ގުރައިދޫ ގެސްޓްހައުސްއެއްގެ ތެރޭގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކ. ގުރައިދޫ މަތިން ނަގާފައިވާ ފޮޓޯއެއް: މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެނެއް -- ފޮޓޯ: ފައިލް

ކ. ގުރައިދޫ މަތިން ނަގާފައިވާ ފޮޓޯއެއް: މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެނެއް -- ފޮޓޯ: ފައިލް

ކ. ގުރައިދޫގެ ގެސްޓްހައުސްއެއްގެ ތެރޭގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ އިއްޔެ ފެނިއްޖެ އެވެ.

ގުރައިދޫ ގެސްޓްހައުސްއެއް ތެރޭ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ކޮޓަރިން ކުނި ވަސް ދުވާތީ ބެލި ބެލުމުންނެވެ. މަރުވެފައިވާ އޮއްވާ ފެނުނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެނެކެވެ.

ފަތުރުވެރިޔާ މަރުވީ އޭނާގެ ހަށިގަނޑު އިއްޔެ ފެނުނުތާ މަދުވެގެން އެއް ދުވަސް ކުރިން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ގުރައިދޫ ކައުންސިލުގެ ރައީސް ހުސެއިން ޔާމީން މުހައްމަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފަތުރުވެރިޔާ ނިޔާވެފައި އޮއްވާ ފެނުމުގެ ދެ ދުވަހެއް ކުރިން އޭނާ ބަލިވެގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ގެސްޓްހައުސްއަށް ގޮސް އޭނާއަށް އުނދަގޫ ނުކުރުމަށާއި، ކާއެއްޗެހި ވެސް ކޮޓަރީގެ ދޮރު ކައިރީ ބަހައްޓައި ދިނުމަށް އެދުނު ކަމަށެވެ. އޭނާ ވިދާޅުވީ ފަތުރުވެރިޔާ އޮތް ކޮޓަރީގައި އޭރުއްސުރެ ހުރީ "ޑޫ ނޮޓް ޑިސްޓާބް" ލޭބަލް އަޅުވާފައި ކަމަށެވެ.

ފަތުރުވެރިޔާ ގުރައިދޫއަސް ޒިޔާރަތް ކުރީ އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުލުހުން ބުނީ ގުރައިދޫ ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ކުނިވަސް ދުވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ގޮސް ބެލިއިރު މަރުވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރޭގެ ވަގުތެއްގައި ފަތުރުވެރިޔާގެ ހަށިގަނޑު ވަނީ މާލެއަށް ގެނެސްފަ އެވެ. މިގޮތަށް ރާއްޖޭގައި ނިޔާވާ ފަތުރުވެރިންގެ ހަށިގަނޑު ފޮނުވާލަނީ އެމީހުންގެ އާއިލާ ގާތަށް، އެމީހުންގެ ގައުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox