ހުލާސާކޮށް އިއްޔެ: ގުޅީފަޅު އިތުރަށް ހިއްކުމަށް 1.6 ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ސަރުކާރުން ނެގުން

ހުލާސާކޮށް އިއްޔެ: ގުޅީފަޅު އިތުރަށް ހިއްކުމަށް 1.6 ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ސަރުކާރުން ނެގުން

މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރަން ހިންގާ މަޝްރޫއުގައި ހިމެނޭ ގުޅީފަޅު ހިއްކުމުގެ ދެ ވަނަ ފިޔަވަހި، ހިއްކުމަށް 1.6 ބިލިއަން ރުފިޔާ (101 މިލިއަން ޔޫރޯ)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ގުޅީފަޅު ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ޕޯޓަށް ބޭނުންވާ މުހިންމު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފަ އެވެ. އެކަމަކު, ގުޅީފަޅުން ހިއްކަން ބޭނުންވާ ވަރަށް އަދި ބިން ނުހިއްކެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި, 1.6 ބިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނެގީ ތިން ބޭންކެއް މެދުވެރިކޮށެވެ. އެއީ, އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކް އަދި އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކް މެދުވެރިކޮށެވެ.

މި ލޯނާ ގުޅޭ އިތުރު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި، ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓް ފެށީ އައިއެންޖީ ލޯނެއް ހަމަޖެހިގެން ބާކީ ބައި ވެސް ބޮސްކާލިސްއާ އެކު ހިއްކާ ގޮތަށެވެ. މީގެކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި, ގުޅީފަޅުގެ ދެވަނަ ފިޔަވައްސަށް ލޯނު ލިބުން ލަސްވީ ކޮވިޑް-19އާ ގުޅިގެންނެވެ.

ޕޯޓު ބަދަލުކުރަން ފުރަތަމަ ފިޔަވަހީގައި ޕްލޭންކޮށްފައި އޮތީ ހަ މިލިއަން ކިއުބިކް މީޓަރު ހިއްކާށެވެ.

މާސްޓާ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި މުޅި މަޝްރޫއަށް ގުޅިފަޅުން 192 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ.

ގުޅީފަޅު ހިއްކުމަށް ފަހު މާލޭ ނޯތު ހާބަރުގައި މިހާރު ހުރި ގުދަންތަކާއި ހޯލްސޭލް ފިހާރަތައް އެތަނަށް ބަދަލުކުރާނެ އެވެ. ގުޅިފަޅަކީ އާންމުކޮށް ހިއްކާ ފަޅުތަކަށް ވުރެ ފުން ފަޅެކެވެ. މިހެންކަމުން މަޝްރޫއަށަށް ހިނގާ ހަރަދު ބޮޑުވުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވެ އެވެ.

ހަމައެހެންމެ ތިމާވެށި ރައްކާތެރިކުރަން ވަކާލާތުކުރާ މީހުންގެ ނުރުހުން ވެސް މި މަޝްރޫއަށް ވަނީ އަމާޒުވެފަ އެވެ. މައިގަނޑު ސަބަބަކީ މި ސަރަހައްދު ހިއްކާއިރު، 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ނެތިގެންދާނެތީ އެވެ.

ގުޅިފަޅު މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މައްޗަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތް ސިވިލް ކޯޓުގައި ކުރިޔަށް އެބަދެ އެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިވައްސަށް ސަރުކާރުން ލޯނެއް ނެގިއިރު, މި އަހަރު މިހާތަނަށް ސަރުކާރުން ވަނީ އިތުރު ދެ ލޯނެއް ވެސް ނަގާފައިވެ އެވެ. އެއީ, ބަޖެޓް ސަޕޯޓަށް ސީއެފްއެސްއައިޓީން ނެގި ލޯނަކާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން އެކިއެކި މަޝްރޫއުތަކަށް ފަންޑުކުރުމަށް ނެގި ލޯނެކެވެ.

ބައެއް މުހިންމު ހަބަރުތައް

  • މަދަނީ ޝަރީއަތް ކުރުމާ ބެހޭ މިންގަނޑުތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ "މަދަނީ އިޖުރާއަތުގެ ގާނޫނު" އަށް އަމަލު ކުރަން ފެށީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަސަން ޔާސީނަށް ދިފާއީ ހެކި ހުށަހަޅަން އިތުރު ފުރުސަތު ނުދެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ އިއްޔެ އެވެ.
  • އާމްދަނީ އާއި ފައިދާ ކުޑަ ދެ އަހަރަށް ފަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސާފު ފައިދާ އަނެއްކާވެސް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ދިނުމަށް ގޮވާލާ ރައީސް ސޯލިހަށް ފޮނުވި ސިޓީގައި އެމްއެންޕީން ބުނީ:

މި ގާނޫނާ ގުޅޭގޮތުން މި ޕާޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މި ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާއި ހަމަޔަށް މި ގާނޫނުގެ މަގްސަދުތަކާއި، ލާޒިމްކޮށްފައިވާ ޒިންމާތަކާއި މި ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަންގެ ހައްގުވެރިންނަށް ލިބިދެމުން ނުދޭ،

ދުވަހުގެ ފޮޓޯ

ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމުގެ މަސައްކަތް އިއްޔެ ފެށުން. އިލެކްޝަންސް ކޮމިޝަން ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ފަހު އެތަނުގައި އަޅާނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމުގެ މަސައްކަތް އިއްޔެ ފެށުން. އިލެކްޝަންސް ކޮމިޝަން ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ފަހު އެތަނުގައި އަޅާނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމުގެ މަސައްކަތް އިއްޔެ ފެށުން. އިލެކްޝަންސް ކޮމިޝަން ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ފަހު އެތަނުގައި އަޅާނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox