ރިސޯޓުތަކުގައި ކޮވިޑް އިތުރުވާކަން ފާހަގައެއް ނުވޭ: މިނިސްޓްރީ

ފަތުރުވެރިންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ-- ފޮޓޯ: އަދަދު

ފަތުރުވެރިންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ-- ފޮޓޯ: އަދަދު

ރާއްޖޭގައި ކޮވިޑް ފެތުރޭ މިނަވަރު އިތުރުވެފައިވާ ނަމަވެސް ރިސޯޓުތަކުން ރިޕޯޓުކުރާ ކޭސްތައް އިރުވެފައިވާކަން ފާހަގަވެފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުންކޮށް 2020 ވަނަ އަހަރު ތެރޭ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެވެ. އެކި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވުމުން ވަރަށް ހަރުކަށި އުސޫލުތައް ވެސް ގެންގުޅުނެވެ. ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އިތުރުވެ ފަތުރުވެރިކަން ހުއްޓުމަކަށް އައެވެ. ރިސޯޓުތައް މޮނިޓަރިންއަށްލާ ބަންދު ކުރަންވެސް ޖެހުނެވެ.

ނަމަވެސް, މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް އައިކަން އިއުލާންކުރި އެވެ. އަދި ދެ އަހަރަށްފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި, މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ.

އޭގެފަހުން, ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާ ކަމަށް އެޗްޕީއޭން ބުނެފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ތެރޭގައި ހާލު ބޮޑުވެ އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ޝަރީފު "އަދަދު" އަށް ވިދާޅުވީ ރިސޯޓުތަކުގައި އަލަށް ޕޮޒިޓިވްވާ މީހުން ގިނަކަން ފާހަގަވެފައި ނުވާ ކަމަށެވެ.

"އަންމުކޮށް މި އުޅޭ ގޮތަށް ހަމަ ދޭތެރެއަކުން ގިނަވެލާފަ މަދުވެލާފަ އެގޮތަށް ރިސޯޓުތަކުގަވެސް ކޭސްތައް އުޅެނީ. ރިސޯޓުތަކުން ވެސް ވަރަށް ބޮޑަށް ބަލައިގެން އުޅެނީ. އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ކުރިއަށްދަނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ވިސްނުން މިނިސްޓްރީގައި ނެތް ކަމަށާއި ނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރާނެ ކަމަށެވެ. އެގޮތުން މިހާރު ރިސޯޓުތަކުގައި އަޅަމުންދަނީ އެޗްޕީއޭގެ ފިޔަވަޅުތައް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ގޯސްވަމުން އަންނަ މި ދަނޑިވަޅުގައި ރިސޯޓުތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރު ވެފައިވާ ކަމަށް ބުނެ އަދި މުވައްޒަފުންނަށް އޭގެން ގެއްލުންވަމުންދާ ކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓީމުން ބުނީ ރިސޯޓުތަކުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ މަސައްކަތްތެރިން ކަރަންޓީނު ކުރުމާއި އެކަހެރި ކުރުން އިތުރުވުމުގެ ކަންބޮޑުވުމާއި ޝަކުވާ އިތުރުވެފައިވާ ކަމަށެވެ.

"ހާއްސަކޮށް ކަރަންޓީނު ކުރާ މުވައްޒަފުންނާއި އެކަހެރިކުރާ މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ދުވަސްތައް ގުނުމާއި ޗުއްޓީ އާއި އެހެނިހެން ލީވްތަކުން ދުވަސްތައް ކަނޑަމުން ދިޔުމާއި އޮފްޑޭފަދަ ދުވަސްތައް އެއްކޮށްލައިގެން ނެގުން މަނާ ކުރުމާއި ރިސޯޓުގައި އޮފް ދުވަސްތައް ނަގަން މަޖުބޫރު ކުރުވުން ފަދަ ކަންކަން އިތުރުވަމުންދާ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދޭ،" ޓީމް އިން ބުންޏެވެ.

އަދި އެކި ރިސޯޓުތަކުގައި އެކި ވައްތަރުގެ އެ ބަޔަކަށް ފެންނަ ފިޔަވަޅުތައް މުވައްޒަފުންގެ މައްޗަށް އަޅަމުންދާ ކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ރިސޯޓުތަކުން މީހުން ޕޮޒިޓިވްވެ، މޮނިޓަރިންގައި މިވަގުތު 16 ރިސޯޓެއް އޮތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

  1. އަޔާދާ މޯލްޑިވްސް
  2. ކްލަބް މެޑް ފިނޮޅު
  3. ކޮންސްޓެންސް ހަލަވެލި
  4. ޖޭޑަބްލިޔު މަރިއޮޓް މޯލްޑިވްސް
  5. ޖުމެއިރާ
  6. ކުޑަދޫ
  7. ކުރަމަތި އައިލެންޑް
  8. ލެ މެރެޑިއެން
  9. ލަކްސް ސައުތު އަރި އެޓޯލް
  10. އޮބްލޫ ސަލެކްޓް
  11. ވަން އެންޑް އޮންލީ
  12. ޕަޓީނާ މޯލްޑިވްސް
  13. ރެޑިސަން ބްލޫ
  14. ޝެރަޓަން މޯލްޑިވްސް
  15. ވަރު ބައި އެޓްމޮސްފެއަ
  16. ދަ ވެސްޓް މޯލްޑިވްސް މިރިއަންދޫ

ރާއްޖޭގެ ކޮވިޑް ހާލަތު

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ ހަފުތާގައި އެކަނި 142 ކޭސް ވަނީ ފެނިފަ އެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭން ބުނެ އެވެ.

ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާއިރު މިދިޔަ މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައި ވަނީ މުޅިއެކު 15 މީހުން ކަމަށާއި ނަމަވެސް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 179،979 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox