ދައުލަތުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން އަންގައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. -- ފައިލް ފޮޓޯ: އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. -- ފައިލް ފޮޓޯ: އަދަދު

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ތެރެއިން ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ، ހަރަދުތައް ފޫބައްދަން ދަތިވެފައިވާކަމަށް ބުނެ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަންދާޒާ ނުކުރެވޭ މިންވަރަށް އިތުރުވަމުން ކަމަށެވެ.

"މީގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ފައިނޭންސިންގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ،" ސާކިއުލާގައި ބުންޏެވެ.

އަދި ދުނިޔޭގެ މާލީ ބާޒާރުގައި އިންޓްރެސްޓު ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލްނުކޮށް ޑެފިސިޓް އިތުރުވެގެންދާނަމަ މި ޑެފިސިޓް ފައިނޭންސް ކުރަން ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަންޖެހޭނެ ކަމަށެވެ.

އެހެންކަމުން މިފަދަ ބުރައެއް އުފުލުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނާތީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިގުތިސޯދު ކުރަން ނިންމައި، މިއަދުން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެ ސާކިއުލާގައި ވަނީ އިއުލާނުކޮށްފަ އެވެ.

މިގޮތުން، ޖުމްލަ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި އާ މަގާމެއް ނުއުފެއްދުމާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި، މިހާރު ދޭން ފަށާފައިނުވާ އާ އެލަވަންސެއް ދޭން ނުފަށަން ވަނީ އަންގައިފަ އެވެ.

އަދި މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި، ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އެ އިއުލާނުގައި އަންގާފައިވެ އެވެ.

އެ އިއުލާނުގައި އިތުރަށް ވަނީ ރާއްޖޭން ބޭރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ކުރާ ރަސްމީ ދަތުރުތައް މިވަގުތަށް ހުއްޓާލުމާއެކު ރާއްޖެތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން، ކެޕިޓަލް ހަރަދާއި، އޮފީސް ހިންގުމަށްދާ ހަރަދުތަކާއި ތަމްރީންތަކަށްދާ ހަރަދުތައް ވެސް 5،000ރ. އަށް ވުރެ އިތުރުވާނަމަ، މިނިސްޓްރީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރުމަށް ވަނީ އަންގައިފަ އެވެ.

މި ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން އަމަލުކުރަން މިނިސްޓްރީން ވަނީ، ކައުންސިލްތައް ނޫން ދައުލަތުގެ އެހެން ހުރިހާ އޮފީސްތަކަށް އަންގައިފަ އެވެ.

އިގުތިސޯދީ ހާލަތު

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓު ފައިނޭންސް ކުރާނެ ގޮތަކާ މެދު އޭރު ވެސް ކަންބޮޑުވުންތައް ހުއްޓެވެ. ސަބަބަކީ ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް ބޭނުންވާ އިތުރު 805 މިލިއަން ރުފިޔާ އާއެކު، ޖުމްލަ 13.4 ބިލިއަން ރުފިޔާ، ލަފާކުރި އާމްދަނީގެ އިތުރަށް ބޭނުންވާތީ އެވެ.

މިއަހަރުގެ ބަޖެޓުގައި ސީދާ ތެލުގެ ސަބްސިޑީއަށް އެކަނި 227.6 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކަރަންޓު ސަބްސިޑީގައި ތެލުގެ އިތުރު ބައެއް ހިމެނޭއިރު، އެކަމަށް 627.3 މިލިއަން ރުފިޔާ ވަނީ ޖަހައިފަ އެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ސްޕީޑަށް ބަލާއިރު، އެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox