ހުލާސާކޮށް އިއްޔެ: ރެކޯޑު އަދަދަކަށް ޑޮލަރު އާމްދަނީ އިތުރުވެ އިގްތިސާދަށް ދިރުން

ޑޮލަރު އާމްދަނީ 98 ޕަސެންޓު ހިއްސާކުރަނީ ޓޫރިޒަމާއި ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން. -- ފޮޓޯ: އަދަދު ފައިލް

ޑޮލަރު އާމްދަނީ 98 ޕަސެންޓު ހިއްސާކުރަނީ ޓޫރިޒަމާއި ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން. -- ފޮޓޯ: އަދަދު ފައިލް

ޓޫރިޒަމު ސިނާއަތަށް ލިބެމުންދާ ކުރިއެރުމާ އެކީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ ރެކޯޑު އަދަދަކަށް އުފުލިއްޖެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކާފައިވާކަން "އަދަދު" ނޫހުން ރިޕޯޓުކުރީ އިއްޔެ އެވެ.

މީރާއިން އާންމުކޮށްފައިވާ ބޭރު ފައިސާ އާމްދަނީގެ ރެވެނިޔު ސީރީސްގައި ހުރި އަދަދުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 374 މިލިއަން އެމެރިކާ ޑޮލަރު (5.7 ބިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ.

މިއީ މީގެ ކުރީ އަހަރުތަކުގެ ހަމަ މި މުއްދަތުގެ ތެރޭގައި އެންމެ އާމްދަނީ ބޮޑު 2019 ގައި 293.1 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ)އަށް ވުރެ 27 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާނަމަ 48 ޕަސެންޓުގެ ކުރިއެރުމެކެވެ.

މެއި މަހުގެ ނިޔަލަށް ލިބުނު ޑޮލަރު އާމްދަނީ

  • 2022 - 374.2 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)
  • 2021 - 251.9 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)
  • 2020 - 200.9 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ)
  • 2019 - 293.1 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ)
  • 2018 - 285.5 މިލިއަން ޑޮލަރު (4.4 ބިލިއަން ރުފިޔާ)
  • 2017 - 251.9 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)
  • 2016 - 261.1 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ)
  • 2015 - 238.9 މިލިއަން ޑޮލަރު (3.6 ބިލިއަން ރުފިޔާ)

ދައުލަތުގެ ޑޮލަރު އާމްދަނީ އިތުރުވުމުގެ ފަހަތުގައި ވަނީ ހިފެހެއްޓުމެއްނެތި ކުރިއަރަމުން، ރެކޯޑުތައް މުގުރަމުން އަންނަ ޓޫރިޒަމް ސިނާއަތެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި އުފުލެމުންދާ ތެލާއި ތަކެތީގެ އަގުތަކާ ހުރެ ދުނިޔެ އާއި ރާއްޖޭގެ އިގުތިސޯދަށް ހިޔަނި އެޅިފައިވީ ނަމަވެސް ޓޫރިޒަމް ސިނާއަތުގެ މިހާރާއި މުސްތަގުބަލު ވެސް ދައްކަނީ ގަދަކޮށެވެ.

މިހާތަަނަށް ލިބުނު އާމްދަނީގެ ތަފުސީލުތަކަށް ބަލާއިރު ޖުމްލަ ޑޮލަރު އާމްދަނީގެ 90 ޕަސެންޓާ ގާތްކުރާ އަދަދެއް ހިއްސާކުރަނީ ސީދާ ޓޫރިޒަމުން ލިބޭ ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) އަދި ގްރީން ޓެކުހުގެ އިތުރުން ކުލި މުއްދަތު އިތުރުކުރަން ނަގާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ޓޫރިޒަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލިންނެވެ.

މީގެ ތެރެއަށް ޓޫރިސްޓުން އަންނަ އަދަދާ ގުޅިފައިވާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ކުރިން ނެގި އެއާޕޯޓު ސާވިސް ޗާޖުގެ ބަދަލުގައި މި އަހަރުން ފެށިގެން ނަގަމުން އަންނަ ޑިޕާޗާ ޓެކްސް އެއްކޮށްލުމުން ޑޮލަރު އާމްދަނީގެ 98 ޕަސެންޓާ ގާތްކުރާ އަދަދެއް ލިބުނީ ޓޫރިޒަމާއި، ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުންނެވެ.

ޓޫރިޒަމާއި، ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން ލިބުނު އާމްދަނީ

  • ޓީޖީއެސްޓީ - 234.3 މިލިއަން ޑޮލަރު (3.6 ބިލިއަން ރުފިޔާ)
  • ޓޫރިޒަމް ބިމު ކުލި - 47.5 މިލިއަން ޑޮލަރު (733.2 މިލިއަން ރުފިޔާ)
  • ގްރީން ޓެކްސް - 31 މިލިއަން ޑޮލަރު (478.9 މިލިއަން ރުފިޔާ)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 21.2 މިލިއަން ޑޮލަރު (328.2 މިލިއަން ރުފިޔާ)
  • ޑިޕާޗާ ޓެކްސް - 21.1 މިލިއަން ޑޮލަރު (326 މިލިއަން ރުފިޔާ)
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 15 މިލިއަން ޑޮލަރު (231.2 މިލިއަން ރުފިޔާ)

ޑޮލަރު އާމްދަނީ ރެކޯޑު އަދަދަކަށް އުފުލިފައި މިވަނީ ދުނިޔޭގެ އިގުތިސޯދަށް އައިސްފައިވާ ތާށިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ދުވެލި މަޑުޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭރު ފައިސާގެ ތާށިކަމެއް އައިސް ދަރަނި ނުދެއްކިދާނެ ފަދަ ހާލަތައް މެދުވެރިވުމެވެ.

މި ކަންބޮޑުވުންތަކަށް ރައްދު ދެމުން ސަރުކާރުން ބުނަނީ އިގުތިސޯދީ މިސްރާބު ހުރި ގޮތުން އެ ހާލަތު މެދުވެރި ނުވާނެ ކަމަށެވެ. މިކަމަށް އެންމެ ބޮޑަށް ބާރު ދޭން ބޭނުންކުރަމުން ދަނީ ޓޫރިސްޓު ނަމްބަރުތަކެވެ.

އެގޮތުން، ދާދި ފަހުން ރައްޔިތުންގެ މަޖިލިގުގެ އިގުތިސޯދީ ކޮމިޓީގައި ދަރަނީގެ ކަންބޮޑުވުންތަކާ ގުޅިގެން މާލީ ވަޒީރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ދެ ބޭފުޅުން ވެސް ޓޫރިޒަމް ސިނާއަތަށް އިޝާރާތްކުރައްވާ ވިދާޅުވީ މި ދުވެލީގައި ޓޫރިޒަމް ކުރިޔަށްދާ ކަމުގައިވަނީ ނަމަ އުނދަގޫތަކެއް ހުރި ނަމަވެސް ގައުމު އިނދަޖެހުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސަރުކާރު އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަގުސަދުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ފޭސް ވަންގައި އިމާރާތްކުރަމުން އަންނަ ޕްލޭނިން މިނިސްޓްރީގެ އޮފީސް އިމާރާތުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އަހަރީ އާންމު ޖަލްސާ ބާއްވައި އެ ޖަމިއްޔާއަށް އާ ރައީސަކު އިންތިހާބުކުރީ އިއްޔެ އެވެ.
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގާ ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރުމަށާއި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުންތަކެއް ލިބިދޭ ގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން އެ ކުންފުނީގެ ބޯޑުން ފާސްކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ށ. ފުނަދޫ ބިން ހިއްކަން ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

މިރަށުގެ ކަންކަމަށް ބަލާއިރު، ރަށުގައި ދިރިއުޅޭ އާބާދީ މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން، އެއާ ގުޅިގެން ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބޭނުން އެބަވޭ، އެހެންކަމުން މިރަށުގެ ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ، މި ރަށް ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،

ދުވަހުގެ ފޮޓޯ

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި އޮއްފު އެފްސީ އަދި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަނަ ހޯދައި ސްޕޯޓްސް ކްލަބް ސިޓީން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ވީއޭއެމް އެސޯސިއޭޝަން ކަޕްގައި އޮއްފު އެފްސީ އަދި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަނަ ހޯދައި ސްޕޯޓްސް ކްލަބް ސިޓީން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި އޮއްފު އެފްސީ އަދި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަނަ ހޯދައި ސްޕޯޓްސް ކްލަބް ސިޓީން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޓޫރިޒަމް އިޔާ ބުކް 2021"

މިއީ ރާއްޖޭގައި ޓޫރިސްޓި ހިދުމަތް ދޭ ތަންތަނާއި، ޓޫރިސްޓުން އަންނަ މިންވަރާއި، އިގްތިސާދަށް ޓޫރިޒަމުން ކުރާ އަސަރުތަކާއި، އެއާލައިންތަކާއި ބެހޭ މައުލޫމާތުތަކާއި އަދި ޓޫރިޒަމް ކުރިއެރުވުމަށް ހިންގި ހަރަކާތްތަކާ ގުޅޭގޮތުން 2021 ގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ޝާއިއުކުރުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox