެލެވެނީ އެއީ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަން އުޅުނު މައްސަލަތަކެއް ކަމަށެވެ.

ނާޒިމް ސައްތާރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި ދިން ހަމަލާގެ މައްސަލައިގައި ނަޝީދު ތަމްސީލު ކުރައްވާ ވަކީލެއްގެ ގޮތުގައި ވެސް ނާޒިމް ހަރަކާތްތެރިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްއެޗްއޭގެ އެންމެ ގިނަ ހިއްސާ އޮންނަ އަދި އެ ކުންފުނީގެ ވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވުމުން އޭނާގެ ނަމުގައިވާ ހިއްސާތައް ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ނިންމާފައިވާ ނިންމުން ގޯސްކަމަށް ހައި ކޯޓުން ނިންމިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނީ އިއްޔެ އެވެ.
  • ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ، ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ހަތް މީހަކު ފުލުހުން ހައްޔަރުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ ކްލަބެއް ހިންގުމުގައި ގިނަ އަހަރުތަކެއް ވަންދެން މަަސައްކަތްކޮށްފައިވާ ތަޖުރިބާކާރަކު "އަދަދު" އަށް ވިދާޅުވީ:

ޓީމެއް ދަނޑަށް ހާޒިރުނުވެއްޖިއްޔާ ވެސް އެބަޖެހޭ ޖޫރިމަނާއެއް ދައްކަން، އެކަމަކު، ކްލަބަކާ ހަވާލުވެފައި، ކްލަބެއް ބޭނުންކޮށްލާފައި ދާ މީހުން މި ވަނީ ކުޅިވަރުގެ ތެރޭގައި ވެސް މިނިވަނުންނަށް، މިއީ ހައްލެއް އަންނަން ޖެހޭ ކަމެއް

ދުވަހުގެ ފޮޓޯ

ގައުމީ ވޮލީ ލީގުގެ ދެވަނަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗުން ގުޑީސްގެ މައްޗަށް ސިޓީ ކުރިހޯދީ ސީދާ ތިން ސެޓުން. ސިޓީން ސެޓުތައް ގެންދިޔައީ، 25-16، 25-20 އަދި 25-11 އިން. --- މުހައްމަދު ޝާބިން/އަދަދު
ގައުމީ ވޮލީ ލީގުގެ ދެވަނަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗުން ގުޑީސްގެ މައްޗަށް ސިޓީ ކުރިހޯދީ ސީދާ ތިން ސެޓުން. ސިޓީން ސެޓުތައް ގެންދިޔައީ، 25-16، 25-20 އަދި 25-11 އިން. --- މުހައްމަދު ޝާބިން/އަދަދު

ގައުމީ ވޮލީ ލީގުގެ ދެވަނަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗުން ގުޑީސްގެ މައްޗަށް ސިޓީ ކުރިހޯދީ ސީދާ ތިން ސެޓުން. ސިޓީން ސެޓުތައް ގެންދިޔައީ، 25-16، 25-20 އަދި 25-11 އިން. --- މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox