ހުލާސާކޮށް އިއްޔެ: ވިނަރެސް ފްލެޓުތައް އަންނަ މަހު ވިއްކަން ހުޅުވާލާނެ ކަމަށް ހާމަކުރުން

ހުލާސާކޮށް އިއްޔެ: ވިނަރެސް ފްލެޓުތައް އަންނަ މަހު ވިއްކަން ހުޅުވާލާނެ ކަމަށް ހާމަކުރުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރަސްމީކޮށް ހަވާލުވީ އިއްޔެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި އަދި ގިނަ ވަޒީރުންތަކާއި ޗައިނާ އެމްބަސީގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން މި ފްލެޓުތަކާ ހަވާލުވެވަޑައިގެންނެވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ހިންގި މި މަޝްރޫއުގެ ދަށުން އަޅާފައިވާ 13-11 ބުރީގެ 10 ޓަވަރުގެ އެކްސްޓީރިއާ އެއްކޮށް ނިމި އިންޓީރިއާ މަސައްކަތުގެ ބޮޑު ބައި ނިމުނު ނަމަވެސް މިއަދު އެޗްޑީސީއާ ހަވާލުކުރީ ދެ ޓަވަރެވެ.

ބާކީ ހުރި ޓަވަރުތަށް ވެސް ވަރަށް އަވަހަށް އެޗްޑީސީއާ ހަވާލުކުރާނެ އެވެ.

މި ޓަވަރުތަކުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓު ހުރެ އެވެ. މިއީ މެދު ފަންތީގެ އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްފައިވާ "މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" ތަކެވެ. މިތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ.

ވިނަރެސް ފްލެޓުތަކާ ގުޅޭ މުހިންމު މައުލޫމާތު

  • އެޕާޓްމަންޓެއްގެ އަގު އުޅެނީ 2.5-3 މިލިއަން ރުފިޔާއާ ދެމެދު
  • ޝަރުތަކީ 18 އަހަރުފުރިފައިވާ މާލޭ ރަށްވެއްސަކަށް ވުން
  • މާލޭގެ ރަށްވެއްސެއް ނޫނަސް ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް 100 އެޕާޓްމަންޓު
  • އެއްވެސް ބިމެއް ނޫނީ އެޕާޓްމަންޓެއް މީގެ ކުރިން ގަނެފައިވާނަމަ ކުރިމަތި ނުލެވޭނެ
  • ސަރުކާރުގެ މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެ
  • މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 61،000ރ. އަށް ވުރެ ބޮޑު ވާނަމަ ބައިވެރި ނުވެވޭނެ
  • އެޕާޓްމަންޓަށް ފައިސާ ދައްކަމުން ގޮސް ތަން އަމިއްލަކުރެވޭ (ހަޔާ ޕާޗޭސް މޮޑެލް)
  • އެއް ފަހަރާ ފައިސާ ދެއްކައިގެންނާއި ބޭންކުތައް ފަދަ މާލީ އިދާރާއެއް މެދުވެރިކޮށް (އެންޑް ޔޫސާ ފައިނޭންސް ޕޭމަންޓް މޮޑެލް) ފައިސާ ދެއްކޭ

މިހާރު އެޗްޑީސީން އަންނަނީ މި އެޕާޓްމަންޓުތައް ގަންނަން ޝައުގުވެެރިކަން ހުރި މީހުންނަށް މޮކް އަޕް އެޕާޓްމަންޓު ދައްކާލަމުންނެވެ.

މިކަަމަށް ގިނަ ބަޔެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ވިނަރެސް އެޕާޓްމަންޓު ބަލާލަން ކުރިން ހުޅުވާލި މުއްދަތުގައި ބުކިންތައް ފުލް ވެގެން އެޗްޑީސީން ވަނީ މި މަހުގެ ނިޔަލަށް އެ މުއްދަތު ދައްމާލާފަ އެވެ.

ފްލެޓުތަކާ ހަވާލުވާން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އަންނަ މަހު މި އެޕާޓްމަންޓުތައް އާންމުންނަށް ވިއްކަން ހުޅުވާލާނެ އެވެ.

އެޗްޑީސީން އަމާޒު ހިފާފައިވަނީ މި އަހަރުގެ ތެރޭގައި މި އެޕާޓްމަންޓުތަކަށް މީހުންނަށް ވަދެވޭ ވަރު ކުރުމަށެވެ.

ވިނަރެސްއަކީ މި ސަރުކާރުން ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް: އަސްލަމް

ކުރީ ސަރުކާރުން މަޝްރޫއު ފެށި ނަމަވެސް ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރު އައިސް މި ދައުރުގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ހިޔާ މަޝްރޫއުގެ ކޮމްޕޯނަންޓެއްގެ ގޮތުގައި އޭރު ފެށި މަޝްރޫއެއް ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ވިދާޅުވެ އެވެ.

ވިނަރެސް ޓަވަރުތަކާ ރަސްމީކޮށް ހަވާލުވާން ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅުވާ އަސްލަމް ވިދާޅުވީ ހަގީގަތުގައި މިއީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ސޮއިކުރި އެއްބަސްވުމަކުން އުފަންކުރެވުނު މަޝްރޫއެއް ކަމަށެވެ.

އަސްލަމް އެ އިޝާރާތްކުރެއްވީ ސީއެމްއީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ފޭސް ވަންގައި ހިންގި 1000 ހައުސިން ޔުނިޓު މަޝްރޫއާއި ހުޅުމާލޭގައި 704 ހައުސިން ޔުނިޓު އަދި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅެއްގައި 796 އަޅާގޮތަށް ހިންގި 1500 ހައުސިން މަޝްރޫއުއަށެވެ.

މި ދެ މަޝްރޫއަކީ ވެސް ސީދާ އޭނާ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ހިންގުނު މަޝްރޫއުތަކެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ވިނަރެސް މަޝްރޫއަކީ އޭރު ކުރެވުނު މަސައްކަތުން "އުފަންކުރި" މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިހާރު ފޭސް ޓޫގައި އަޅާފައިވާ 10 ޓަވަރުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ވިނަރެސްގެ ކާމިޔާބީއަށް މި ސަރުކާރަށް ދައުވާކުރެވޭނެ ކަމަށް ވިދާޅުވަނީ މި ސަރުކާރު ޕްރޮޖެކްޓާ ހަވާލުވީ އިރު ޕްރޮޖެކްޓުގެ މަސައްކަތް ކިރިޔާ ފެށި، ގިނަ ބިލްޑިންތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ނުފެށޭތީ އެވެ. އެހެންވެ މިއީ މި ދައުރުގައި ކުރެވުނު މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ދައުވާކުރަން އޭނާއަށް ހައްގު ކަަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއިން ދޭ ކަރަންޓުގެ އަގު ހެޔޮކުރާނީ ސަރުކާރުން ދޭ ސަބްސިޑީން ނޫން ކަމަށާއި އެހެން ގޮތް ގޮތުން އިތުރު އާމްދަނީ ހޯދައިގެން ކަމަށް އެކުންފުނިން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އިނާޒު އައްޔަނުކުރީ އިއްޔެ އެވެ.
  • ވަކީލު ކަމުގެ ލައިސަންސް ހޯދުމަށް ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނު ކުރިން ވެސް ތާވަލުކޮށްފައިވާ ތާރީހަށް ބަދަލެއް ނުގެނެސް ބާއްވަން ބާ ކައުންސިލްގެ އެކްސްކޯއިން ނިންމިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ކަރަންޓުގެ ހިދުމަތުގެ އަގު ކުޑަކުރުމާ ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީ ޝަރީފް އެ ކުންފުނީގެ އަހަރީ ދުވަހުގެ ޖަލްސާގައި ވިދާޅުވީ:

އަޅުގަނޑުމެންގެ ހިދުމަތުގެ އަގު އިރާދަކުރެއްވިއްޔާ ކުޑަކުރާނީ އަަޅުގަނޑުމެންގެ އަމިއްލަ ބާރުގައި. އަމިއްލަ އާމްދަނީ ހޯދައިގެން އެ އަގު އިރާދަކުރެއްވިޔާ ސަބްސިޑައިޒް ކުރާނަން،

ދުވަހުގެ ފޮޓޯ

ވިނަރެސް ފްލެޓުތައް އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އެ ފްލެޓުގެ އެޕާޓުމެންޓެއް ނައިބު ރައީސް ބައްލަވާލައްވަނީ. އަންނަ މަހު ވިއްކަން ފަށާ ފްލެޓުތަކަކީ ހިޔާ ފްލެޓު މަޝްރޫއު ނަގާފައި ހުޅުމާލޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ހައުސިން މަޝްރޫއު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވިނަރެސް ފްލެޓުތައް އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އެ ފްލެޓުގެ އެޕާޓުމެންޓެއް ނައިބު ރައީސް ބައްލަވާލައްވަނީ. އަންނަ މަހު ވިއްކަން ފަށާ ފްލެޓުތަކަކީ ހިޔާ ފްލެޓު މަޝްރޫއު ނަގާފައި ހުޅުމާލޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ހައުސިން މަޝްރޫއު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިނަރެސް ފްލެޓުތައް އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އެ ފްލެޓުގެ އެޕާޓުމެންޓެއް ނައިބު ރައީސް ބައްލަވާލައްވަނީ. އަންނަ މަހު ވިއްކަން ފަށާ ފްލެޓުތަކަކީ ހިޔާ ފްލެޓު މަޝްރޫއު ނަގާފައި ހުޅުމާލޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ހައުސިން މަޝްރޫއު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox