މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން މާލީ ގެއްލުންތަކެއް

Oct 11, 2026, 7:41 PM
މާފުށި ޖަލު

މާފުށި ޖަލު

މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތްކުރަން ނޮވެމްބަރު 2022، ގައި ހޯމް މިނިސްޓްރީގެ ފަރާތުން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކޮށްފައިވަނީ ދައުލަތަށް މާލީ ގޮތުން ގެއްލުން ލިބޭ ގޮތަށް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓު އޮފީހުން ވަނީ ހޯމް މިނިސްޓްރީގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު މިއަދު ހާމަކޮށްފަ އެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އެ މަޝްރޫއު ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވާދަވެރި ބީލަމަކާ ނުލަ އެވެ. ނޮވެމްބަރު 24، 2022 ގައި ޕޮލްކޯއާ އެ މަސައްކަތް ހަވާލުކުރީ 45،485،435ރ. އަށެވެ. 

އެހެން ނަމަވެސް، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ޕޮލްކޯއިން ކުރިއަށްގެންދިޔައީ އެހެން ކުންފުންޏަކަށް ސަބް ކޮންޓްރެކްޓް ކޮށްގެންނެވެ. އެ ކުންފުންޏަށް ޕޮލްކޯއިން މަސައްކަތް ހަވާލުކުރީ 1،243،173ރ. އަށެވެ. 

މަޝްރޫއުގެ ބީއޯކިއު ހުރި މައުލޫމާތާއި ކުރެހުމުގައި ހުރި މައުލޫމާތާ ތަފާތުތަކެއް ހުރިކަން ވެސް އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ. އެކަމުގެ ސަބަބުން ދައުލަތުން ދައްކަން ނުޖެހޭ ފައިސާއެއް ދައްކާފައިވާ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން، 50 ގޮޅީގެ ވިންގު ހެދުމަށް ނިންމާފައި އޮތް ސަރަހައްދުގައި ހުރި އިމާރާތެއް ތަޅާލައި ސާފުކުރުމަށް ބީއޯކިއުގައި 2،920،082ރ. އަށް ހިމަނާފައިވާއިރު އެއީ އެ މަސައްކަތް ޕޮލްކޯއާ ހަވާލުކުރުމުގެ ކުރިން އެ ތަނުގައި ހުރި އިމާރާތެއް ނޫން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ މަސައްކަތަށް ފައިސާ ދީފައިވާއިރު އެއީ ނުކުރާ މަސައްކަތަކަށް ދޫކޮށްފައިވާ 2.9 މިލިއަން ރުފިޔާކަން އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އެ މައްސަލަ އިތުރަށް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ވެސް އޮޑިޓު އޮފީހުން ވަނީ ލަފާ ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox