ބީއެމްއެލް ސްކޮލާޝިޕް ނިސާލް، މައިސާ އަދި ޒަކުވާނަށް

ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ސްކޮލާޝިޕް ލިބުނު ތިން ޒުވާނުން، ނިސާލް (ކ) އާއި ޒަކުވާން (މ) އާއި މައިސާ: ބޭންކުން ނިންމާފައި ވަނީ މި ފުރުސަތު އަހަރަކު އެއް ފަހަރު ތިން ދިވެހި ޒުވާނަކަށް ކިޔަވަދޭން. -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ސްކޮލާޝިޕް ލިބުނު ތިން ޒުވާނުން، ނިސާލް (ކ) އާއި ޒަކުވާން (މ) އާއި މައިސާ: ބޭންކުން ނިންމާފައި ވަނީ މި ފުރުސަތު އަހަރަކު އެއް ފަހަރު ތިން ދިވެހި ޒުވާނަކަށް ކިޔަވަދޭން. -- ފޮޓޯ: ބީއެމްއެލް

ބޭންކިން އަދި ފައިނޭންސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހިންނަށް ސްކޮލާޝިޕް ދިނުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯންޗުކުރި "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" އިން ކިޔަވަން ތިން މީހަކަށް މިއަދު ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.

ބޭންކަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އަހަރަކު އެއް ފަހަރު ސްކޮލާޝިޕް ދޭގޮތަށް މިދިޔަ އަހަރު ބީއެމްއެލް އިން ހުޅުވި މި ފަންޑުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބުނު ތިން ޒުވާނުންނަކީ:

  • އަހުމަދު ނިސާލް އަބްދުﷲ
  • އައިމިނަތު މައިސާ ނިޔާޒު
  • އިސްމާއިލް ޒަކުވާން ޝިހާދު

މިއީ ކިޔެވުމުގެ ހަރަދުގެ އިތުރުން ހުރުމުގެ ހަރަދު ވެސް ހިމެނޭ ގޮތަށް ބީއެމްއެލްއިން ދޭ ފުލް ސްކޮލާޝިޕްތަކެކެވެ.

ސްކޮލާޝިޕް ފަންޑުގެ އިތުރުން ބީއެމްއެލް އިން އަންނަނީ 40 ވަނަ އަހަރީ ދުވަހާ ހަމައަށް މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތެއް ފަށަން ނިންމާފަ އެވެ. މިހާތަނަށް ފެށި ހަރަކާތްތަތަކީ:

  • ސްމޯލް ގްރާންޓްސް ސްކީމް - އިޖުތިމާއީ ޕްރޮޖެކްޓުތަކަށް ފަންޑިން ދޭން
  • ސްޓާޓްއަޕް ގްރާންޓު - ފަށާ ވިޔަފާރިތަކަށާއި ވިޔަފާރި ފުޅާކުރަން ފަންޑިން ދޭން
  • ހައުސިން ގްރާންޓް - ހާލުގައި އުޅޭ އާއިލާތަކަށް ގެދޮރު އަޅަން އެހީ ދޭން
  • ގައުމީ ކުތުބުހާނާ ޒަމާނީ ފެންވަރަށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް
  • ކައިންޑްލީ ބައި ބީއެމްއެލް - ދަރުމައަށް ކްރައުޑްފަންޑު ކުރާ ޕްލެޓްފޯމެއް

ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ކަންކަން އިއުލާނުކުރަމުން ދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox