ފީފާ އަށް ދައްކަންޖެހޭ ފައިސާގެ ކަންކަން ނިންމައި، ނިއު ރޭޑިއަންޓްގެ ހަރަކާތްތައް ކުރިއަށް

Jun 23, 2022, 6:14 AM
މިދިޔަ މަހު ފަހުކޮޅު ބޭއްވި ނިއުގެ އިންތިހާބުގެ ތެރެއިން: އަންނަ މަހު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނިއު އިން ވަނީ ހުށަހަޅާފައި.

މިދިޔަ މަހު ފަހުކޮޅު ބޭއްވި ނިއުގެ އިންތިހާބުގެ ތެރެއިން: އަންނަ މަހު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނިއު އިން ވަނީ ހުށަހަޅާފައި.

ބިދޭސީ ކުޅުންތެރިންނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދޭން ޖެހޭ ފައިސާގެ ކަންކަން ނިންމުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކޮށް ނިންމާލަން އެ ކްލަބުން އަމާޒުހިފައި، ކުރިއަށް އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ނިއު އިން މަސައްކަތް ކުރަމުން އެބަދެ އެވެ.

ނިއު އިން ވަނީ ބިދޭސީ ކުޅުންތެރިންނަށް ދައްކަން ފީފާ އިން އަންގާފައިވާ ފައިސާ އެފްއޭއެމާ ހަވާލުކޮށް، އެ ކުޅުންތެރިންނަށް ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. ނިއު އިން ހަވާލުކުރި ފައިސާ ޕްރޮސެސް ކުރުމުގެ މަސައްކަތް އެފްއޭއެމުން މިހާރު ކުރަމުން އަންނައިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކަންކަން ފުރިހަމަ ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ނިއު އިން ވަނީ ބިދޭސީ ކުޅުންތެރިންނާއި ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އަށް ދޭން ޖެހޭ ފައިސާ ފީފާއާ ހަވާލުކޮށްފަ އެވެ. ނިއު އިން ބިދޭސީ ކުޅުންތެރިންނަށް ދެއްކީ 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) އެވެ.

މީގެ ތިން އަހަރު ކުރިން އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލައިގަ އެވެ. ފަހުން ނިއު އަށް ފީފާ އިން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ނިއު އިން ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ނިންމުމާ ގާތަށް އައިސްފައިވާއިރު، ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމުގައި ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދިވެހި ކުޅުންތެރިންނަށް ފައިސާ ދައްކާ ގޮތަށެވެ. އެނގިފައިވާ ގޮތުގައި ދިވެހި ބައެއް ކުޅުންތެރިން ވަނީ ނިއު އިން ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދުން ބައެއް އުނިކޮށްދޭން ވެސް އެއްބަސްވެފަ އެވެ.

މިދިޔަ މަހު ފަހުކޮޅުގައި ނިއުގެ ޗެއާމަން ކަމަށް އިންތިހާބުވި، އަހުމަދު ވާސިފް ވަނީ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަކީ އަމާޒެއް ކަމަށް ކަނޑައަޅައި އެހާތަނަށް ނިއުގެ ދަރަނިތައް ދެއްކޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ނިއު އިން ވަނީ އަންނަ މަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުށަހަޅައިފަ އެވެ. އެކަމާ ބެހޭގޮތުން ސީދާ ގޮތެއް ނިމިގެންދާނީ ފީފާ އަށް ނިއު އިން ދައްކަން ޖެހޭ ފައިސާގެ ކަންކަން އެއްކޮށް ނިމުމުން ފީފާ އިން ދީފައިވާ ޓްރާންސްފާ ބޭން އުވާލުމުންނެވެ. އެއާ އެކު ނިއު އަށް ކުޅުންތެރިން ރަޖިސްޓްރީ ކޮށްގެން މުބާރާތުގައި ވާދަކުރަން ހުރަހެއް ނޯންނާނެ އެވެ.

ނިއު އިން ކުރިއަށްގެންދިޔަ ޕްރެކްޓިހެއްގެ ތެރެއިން ސޮބާ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ދާދު

މި މަހު ހަ ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުގެ ވޯޓުން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބް ދަރަނި ދެއްކުމުން އެ ކްލަބްގެ ސަސްޕެންޝަން އުވާލައިފަ އެވެ. ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ވިކްޓަރީން މި ވަގުތު އަންނަނީ ޅ. ހިންނަވަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުންނެވެ. ނިއު ރޭޑިއަންޓުން ވެސް ކޯޗު ސޮބާހު މުހައްމަދު އިބްރާހިމްގެ ބެލުމުގެ ދަށުން ނުރަސްމީ ސިފައެއްގައި ޓްރެއިނިންތައް ހަދަމުން އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމަށެވެ.

ނިއު އަށް ދެ ވަނަ ޑިވިޝަނުގައި ބައިވެރިވެވޭނީ، ސަސްޕެންޝަން އެއްކޮށް އުވާލުމުންނެވެ. ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު މިހާރު ދީފައި އޮތީ އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށެވެ. ނިއު އިން އެ ކްލަބްގެ ދަރަނި ދެއްކިހާ އަވަހަށް އެފްއޭއެމްގެ އެކްސްކޯ އިން އެ ކްލަބްގެ ސަސްޕެންޝަން އުވާލާ ގޮތަށް، އެ ކޮމިޓީ އަށް ބާރު ދިނީ މި މަަހު ކުރީކޮޅުގައި ބޭއްވި އެފްއޭއެމް އަހަރީ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ މެޖޯރިޓީންނެވެ.

އެހެންކަމުން، ނިއު އިން ދަރަނި ދެއްކިހާ އަވަހަކަށް އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމެއް ބާއްވައި، ނިއުގެ ސަސްޕެންޝަން އުވާލުމުން އެ ކްލަބަށް އަންނަ މަހު ހަތަރެއްގައި ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

މިދިޔަ ދެ އަހަރު އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުން ނިންމީ ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. އެކަމަކު، މިދިޔަ ދެތިން މަސް ތެރޭ ވިކްޓަރީ އާއި ނިއު އިން ވަނީ އާ އިންތިހާބެއް ބާއްވައި، ހަރަކާތްތައް ފަށައިފަ އެވެ. ނިއުގެ ޗެއާމަން ވާސިފް ވަނީ ނިއު އާއި ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތްވާން ކުރި މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox