ހަމަނުޖެހުމުގެ މައްސަލައިގައި ޝެއިހު ނިޝާން ހައްޔަރުކޮށްފި

ޝެއިހު ނިޝާން ހައްޔަރުކޮށްގެން މިރޭ ފުލުހުން ގެންދަނީ: ފުލުހުން ހިންގި އޮޕަރޭޝަނުގައި ނިޝާންގެ އިތުރުން ވެސް ގިނަ މީހުން މިރޭ ހައްޔަރު ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު ފޮޓޯ

ޝެއިހު ނިޝާން ހައްޔަރުކޮށްގެން މިރޭ ފުލުހުން ގެންދަނީ: ފުލުހުން ހިންގި އޮޕަރޭޝަނުގައި ނިޝާންގެ އިތުރުން ވެސް ގިނަ މީހުން މިރޭ ހައްޔަރު ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު ފޮޓޯ

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއަށް ވަދެގަނެ ހަމަނުޖެހުމާއި މާރާމާރީ ހިންގި މައްސަލައިގައި ޝެއިހު އާދަމް ނިޝާން ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ޔޯގާއަކީ ކުފުރު ކަމަށް ބުނެ، އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި މީހުންނާއި ތަކެއްޗަށް ގެއްލުންދީ އަމަން ނަގާލި މައްސަލައިގައި ފުލުހުން އިއްޔެ ވެސް ހަ މީހަކު ހައްޔަރު ކުރި އެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދަރުސް ދެމުންދާ، ފޭސްބުކްގައި 20،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ނިޝާން ހައްޔަރު ކުރީ ރެހެންދި ފްލެޓް ކައިރިން ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުންގެ ހާއްސަ ޓެކްޓިކަލް ޓީމުތައް ނެރެގެން މިރޭ ކުރިއަށްގެންދަމުންދާ ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް ނިޝާނާއެކު ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝެއިހު ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. ނިޝާން އާއި ފަޒްލޫން ވަނީ ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްވުމަށް ގޮވާލައި، އެ ސަރަހައްދުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފަ އެވެ.

ޝެއިހް ނިޝާން އާއި ފަޒްލޫނުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އެ ޕާޓީގެ އެކްޓިވިސްޓު އިބްރާހިމް ރައްޒާން (ޓަކީ) ވެސް ފުލުހުން މިރޭ ހައްޔަރު ކުރި އެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް ހައްޔަރު ކުރި ހަ މީހުންގެ އިތުރުން ވެސް ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ފުލުހުން މިރޭ ހައްޔަރު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox